Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ އޮފީސް/ކޮމްޕެނީ ވޮލީ މުބާރާތް

އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަން ކާމިޔާބު ކުރީ ޕޮލިސް ކުލަބުން

ފައިނަލް މެޗުގައި ޕޮލިސް ކުލަބުން ވަނީ ތިން ސެޓު އެއް ސެޓުން ސިފައިންގެ ކުލަބުގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2024 | އަންގާރަ 05:59
އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ޕޮލިސް ކުލަބު

އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ޕޮލިސް ކުލަބު

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ އިންޓަ އޮފީސް/ކޮމްޕެނީ ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދައިފި އެވެ.

ޕޮލިސް ކުލަބުންް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ދިވެހި ސިފައިންގެ ކުލަބު ބަލިކޮށްގެންނެވެ. ފައިނަލް މެޗުގައި ޕޮލިސް ކުލަބުން ވަނީ ތިން ސެޓު އެއް ސެޓުން ސިފައިންގެ ކުލަބުގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެއީ މެޗުގެ ފުރަތަމަ ސެޓު ސިފައިންގެ ކުލަބުން ކާމިޔާބު ކޮށްފައި ވަނިކޮށް، ފަހަތުން އަރައި ތިން ސެޓު ކާމިޔާބު ކޮށްގެންނެވެ.

ވާދަވެރި ކުޅުމަކަށްފަހު މެޗުގެ ފުރަތަމަ ސެޓު ސިފައިންގެ ކުލަބު ކާމިޔާބު ކުރީ 25-23ންނެވެ. ނަމަވެސް ޕޮލިސް ކުލަބުން ވަނީ 22-25ން ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ޖެހިގެން ކުޅުނު ތިން ވަނަ ސެޓު ޕޮޮލިސް ކުލަބުން ކާމިޔާބު ކުރީ 08-25 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މި ސެޓުގައި ސިފައިންގެ ކުލަބަށް ވަނީ ގިނަ ގޯސްތަކެއް ހެދިފަ އެވެ. ނަމަވެސް ހަތަރު ވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެެއް ފެނުނެވެ. ފަހު ވަގުތު ކުރި ހޯދައި ޕޮލިސް ކުލަބުން މި ސެޓު ކާމިޔާބު ކުރީ 25-27ންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ޝާމިލް މުޙައްމަދު އެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޗެމްޕިއަން ޕޮލިސް ކުލަބުގެ ޝާމިލް، މުޙައްމަދު ހަމްދޫން، މައުޒޫން ނިޔާޒް، ސިފައިންގެ ކުލަބުގެ ޖުނައިދު ޢަބްދުﷲ، މުޙައްމަދު މުނީފު އަދި ކުޅިވަރު ވުޒާރާގެ މުޙައްމަދު ފައިސަލް އެވެ. މުބާާރާތުގެ އެންމެ މޮޅު ލިބަރޯ އަކަށް ހޮވުނީ ޕޮލިސް ކުލަބުގެ މުޙައްމަދު އިލްހާމް އަލީ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޕޮލިސް ކުލަބުގެ ކޯޗު ފަތުހުﷲ ވަޙީދު (ފައްލޯ) ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޕޮލިސް ކުލަބުގެ ޝާމިލް އެވެ.

އިންޓަ އޮފީސް/ކޮމްޕެނީ ވޮލީ ބޯޅަ މުބާރާތްޕޮލިސް ކުލަބްދިވެހި ސިފައިންގެ ކުލަބް

ކޮމެންޓް

އިތުރަށް ކިޔާލަން

ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި

ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި

10 ޖެނުއަރީ 2024
ފައްލޯ ފާހަގަ ކުރި ގޮތުގައި ޕޮލިހަށް، ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވުނީ!

ފައްލޯ ފާހަގަ ކުރި ގޮތުގައި ޕޮލިހަށް، ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވުނީ!

26 ޑިސެމްބަރު 2023
އެސޯސިއޭޝަން ކަޕް އަންހެންގެ ޑިވިޝަންގެ ޗެމްޕިއަންކަން މިފަހަރުވެސް ވެމްކޯ އަށް!

އެސޯސިއޭޝަން ކަޕް އަންހެންގެ ޑިވިޝަންގެ ޗެމްޕިއަންކަން މިފަހަރުވެސް ވެމްކޯ އަށް!

26 ޑިސެމްބަރު 2023
ޕޮލިސް ބަލިކޮށް ގުރޫޕުގެ އެއްވަނަ އާބަންކޯ އަށް

ޕޮލިސް ބަލިކޮށް ގުރޫޕުގެ އެއްވަނަ އާބަންކޯ އަށް

10 މެއި 2023
ޕޮލިސް ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ސިފައިންނަށް

ޕޮލިސް ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ސިފައިންނަށް

06 ޖުލައި 2022

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު