ޖޭއެސްސީ އޮންނަން ޖެހޭނީ ރާއްޖޭގެ ކަމާބެހޭ ތަޖުރިބާކާރުން ބަހުސްކޮށް، ރާއްޖޭގެ ޤާނޫނީ ނިޒާމާ ގުޅޭގޮތަށް: ކުރީގެ އުއްތަމަ ފަނޑިޔާރު
26 ޖުލައި 2026 | އާދީއްތަ 09:47ޖޭއެސްސީގެ ބާރުތައް އިތުރުކޮށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި އެކަޑަމީ އެ ކޮމިޝަނުގެ ދަށަށް ގެންދިއުމަކީ ޝަރުއީ ދާއިރާގެ މިނިވަންކަމަށް އޮތް ގޮންޖެހުމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ނުފޫޒު ކުޑަކުރުމަށްޓަކައި، އެހެން ގައުމުތަކުގެ ނަމޫނާއަށް އެކަނި ބެލުމުގެ ބަދަލުގައި ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ޖޭއެސްސީ އެކުލަވާލުމުގެ ގާނޫނީ އޮނިގަނޑު އިސްލާހުކުރަން ޖެހޭ ކަމަށް


ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ | ރާއްޖެ އެމްވީ
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އޮންނަން ޖެހޭނީ ރާއްޖޭގެ ކަމާބެހޭ ތަޖުރިބާކާރުން ބަހުސްކޮށް، ރާއްޖޭގެ ޤާނޫނީ ނިޒާމާ ގުޅޭގޮތަކަށް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީން ގެނެސްދިން މިނިވަން ދުވަހުގެ ޚާއްސަ ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ، ޖުޑީޝަލް ސަރވިސް ކޮމިޝަން އަކީ މިނިވަން މުއައްސަސާއެއް ކަމަށެވެ. އަދި ޖުޑިޝަރީއަކީ ޤާނޫނުގައި ކަނޑައެޅިފައި އޮންނަ ވަކި ބާރެއް ކަން ފާހަގަކުރައްވައި ޑރ ދީދީ ވިދާޅުވީ، ޖުޑިޝަރީގެ މިނިވަންކަން ދެމިގެން އަންނަން ޖެހެނީ ޖުޑިޝަރީ ތެރެއިން ކަމަށެވެ.
މީގެ ކުރިން ޤާނޫނު އަސާސީއާއި ހިލާފަށް ޖޭއެސްސީން ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް، ބާރުތަކެއް ނަގާފައިވުމަކީ ޖުޑިޝަރީއަށް އޮތް ގޮންޖެހުމެއް ކަމަށް ޑރ ދީދީ ވިދާޅުވި އެވެ. އެގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ޖުޑީޝަލް އެކަޑަމީ ޖޭއެސްސީގެ ދަށަށް ގެންގޮސްފައިވާކަން އެކަމުގެ މިސާލެއްގެ ގޮތުން ޑރ ދީދީ ފާހަގަ ކުރެއްވިއެވެ.
ޑރ ދީދީ ވިދާޅުވި ގޮތުގައި ސަރުކާރަށް ނުފޫޒު ނުފޯރުވޭނެ ގޮތަކީ ޖޭއެސްސީ އެކުލަވާލާއިރު ވަކި ގައުމުތަކެއް ނަމޫނާއަކަށް ނުބަލައި ޤާނޫނޫ ހަދައިގެން އެކަން ކުރުމެވެ. އަދި ރާއްޖެގެ ޖޭއެސްސީ އޮންނަން ޖެހޭނީ ރާއްޖޭގެ ކަމާއި ބެހޭ ތަޖުރިބާކާރުން ބަހުސްކޮށް، ރާއްޖެގެ މާހައުލަށް ގުޅޭ ގޮތަށްކަމަށްވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އެކްޒެކްޓިވުންނާއި ލެޖިސްލޭޗާއިން އައްޔަން ކުރާ މިނިވަން މުއައްސަސާއެއް އޮތުމުގެ ބޭނުމެއް ކޮންމެހެން އެބަ އޮތްތޯ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ތެރެއިން ޖުޑީޝަލް ކައުންސިލްތަކެއް އުފެދި ދާނެ، ދުނިޔެގައި ބައިވަރު ގައުމުތައް އެބަހުރި ހަމައެކަނި ކެންޔާ އާއި ސައުތް އެފްރިކާ އަކާއި ކެނެޑާއާ މިސާލަކަށް އެކަންޏެއް ނޫން އޮންނަން ޖެހޭނީ ހުރިހާ ތަނެއް ބަލަން ވީ ނޫންތޯޑރ. އަހުމަދު އަބްދުﷲ ދީދީ
މީގެއިތުރުން ދީދީ ވިދާޅުވީ ޤާނޫނުތައް ހަދާފައި ހުންނަނީ ނުފޫޒު ފޯރުވޭ ގޮތަށް ކަމަށާއި، ޤާނޫންތަކާއި ގަވާއިދުތަކަށް ބަދަލު އަންނަން ޖެހޭ ކަމަށެވެ.









