Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެސޯސިއޭޝަން ކަޕް 2022

ސިޓީ އަތުން ބަލިވެ ގުޑީސް ކަޓައިފި

ސިޓީން ގުޑީސްގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖޫން 2022 | ބުރާސްފަތި 03:32
އެސޯސިއޭޝަން ކަޕްގެ ތެރެއިން

އެސޯސިއޭޝަން ކަޕްގެ ތެރެއިން

އެސޯސިއޭޝަން ކަޕްގައި ސްޕޯޓްސް ކުލަބް ސިޓީ އަތުން ބަލިވެ، ގުޑީސް ސްޕޯޓްސް ކުލަބް މުބާރާތުން ކަޓައިފިއެވެ.

ބުދަ ދުވަހުގެ ރޭ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމާއެކު، ގުޑީސް ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފައެވެ. ފުރަތަމަ މެޗުގައި ގުޑީސް ބަލިވީ ކުލަބް ވެމްކޯ އަތުންނެވެ. ދެ ވަނަ މެޗުގައި ބަލިވީ އޮފު އެފްސީ އަތުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅުނު މެޗުން ގުޑީސް ބަލިވީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ގުޑީސް ޓީމުގެ ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ) މި މެޗުގައި ވެސް ނުކުޅެއެވެ. އަދި މެޗުގެ ވަކި ހިސާބަކުން އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ގޮނިބީދޫ ސިޔާމްސުންދަރުގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ބަދަލުކުރިއެވެ.

މެޗުގައި ގުޑީސްގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނެއެވެ. ސިޓީން މެޗުގެ ސެޓުތައް ހޯދީ ފަސޭހަކަމާއެކުއެވެ. ސިޓީގެ އަލީ ހުޒާމް (ހުޒަންޓެ)ގެ އިތުރުން ބިދޭސީ އެޓޭކަރުންގެ ބާރު ހަމަލާތައް ވަނީ ފެނިފައެވެ. މެޗުގެ ސެޓުތައް ސިޓީން ހޯދީ 25-19، 25-18 އަދި 25-19 ންނެވެ. މި މެޗުން ލިބުނު މުހިންމު މޮޅާއެކު ސިޓީން ވަނީ މުބާރާތުގެ ގަދަ ތިނެއްގެ ރޭހަށް ވާދަކުރަން ޖެހިލައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިޓީގެ ބިދޭސީ ކުޅުންތެރިޔާ ވިނީތު ކުމާރުއެވެ.

މުބާރާތުގައި މިއަދު ހަވީރު އޮފު އެފްސީ ނިކުންނާނީ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ. އަދި މިރޭގެ މެޗުގައި ގުޑީސް ނިކުންނާނީ ވެމްކޯއާ ދެކޮޅަށެވެ.

އެސޯސިއޭޝަން ކަޕްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ސިޓީ ސްޕޯޓްސް ކުލަބްގުޑީސް ސްޕޯޓްސް ކުލަބް

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު