Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެޖިސްޓްރޭޓް ކޯޓުތައް

3 މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަނުކޮށްފި

16 ޖޫން 2022 | ބުރާސްފަތި 08:36

ފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ 2022 އޮގަސްޓް 01 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖޫން 2022 | ބުރާސްފަތި 08:36
ޖުޑީޝަލް ސަރވިސް ކޮމިޝަން- ޖޭއެސްސީ

ޖުޑީޝަލް ސަރވިސް ކޮމިޝަން- ޖޭއެސްސީ

03 މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަނުކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، 10 މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމުތަކަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން، މަޤާމްތަކަށް ޤާބިލު ފަރާތްތައް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކާ އިންޓަރވިއުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި އިންޓަރވިއުގައި ޤާބިލުކަމަށް ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އަރުވާފައިވާ 03 ކެނޑިޑޭޓުން، 03 މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަންކުރުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ޤާބިލްކަމަށް ކޮމިޓީން ލަފާއަރުވާފައިވާ ތ.ގުރައިދޫ، ކުރި، އަލްއުސްތާޛާ ޢާއިޝަތު އިބްރާހީމް، ތ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރުމަށާއި، ގދ.ތިނަދޫ، ކޯރަލް، އަލްއުސްތާޛާ ނަޝާޠަތު ޒައީމާ ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް އަދި ހދ.ނޮޅިވަރަން، ހިޔާ، އަލްއުސްތާޛު ލިއުޝާދު ޢަބްދުއްސައްތާރު ހދ.ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރުމަށް 2022 ޖޫން 05 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ މި އަހަރުގެ 38 ވަނަ ޖަލްސާއިން ނިންމާފައިވާކަމަށެވެ. 

އަލްއުސްތާޛާ ޢާއިޝަތު އިބްރާހީމް ވަނީ ކުއްލިއްޔަތުލް ދިރާސާތިލްއިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެޗްލަރސް ޑިގްރީ ވިތް އޮނާރސް އަދި ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، އަލްއުސްތާޛާ ޢާއިޝަތު އިބްރާހީމް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމުގައި 4 އަހަރު ދުވަހަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރގެ މަގާމުގައި 3 އަހަރު ދުވަހުގެ މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. 

އަލްއުސްތާޛާ ނަޝާޠަތު ޒައީމާ އަކީ ކުއްލިއްޔަތުލް ދިރާސާތިލްއިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާރސް ޙާޞިލްކުރައްވައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް ޕަބްލިކް ޕޮރޮސެކިއުޓަރ އަދި ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމުގައި 6 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އަލްއުސްތާޛު ލިއުޝާދު ޢަބްދުއްސައްތާރުވަނީ ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯ (ސްޕެޝިއަލައިޒޭޝަން އިން ކްރިމިނަލް ލޯ) ޙާސިލްކުރައްވާފައެވެ. އަދި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ލޯފާރމެއްފައި 02 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަށް މަސައްކަތް ކުރައްވާއެވެ. 

އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ 2022 އޮގަސްޓް 01 ވަނަ ދުވަހުގައިކަމަށް ޖޭއެސްސީން މައުލޫމާތު ދެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންފަނޑިޔާރުން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން ސަސްޕެންޑުކޮށްފި

20 އޯގަސްޓު 2026
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން ސަސްޕެންޑުކޮށްފި
26 ޖުލައި 2026

ޖޭއެސްސީ އޮންނަން ޖެހޭނީ ރާއްޖޭގެ ކަމާބެހޭ ތަޖުރިބާކާރުން ބަހުސްކޮށް، ރާއްޖޭގެ ޤާނޫނީ ނިޒާމާ ގުޅޭގޮތަށް: ކުރީގެ އުއްތަމަ ފަނޑިޔާރު

26 ޖުލައި 2026
ޖޭއެސްސީ އޮންނަން ޖެހޭނީ ރާއްޖޭގެ ކަމާބެހޭ ތަޖުރިބާކާރުން ބަހުސްކޮށް، ރާއްޖޭގެ ޤާނޫނީ ނިޒާމާ ގުޅޭގޮތަށް: ކުރީގެ އުއްތަމަ ފަނޑިޔާރު
21 ޖުލައި 2026

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް 10 މީހުން ކުރިމަތިލައިފި

21 ޖުލައި 2026
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް 10 މީހުން ކުރިމަތިލައިފި
14 ޖުލައި 2026

ޖޭއެސްސީއަށް "ފެނިއްޖެނަމަ" ސަބަބެއް ނެތިވެސް އިސްފަނޑިޔާރުން މަގާމުން ދުރުކުރެވޭ ގޮތް ހަދައިފި

14 ޖުލައި 2026
ޖޭއެސްސީއަށް "ފެނިއްޖެނަމަ" ސަބަބެއް ނެތިވެސް އިސްފަނޑިޔާރުން މަގާމުން ދުރުކުރެވޭ ގޮތް ހަދައިފި
08 ޖުލައި 2026

ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ ސަސްޕެންޑްކޮށްފި

08 ޖުލައި 2026
ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ ސަސްޕެންޑްކޮށްފި
08 ޖުލައި 2026

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި

08 ޖުލައި 2026
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި
06 ޖުލައި 2026

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!

06 ޖުލައި 2026
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!
03 ޖޫން 2026

ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު

03 ޖޫން 2026
 ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު
18 މެއި 2026

ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި

18 މެއި 2026
ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި
11 މެއި 2026

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް

11 މެއި 2026
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް