Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެސޯސިއޭޝަން ކަޕް 2022

ފެންވަރު ރަނގަޅު މުބާރާތެއްގައި ކޮންމެ މެޗަކުން މޮޅުވުމަކީ އުނދަގޫ ކަމެއް: ނިޒާރު

އެސޯސިއޭޝަން ކަޕް ކަހަލަ ފެންވަރު ރަނގަޅު މުބާރާތެއްގައި ކޮންމެ މެޗަކުން މޮޅުވުމަކީ އުނދަގޫ ކަމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖޫން 2022 | ބުރާސްފަތި 05:18
ވެމްކޯގެ ކޯޗު ނިޒާރު

ވެމްކޯގެ ކޯޗު ނިޒާރު

އެސޯސިއޭޝަން ކަޕް ކަހަލަ ފެންވަރު ރަނގަޅު މުބާރާތެއްގައި ކޮންމެ މެޗަކުން މޮޅުވުމަކީ އުނދަގޫ ކަމެއް ކަމަށް ކުލަބް ވެމްކޯގެ ކޯޗު އިބްރާހީމް ނިޒާރު (ބޮޑޭ) ބުނެފިއެވެ.

މިއަހަރުގެ މުބާރާތް ފަށައިގެން އެންމެ ގަދަކޮށް ފެންނަ އެއް ޓީމަކީ ވެމްކޯއެވެ. ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ތިން ވަނަ މެޗާއި ހަމައަށް ނުކުތްއިރު ވެމްކޯ އޮތީ ވަރަށް ވަރުގަދަ ކޮށެވެ. ބުދަ ދުވަހުގެ ހަވީރު ތިން ވަނަ މެޗުގައި ވެމްކޯ ސިފައިންގެ އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. އެ މެޗަށްފަހު ނިޒާރު ބުނީ އޭނާ ދެކޭގޮތުގައި އެއީ ރަނގަޅެއް ކަމަށެވެ. އަދި ފެންވަރު ރަނގަޅު މުބާރާތެއްގައި ކޮންމެ މެޗަކުން މޮޅުވުމަކީ އުނދަގޫ ކަމެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ބަލިވެސް އަދި މޮޅު ވެސް ގަބޫލުކުރާ ކަމަށެވެ. އަދި މެޗުގައި ދިމާވި މައްސަލައަކީ ވެމްކޯގެ ގޭމު ނުޖެއްސިގެން ދިމާވި މައްސަލަ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ނިޒާރު ބުނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަނިޔާގައި ހުރުމަކީ ފޫބައްދަން އުނދަގޫ ކަމެއް ކަމަށެވެ. އެހެން ނަމަވެސް، މުބާރާތގެ މިހާ ހިސާބަށް ކުޅުނީ އެ ކުޅުންތެރިޔާ ނެތް ކަން އެނގިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގަައި ވެސް ކުޅޭނީ އެ ކުޅުންތެރިޔާއަކީ ނެތް ކުޅުންތެރިއެއްގެ ގޮތުގައި ބަަލައިގެން ކަމަށެވެ. މެޗާއި ދޭތެރޭ ހިތްހަމަޖެހޭކަން ފާހަކޮށް ނިޒާރު ބުނީ މެޗުގައި ކުޅެވިފައި، ދެން ގޭމު ގެއްލެނީ ކަމަށެވެ.

މުބާރާތުގައި ވެމްކޯއަށް ބާކީ އޮތީ ދެ މެޗެވެ. އެއީ މިރޭ ގުޑީސް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗާއި، ހޮނިހިރު ދުވަހުގެ ރޭ ޕޮލިސް ކުލަބާ ދެކޮޅަށް ކުޅޭ މެޗެވެ.

އެސޯސިއޭޝަން ކަޕްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ކުލަބް ވެމްކޯ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު