Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިޔަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕް

އޭޝިޔާގެ ބޮޑީބިލްޑިންގ މުބާރާތް މާފުށީގައި ބާއްވަނީ ފަތުރުވެރިކަމަށްވެސް ވިސްނައިގެން- ބޮޑީބިލްޑިންގ އެސޯސިއޭޝަން

މުބާރާތް އޮންނާނީ ޖުލައި 15-21 އަށް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 16 ޖޫން 2022 | ބުރާސްފަތި 02:19
އެސޯސިއޭޝަންގެ ނައިބުރައީސް އައިމަން

އެސޯސިއޭޝަންގެ ނައިބުރައީސް އައިމަން

މިހާތަނަށް ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ކުޅިވަރުގެ އެންމެ ބޮޑު އެއް އިވެންޓް "އޭޝިޔަން ބޮޑީ ބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް" މާލެ އަތޮޅު މާފުށީގައި ބާއްވަނީ ފަތުރުވެރިކަމަށްވެސް ވަރަށް ބޮޑަށް ވިސްނައިގެންކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަނުން ބުނެފިއެވެ.

ޖުލައި މަހުގެ 15-21 އަށް ބާއްވާ މުބާރާތާ ގުޅޭގޮތުން އެސޯސިއޭޝަންގެ ނައިބުރައީސް އަހުމަދު އައިމަން ވިދާޅުވީ މުޅި މުބާރާތް މާފުށި ބީޗްގައި ބާއްވާނީ ރާއްޖެ އިޝްތިހާރުވާނެ ގޮތަށް ވިސްނައިގެން, ސްޕޯރޓްސް ޓޫރިޒަމްގެ ވިސްނުންތަކުގެ ތެރެއިންކަމަށެވެ. އަދި މިހާރުވެސް މުބާރާތާ ގުޅިގެން ރާއްޖެ އިޝްތިހާރުވަމުންދާކަމަށް ވިދާޅުވިއެވެ.

މުބާރާތުގައި އޭޝިޔާގެ 30 ޤައުމުން ވާދަކުރެއެވެ. އެތުލީޓުންނާއި, އޮފިޝަލުން ހިމެނޭގޮތަށް 500 އަށްވުރެ ގިނަ މީހުން މުބާރާތާ ގުޅިންހުރި ކަންކަމަށް މާފުއްޓަށް ދާނެއެވެ. އެމީހުން އެކޮމެޑޭޓް ކުރަނީ މާފުށީގެ ފަސް ހޮޓަލެއްގައެވެ. އައިމަން ވިދާޅުވީ އެކި ހޮޓާތަކުގައި އެކޮމެޑޭޓް ކުރުމަކީ ގޮންޖެހުމެއްކަމަށާއި, އެކަމަކުވެސް މާފުށީގައި މުބާރާތް ކުރިއަށްގެންދަން ޖުމްލަ ގޮތެއްގައި ފަސޭހަކަމަށެވެ. މުބާރާތް ބީޗްގައި ބާއްވަނީވެސް މުބާރާތުން ރާއްޖެ އިޝްތިހާރުކުރުމުގެ ބޭނުމުގައި, އެފަދަ ވިސްނުންތަކާއެކު ކަމަށް އައިމަން ވިދާޅުވިއެވެ.

އެެސޯސިއޭޝަނުން ބުނީ މުބާރާތަކީ ދިގުދެމިގެންދާ މުބާރާތަކަށް ވުމާއި, މާފުއްޓަކީ ދަތުރުކުރަން ފަސޭހަ ތަނަކަށްވުމުން މުބާރާތުގެ ކޮންމެވެސް ހިސާބަކުން ދިވެހި އެތުލީޓުންނަށް ހިތްވަރުދޭން ސަޕޯޓަރުން ދިއުމަށް އެދޭކަމަށެވެ. މުބާރާތް ކުރިއަށްދަނީ ހުޅުވާލެވިފައިވާ މާހައުލެއްގައެވެ.

މާފުށި ކައުންސިލްގެ ރައީސް ހުސެއިން ސޮލާހު ވިދާޅުވީ މުބާރާތަށް މުޅި މާފުށި ތައްޔާރުވަމުން އަންނަ ކަމަށާއި, ރައްޔިތުންނާއި, ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކުގެވެސް ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށެވެ. އަދި މިއީ އީދުގެ ފަހުން އަންނަ މުބާރާތަކަށްވާތީ މާފުށިން ތައްޔާރުވަނީ ދެ އީދަށްކަމަށް އޭނާ ވިދާޅުވިއެވެ.

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި

09 އޮކްޓޯބަރު 2024
ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި
10 ޖޫން 2024

މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި

10 ޖޫން 2024
މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި
09 ޖޫން 2024

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީނަށް ޚާއްސަ ޝަރަފެއް!

09 ޖޫން 2024
ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީނަށް ޚާއްސަ ޝަރަފެއް!
18 ޖުލައި 2023

ބޮޑީބިލްޑިންގގެ ކާމިޔާބީގެ ސިއްރަކީ ކުޅިވަރު ސިޔާސަތަށް ގެނައި ބަދަލު- ހަސީބު

18 ޖުލައި 2023
ބޮޑީބިލްޑިންގގެ ކާމިޔާބީގެ ސިއްރަކީ ކުޅިވަރު ސިޔާސަތަށް ގެނައި ބަދަލު- ހަސީބު
25 މެއި 2023

ބޮޑީބިލްޑިންގ ދެ މުބާރާތެއްގެ ސްޕޮންސަރަކަށް އާބަންކޯ

25 މެއި 2023
ބޮޑީބިލްޑިންގ ދެ މުބާރާތެއްގެ ސްޕޮންސަރަކަށް އާބަންކޯ
25 މާރިޗު 2023

ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސްކަމުގެ ތިން ވަނަ ދައުރަކަށް އިއްބެ!

25 މާރިޗު 2023
ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސްކަމުގެ ތިން ވަނަ ދައުރަކަށް އިއްބެ!
18 ޑިސެމްބަރު 2022

ރަން ވަނަތަކާއެކު ބޮޑީބިލްޑިން ޓީމު ރާއްޖެ އަށް

18 ޑިސެމްބަރު 2022
ރަން ވަނަތަކާއެކު ބޮޑީބިލްޑިން ޓީމު ރާއްޖެ އަށް
12 ޑިސެމްބަރު 2022

ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޔާންބެ އަށް ލޯ މެޑަލް

12 ޑިސެމްބަރު 2022
ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޔާންބެ އަށް ލޯ މެޑަލް
11 ޑިސެމްބަރު 2022

ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ރާއްޖެ އަށް ތިން ލޯ މެޑަލް

11 ޑިސެމްބަރު 2022
ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ރާއްޖެ އަށް ތިން ލޯ މެޑަލް
11 ޑިސެމްބަރު 2022

ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން އަޒްނީނަށް ރަން މެޑަލް

11 ޑިސެމްބަރު 2022
ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން އަޒްނީނަށް ރަން މެޑަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު