Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިޔަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕް

އަމާޒަކީ އޭޝިޔާގައި ހުރި އެންމެ ވަރުގަދަ ހަށިގަނޑު ރާއްޖޭގައި ބެހެއްޓުން- ހަސީބު

އަމާޒުހުރީ ރެކޯޑް އަދަދަކަށް މެޑަލް ހޯދަން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 16 ޖޫން 2022 | ބުރާސްފަތި 02:16
ބީބީއޭއެމްއިން ބޭއްވި މިސްޓަރ މޯލްޑިވްސް 2021 ގެ ތެރެއިން

ބީބީއޭއެމްއިން ބޭއްވި މިސްޓަރ މޯލްޑިވްސް 2021 ގެ ތެރެއިން

އަންނަ މަހު ރާއްޖޭގައި އޮންނަ އޭޝިޔަން ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަމާޒަކީ އެންމެ ވަރުގަދަ ހަށިގަނޑު ރާއްޖޭގައި ބެހެއްޓުންކަމަށް އެސިސްޓެންޓް ކޯޗު އަބުދުالله ހަސީބު ބުނެފިއެވެ.

މުބާރާތަށް ރާއްޖެއިން ތައްޔާރުވަނީ މީގެކުރިން ވާދަކުރާ ކެޓަގަރީތަކަށްވުރެ ބަރު ކެޓަގަރީތަކަށްވެސް އަމާޒުކޮށްގެންނެވެ. މިއީ ރާއްޖެއިން އެންމެ ބަރު ކެޓަގަރީގައި ވާދަކުރާ ފަހަރުކަމަށް ބޮޑީބިލްޑިންގ އެސޯސިއޭޝަނުން ބުންޏެވެ. އެގޮތުން ޔާންބެ ވާދަކުރާނީ 85 ގެ ކެޓަގަރީގައިކަން ފާހަގަކޮށް ހަސީބު ބުނީ އޭޝިޔާގައި ހުރި އެންމެ ވަރުގަދަ ހަށިގަނޑު ރާއްޖޭގައި ބަހައްޓަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މެޑަލް ހޯދުމަށްވެސް ރާއްޖެއިން ކަނޑައަޅާފައިވަނީ ރެކޯޑް އަދަދެކެވެ. ސީދާ އަދަދު ހާމަނުކުރި ނަމަވެސް ހަސީބު ބުނީ މަސައްކަތްކުރަނީ ރެކޯޑް އަދަދަކަށް މެޑަލް ހޯދަން ކަމަށާއި, އެއުއްމީދު އެބައޮތްކަމަށެވެ. ރާއްޖެއިން މުބާރާތުގައި 21 އެތްލީޓުން ވާދަކުރާނެއެއެވެ. މިއީވެސް ރެކޯޑެކެވެ. 21 އެތްލީޓުން ވާދަކުރަނީ ޒުވާން އެތުލީޓުންނަށްވެސް ފުރުޞަތު ދީގެން, އެ އެތްލީޓުންނަށް ތަޖުރިބާތަކެއް ހޯދައިދިނުމުގެ ވިސްނުމުގައިކަމަށް ހަސީބު ބުންޏެވެ. ބޮޑީބިލްޑިންގ ޓީމުން ފަހުގެ ތާރީޚެއްގައި ބައިނަލްއަޤްވާމީ މުބާރާތެއް ހުސްއަތާ ނިންމާލާފައެއް ނުވެއެވެ. މިމުބާރާތަށް ތައްޔާރުވާއިރު އެސޯސިއޭޝަނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީވެސް އަދި އިތުބާރަކީވެސް އެއީއެވެ.

ރާއްޖޭގެ އެތުލީޓުން ބޭރު ކޯޗަކާއެކު ތަމްރީނު ހޯދަމުންދާތާ ތިންމަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި

09 އޮކްޓޯބަރު 2024
ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި
10 ޖޫން 2024

މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި

10 ޖޫން 2024
މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި
09 ޖޫން 2024

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީނަށް ޚާއްސަ ޝަރަފެއް!

09 ޖޫން 2024
ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީނަށް ޚާއްސަ ޝަރަފެއް!
18 ޖުލައި 2023

ބޮޑީބިލްޑިންގގެ ކާމިޔާބީގެ ސިއްރަކީ ކުޅިވަރު ސިޔާސަތަށް ގެނައި ބަދަލު- ހަސީބު

18 ޖުލައި 2023
ބޮޑީބިލްޑިންގގެ ކާމިޔާބީގެ ސިއްރަކީ ކުޅިވަރު ސިޔާސަތަށް ގެނައި ބަދަލު- ހަސީބު
25 މެއި 2023

ބޮޑީބިލްޑިންގ ދެ މުބާރާތެއްގެ ސްޕޮންސަރަކަށް އާބަންކޯ

25 މެއި 2023
ބޮޑީބިލްޑިންގ ދެ މުބާރާތެއްގެ ސްޕޮންސަރަކަށް އާބަންކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު