Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރަށު ޚިޔާނާތުގެ މައްސަލަ

އާރަށު ޚިޔާނާތް: މޯބައިލް ފޮރެންސިކް ރިޕޯޓާ ގުޅޭގޮތުން ހެކިބަސް ނަގައިފި

ރައީސް ޔާމީނުގެ މައްޗަށް 2 ދައުވާއެއް ވަނީ އުފުލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 ޖޫން 2022 | ބުރާސްފަތި 15:13
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދަނީ

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު، ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 9 ޖޫން 2022ގައެވެ. އެ ދުވަހުގެއަޑުއެހުމުގައިދައުލަތުންނާއި ރައީސް ޔާމީނުގެ ފަރާތްޕުޅުން ވަނީ އިފްތިތާހީ ބަޔާން އިއްވާފައެވެ.

މި މައްސަލައިގައި ބުރާސްފަތި ދުވަހު ތާވަލުކުރި އަޑުއެހުމަކީ، މައްސަލައިގެ ހެކިބަސް ނަގަން ފެށުމަށް ބޭއްވި އަޑުއެހުމެކެވެ.

މި މައްސަލައިގައި ހިމެނޭ ޔޫސުފް ނައީމްގެ ދައުވާއާވެސް އެކުގައި ކުރިއަށް ގެންދާ މި އަޑުއެހުމުގައި، 2 ހެކިންގެ ހެކިބަސް ނެގުމަށް އޮތީ ތާވަލުކުރެވިފައެވެ.

އެންމެ ފުރަތަމަ ހާޒިރުކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް ސަރވިސްގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި މަސައްކަތް ކުރަމުންދާ އަބްދުﷲ ޝިފާޒެވެ.

އޭނާ ހެތްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ދިވެހި ފުލުުހުންގެ ޚިދުމަތުގެ މޯބައިލް ފޮރެންސިކް ރިޕޯޓާ ގުޅިގެންނެވެ.

އޭނާ ވަނީ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީއަށް ގެނެވޭ ހެކިތައް ތަހުލީލުކޮށް، ރިޕޯޓު ތައްޔާރުކުރާގޮތާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ޑިޖިޓަލްކޮށް "ޑޭޓާ އެކްސްޓްރެކްޓް" ކުރެވޭގޮތާ ގުޅޭގޮތުން އޭނާ ވަނީ ދައުލަތުގެ ސުވާލުތަކަށް ޖަވާބުދީފައެވެ.

މިސާލަކަށް ޑޭޓާ ނަގާއިރު، ފޯނެއް ނުވަތަ އެ އާލާތެއްގައި ބޭނުންކުރަންޖެހޭ ވަކި ޚާއްސަ މެތަޑެއް އޮންނަކަން ފާހަގަކޮށް ހެކިވެރިޔާ ބުނީ، އެކްސްޓްރެކްޓް ކުރެވޭ ޑޭޓާތައް ބެލެނީވެސް ވަކި ޚާއްސަ ގޮތަކަށް ކަމަށެވެ.

އެގޮތަށް ނެގޭ ޑޭޓާތަކުގެ އިންޓެގްރިޓީ ހިފެހެއްޓުމަށްޓަކައި އެ ނެގޭ ޑޭޓާތަކާމެދު އަމަލުކުރެވޭ ގޮތްތަކާ ގުޅޭގޮތުންވެސް ހެކިވެރިޔާ ވަނީ ހެކިބަސް ދެމުން ވާހަކަ ދައްކާފައެވެ.

އޭނާ ބުނީ، ހެކީގެ ގޮތުގައި ގެނެވުނު ތަކެތީގެ ޑްރައިވްތައް ހުރީ އެންކްރިޕްޓް ކޮށްފައި (ޕާސްވޯޑެއް ބޭނުންކޮށްގެން ލޮކް ކޮށްފައި) ކަމަށެވެ. އެގޮތުން 3 ޕެންޑްރައިވެއް ހިމެނޭއިރު، ޕާސްވޯޑު ހޯދުމަށްފަހު ޕެންޑްރައިވްތައް ހުޅުވައި، އޭގައި ހުރި "ޒިޕް ފޯލްޑަރ"ތައް ބަލާފައިވާކަމަށް އޭނާ ބުންޏެވެ.

އެއީ ތަހުލީލުކުރި ފަރާތުން އެކްސްޓްރެކްޓް ކޮށްފައިވާ ތަކެތިކަމަށް އޭނާ ބުންޏެވެ. އެގޮތުން ބެލި ބެލުމުން އެއީ ސައްހަ އެކްސްޓްރެކްޓުތަކެއްކަން ޔަގީންކުރެވުނުކަމަށް އޭނާ ބުންޏެވެ.

ހެކިވެރިޔާ ވިދާޅުވީ، ރިޕޯޓު ތައްޔާރު ކުރުމަށް ތަހުގީގުކުރާ ފަރާތުން އެދިފައިވަނީ ވަކި މޯބައިލް ނަންބަރަކުން ކޮށްފައިވާ މުއާސަލާތުތަކެއް ހޯދުމަށްކަމަށެވެ. އެގޮތުން ޕެންޑްރައިވްތައް ތަހުލީލުކުރިއިރު އެ ނަންބަރުގެ މެސެޖާއި ކޯލް އެލަރޓްތައް ފެނިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެ ނަންބަރުން ފޮނުވާފައިވާ ވައިބަރ ޗެޓްލޮގެއްވެސް ފެނިފައިވާކަން އޭނާ ފާހަގަކުރިއެވެ.

ރައީސް ޔާމީނުގެ ވަކީލުންނާއި ޔޫސުފް ނައީމްގެ ވަކީލުންވެސް ވަނީ ގިނަ ސުވާލުތަކެއް ހެކިވެރިޔާއާ އަމާޒުކޮށްފައެވެ.

ދެން ހާޒިރުކުރަން ނިންމި ފަރާތުގެ ހެކިބަސް މި އަޑުއެހުމުގައި ނަގާފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓްރައީސް ޔާމީންއެމްއެމްޕީއާރްސީ ޚިޔާނާތް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު