Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚިޔާލު ފާޅުކުރުމުގެ މިނިވަންކަން

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އެބައެއްގެ ދީނާއި ސަގާފަތާއި ބެހުމަށް ހުއްދަ ދެވިގެންނުވާނެ: ރައީސް ޔާމީން

17 ޖޫން 2022 | ހުކުރު 07:29

މި މަސައްކަތް ފަށަން ޖެހުނީ އިސްލާމުންގެ ހައްޤުގައި ބަސްބުނާނެ މީހެއް ނުވަތަ ޕާޓީއެއް ރާއްޖޭގައި ނެތުމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ޖޫން 2022 | ހުކުރު 07:29
"ނަބިއްޔާގެ ދިފާއުގައި" ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވަނީ

"ނަބިއްޔާގެ ދިފާއުގައި" ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވަނީ

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އެބައެއްގެ ދީނާއި ސަގާފަތާއި ބެހުމަށް ހުއްދަ ދެވިގެންނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކާނިވާ ސަރަހައްދުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ނަބިއްޔާގެ ދިފާއުގައި" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށް ޑިމަކޮރަސީ ނޫން ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެ ޑިމޮކްރަސީ ތެރޭގައި ވެސް ވަކިކަހަލަ ހުދޫދެއް ނުވަތަ އިމެއް ވާ ކަމަށެވެ.

Advertisement - newsAdvertisement

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އެބައެއްގެ ދީނާއި ސަގާފަތާ ބެހުމަށް ހުއްދަ ދެވިގެންނުވާނެ ކަމަށާއި މި ސަރުކާރު އައިފަހުން ފާޅުވި އެމްޑީއެން އާއި އުތެމާ ފަދަ ޖަމާއަތްތަކަކީ އެ ފުރުސަތު ދެވުމުން ފާޅުވި ބައެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްއަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަންކުރާ ޕާޓީ, ބާރަތަޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ދެ އޮފިޝަލުން ކަމަށްވާ، ނުޕުރް ޝަރްމާ އާއި ނަވީން ކުމާރު ޖިންދާލް ދެއްކި ވާހަކަތައް ކުށްވެރިކުރަން މި ސަރުކާރުން ނޫޅެނީ ކީއްވެތޯ ބުނެ ޔާމީން ސުވާލު އުފެއްދެވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ހިންދޫ ދީނުގެ މީހުން ރަސޫލާއަށް ފުރައްސާރަކުރުމަކީ އިއްތިފާގެއް ނޫން ކަމަށެވެ. އެމީހުންގެ ފަލްސަފާއަކީ ހިންދުސްތާނެއް ބިނާކުރުންކަމަށް ވާއިރު އެ ހިންދުސްތާނުގައި އުޅެންޖެހޭނީ ހިންދޫއިންކަމަށް އެމީހުން ގަބޫލުކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުން މި ސަރުކާރު ކޮޅަށް ޖަހަން އެބަ ޖެހޭ ކަަމަށާއި މިކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ. މިއީ ޕީޕީއެމުން ކުރާ ސިޔާސީ މަސައްކަތެއް ނޫންކަމަށް ވިދާޅުވެ ޔާމީން އިތުރަށް ވިދާޅުވީ މިއީ ސިޔާސީ ދަތުރުގެ ފަޅުވެރިން ކުރާ މަސައްކަތެއް ނޫން ކަމަށާއި މި މަސައްކަތް ފަށަން ޖެހުނީ އިސްލާމުންގެ ހައްޤުގައި ބަސްބުނާނެ މީހެއް ނުވަތަ ޕާޓީއެއް ރާއްޖޭގައި ނެތުމުން ކަމަށް ޔާމީން ވިދާޅުވިއެވެ.

މި މައްސަލަ ކުށްވެރި ކުރަން މި ސަރުކާރުން ނޫޅެނީ ކީއްވެތޯ ވިދާޅުވެ ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މި ސަރުކާރަކީ ފިނޑި ސަރުކާރެއް ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން މިހެން ވިދާޅުވި ނަމަވެސް ކީރިތި ރަސޫލާ ﷺ އަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ހަޤީޤަތާއި ޚިލާފު ވާހަކަ ދެއްކުމަކީ ދިވެހި ރާއްޖޭގެ ސަރުކާރުން އެއްވެސް ގޮތަކަށް ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި، އެކަން ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން މިކަމާ ގުޅިގެން ބަޔާނެއް ނެރެފައިވާއިރު، މިނިސްޓްރީގެ ބަޔާނުގައި ވަނީ މިފަދަ ހުރިހާ އަމަލެއް ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފައެވެ. އެގޮތުން އިސްލާމް ދީނާއި ކީރިތި ރަސޫލާ އުނގަންނައިދެއްވި ރިވެތި އުސޫލުތަކާ ދެކޮޅަށް ހިންގާ ހުރިހާ ހަރަކާތްތައް ސަރުކާރުން އެންމެ ހަރުކަށިކޮށް ކުށްވެރިކުރާއިރު، އިސްލާމްދީނާއި ރަސޫލާއަށް އަމާޒުކޮށް ދޮގު ވާހަކަތައް ދެއްކުމަކީވެސް ސަރުކާރުން އެއްވެސް ހާލަތެއްގައި ބަލައިގަންނާނޭކަމެއް ނޫންކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިބަޔާނުގައި މިނިސްޓްރީން ވަނީ، އިންޑިއާގެ ބީޖޭޕީގެ ބައެއް އޮފިޝަލުން ކީރިތި ރަސޫލާއަށް އަމާޒުކޮށް، މިފަދަ ވާހަކަތަކެއް ދައްކާފައިވާތީ އެކަމާމެދު ސަރުކާރުން ކަންބޮޑުވާކަން ފާޅުކޮށްފައެވެ. އަދި އިންޑިއާ ސަރުކާރުން އެ އޮފިޝަލުންގެ މި އަމަލު ކުށްވެރިކޮށް، ބީޖޭޕީން އެ އޮފިޝަލުންނާމެދު އަވަހަށް ފިޔަވަޅު އެޅުމުން އެކަން ދިވެހި ސަރުކާރުން ބަލައިގަންނަކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
06 ޑިސެމްބަރު 2024

ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން

06 ޑިސެމްބަރު 2024
ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން
19 ނޮވެމްބަރު 2024

ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު

19 ނޮވެމްބަރު 2024
ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު
22 އޮކްޓޯބަރު 2024

މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން

22 އޮކްޓޯބަރު 2024
މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން
09 އޮކްޓޯބަރު 2024

ރައީސް މުއިއްޒުއަށް ބައްޕާފުޅުގެ ފަރާތުން ޤުރުއާން ވާރުތަވާނަމަ، ދޮން މަންމައަށް މުދާވެސް ވާރުތަވާނެ - ޖަމީލް

09 އޮކްޓޯބަރު 2024
ރައީސް މުއިއްޒުއަށް ބައްޕާފުޅުގެ ފަރާތުން ޤުރުއާން ވާރުތަވާނަމަ، ދޮން މަންމައަށް މުދާވެސް ވާރުތަވާނެ - ޖަމީލް
08 އޮކްޓޯބަރު 2024

ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން

08 އޮކްޓޯބަރު 2024
ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން
08 އޮކްޓޯބަރު 2024

ޔާމީން މުއިއްޒުއަށް: ނަސޭހަތް މީހަކު ދޭކަމުގައިވާނަމަ އެމީހާ ނަގައިދޭ ފިލާވަޅުގައި ހިފަހައްޓާ މީހަކަށް އެމީހާ ވާންޖެހޭ

08 އޮކްޓޯބަރު 2024
ޔާމީން މުއިއްޒުއަށް: ނަސޭހަތް މީހަކު ދޭކަމުގައިވާނަމަ އެމީހާ ނަގައިދޭ ފިލާވަޅުގައި ހިފަހައްޓާ މީހަކަށް އެމީހާ ވާންޖެހޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް