Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރަށު ޚިޔާނާތުގެ މައްސަލަ

އާރަށު ޚިޔާނާތް: އެ މުއާމަލާތަކީ ޑޮލަރު މާރުކުރުމުގެ ނުވަތަ ވިޔަފާރީގެ މުއާމަލާތެކޭ ދެންނެވޭކަށް ނެތް

ގާޒީ ވަނީ ޝަރީއަތް ކުރިއަށްގެންދަވާނެ ގޮތުގެ ތާވަލެއް ދެފަރާތަށް ހިއްސާކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 ޖޫން 2022 | ބުރާސްފަތި 17:18
ރައީސް އަބްދުﷲ ޔާމީން

ރައީސް އަބްދުﷲ ޔާމީން

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 24 މެއިގައެވެ. އެ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ބޭއްވި އަޑުއެހުމެކެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ޝަރީއަތުން ވަނީ މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު، ދައުލަތާއި ދިފާއުން ގުނާފައިވާ ގޮތުގެ ސަބަބުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ ފުރުސަތު ނުދެއްވުމަށް ނިންމަވާފައެވެ.

އެ ނިންމުން ރައީސް ޔާމީނުގެ ފަރާތުން ދިވެހި ރާއްޖޭގެ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ ފަރާތުން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ، ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ފަސްކޮށްދިނުމަށް އެދިފައެވެ. އެހެންނަމަވެސް، އަޑުއެހުން މިވަގުތަށް ފަސްކުރަންޖެހޭ ގާނޫނީ ސަބަބެއް ދިފާއަށް ދެއްކިފައިނުވާކަމަށް ދައުލަތުން ދެކެއެވެ.

މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލުވެސް ވަނީ އަޑުއެހުން ފަސްކުރުމަށް ނުވަތަ މަޑުޖައްސާލުމަށް މަތީ މަރުހަލާގެ ކޯޓަކުން އަންގަވާފައިނުވާކަން ފާހަގަކުރައްވައި، އެގޮތަށް އަންގައިފިނަމަ އެކަމަށް ޝަރީއަތުންވެސް ބޯލަނބާނެކަމަށް ވިދާޅުވެފައެވެ. އަދި އިފްތިތާހީ ބަޔާން ހުށައެޅުމަށް ދެފަރާތަށް ގާޒީ އެންގެވިއެވެ.

އެންމެ ފުރަތަމަ ދައުލަތުން އިފްތިތާހީ ބަޔާން އިއްވާފައިވާއިރު، ދައުލަތުގެ ވަކީލު ވަނީ ރައީސް ޔާމީނުގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ދައުލަތުން ސާބިތުކުރަން ބޭނުންވާ ކަންކަން ބަޔާންކުރައްވާފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ވ. އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 9 ވަނަ ދުވަހު ކަމަށެވެ. އަދި 13 އޯގަސްޓުގައި މި މައްސަލައިގައި ދެން ހިމެނޭ ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުނި އުފެއްދިކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެއަށްފަހު އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެ ރަށް ދޫކުރީ ރައީސް ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެންކަން އެނގޭނެ ހެކި ދައުލަތުން ހުށައަޅާފައިވާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ބުނާ ގޮތުގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރްސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައެވެ. އޭގެ 1 ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015ގައި ޓޫޖީގެ 99 އިންސައްތަ ހިއްސާ ވަނީ ރިސޯޓަކަށް ވިއްކާފައެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެ ރިސޯޓުން ދީފައިވާ ފައިސާގެ އިތުރުން ޔޫސުފް ނައީމަށް އިތުރު 1 މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެއެވެ. ހަމައެއާއެކު، 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވިކަމަށް ދައުލަތުން ބުނެއެވެ. އަދި 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ.

އެއަށްފަހު ރައީސް ޔާމީނު އެ ފައިސާ އެހެން ފައިސާއާ އެއްކުރައްވައިގެން މަނީ ލޯންޑަރ ކުރެއްވިކަމަށް ދައުލަތުން ތުހުމަތުކުރެއެވެ.

ދައުލަތުން ބުނާ ގޮތުގައި އެ މުއާމަލާތަކީ ޑޮލަރު މާރުކުރުމުގެ ނުވަތަ ވިޔަފާރީގެ އެފަދަ މުއާމަލާތެކޭ ބުނެވެން ނެތްކަމަށެވެ. ސަބަބަކީ އެ 1 މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ރައީސް ޔާމީނުގެ ފަރާތުން ޔޫސުފް ނައީމަށް ދެއްވާފައިވާކަން އެނގެން ނެތުމުންނެވެ.

އެއަށްފަހު ރައީސް ޔާމީނުގެ ފަރާތުން އިފްތިތާހީ ބަޔާން ހުށައަޅުއްވާފައިވާއިރު، ދައުލަތުން ފާހަގަކުރި ކަންކަމަކީ ޚިޔާލީ ވާހަކަތަކެއް ހިމަނައިގެން ދައްކާފައިވާ ވާހަކަތަކެއްކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވާ ގޮތުގައި ރައީސް ޔާމީނު ކުރެއްވި އަމަލަކީ ކޮބައިކަން ދައުލަތަކަށް ބުނެއެއް ނުދެވެއެވެ. މިއީ ހުރިހާ ސިޔާސީ ފަރާތްތައް އެއްގަލަކަށް އަރައިގެން ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއެކު ރައީސް ޔާމީން ފްރޭމްކުރުމަށް ކުރާ ތުހުމަތުތަކެއްކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވިއެވެ.

ދެފަރާތުން އިފްތިތާހީ ބަޔާން އިއްވުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރީއަތް ކުރިއަށް ގެންދަވާނެ ގޮތުގެ ތާވަލެއް ދެފަރާތަށް ހިއްސާކުރައްވާފައެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 13 ޖޫންގައެވެ.

ކްރިމިނަލް ކޯޓްރައީސް ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު