Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ2023ގެ ނިޔަލަށް ހުރިހާ ރަށެއްގައި ފަތުރުވެރިކަން

2023ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ޓޫރިސްޓް ފެސިލިޓީ ހުންނާނެ: މައުސޫމް

ރާއްޖޭގެ ފަތުރުވެރިކަމަކީ ކާމިޔާބު މޮޑެލް އެއް ކަމަށް މިނިސްޓަރ ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 15 ޖޫން 2022 | ބުދަ 12:19
ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ މައުސޫމް ވާހަކަ ދައްކަވަނީ

ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ މައުސޫމް ވާހަކަ ދައްކަވަނީ

2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ޓޫރިސްޓް ފެސިލިޓީ ޤާއިމްވެފައި ހުންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ފެށި "ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް" ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން މައުސޫމް ވިދާޅުވީ ރާއްޖެއަކީ މިއަދު "ވަން އައިލެންޑް ވަން ރިސޯޓް" މޮޑެލްއާއި އެއްގޮތަށް ހިދުމަތްދޭ ކާމިޔާބު މަންޒިލެއް ކަމަށެވެ. މި ކާމިޔާބީ އަކީ ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކާއި މުވައްޒަފުންނާ ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއެއް ކަމަށާއި ފަތުރުވެރިކަން ސިންދަފާތު ކުރުމަށް މަސައްކަތް ކުރަން ޖެހޭނީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަށް ބުރޫ ނާރާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް ރަށު ފަތުރުވެރިކަން ފަށާފައިވާއިރު މިހާތަނަށް 95 ރަށެއްގައި ގެސްޓްހައުސް އާއި ޓުއަރިސްޓް ހޮޓެލް އެބަހުރި ކަމަށެވެ. އަދި ސަފާރީ އާއި ލިވްއަބޯޑު ދާއިރާ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެސް ފުޅާ ކުރެވިފައިވާ ކަމަށާއި ޓްރެވަލް އެޖެންޓުން އެ މީހުން އޮފާތަކުގައި ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ ޕްރޮޑަކްޓްތައް ހިމަނަން ފަށާފައިވާކަން ވެސް މައުސޫމް ފާހަގަ ކުރެއްވިއެވެ.

މައުސޫމް އިތުރަށް ވިދާޅުވީ ފަތުރުވެރިކަން ސިންދަފާތު ކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރަށްރުގައި ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ ސަބަބުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ބާރުވެރި ކުރުވޭނެ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމްރަށު ފަތުރުވެރިކަން

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2025

"އޮމަދޫ ބަނދަރުގެ ދަތިކަން އިންތިހާއަށް، މަސައްކަތް ދަނީ ސްލޯ ސްޕީޑުގައި، ބޭނުންވާ ތަކެއްޗެއް ނެތް"

12 އޮކްޓޯބަރު 2025
"އޮމަދޫ ބަނދަރުގެ ދަތިކަން އިންތިހާއަށް، މަސައްކަތް ދަނީ ސްލޯ ސްޕީޑުގައި، ބޭނުންވާ ތަކެއްޗެއް ނެތް"
07 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އޮމަދޫއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް، އޮމަދޫގެ އިހްތިސާސްގައި ތިން ފަޅު ހިމަނައިފި

07 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އޮމަދޫއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް، އޮމަދޫގެ އިހްތިސާސްގައި ތިން ފަޅު ހިމަނައިފި
22 އޯގަސްޓު 2025

ރަށްރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން، ސަފާރީ އެއް ބާއްވައިގެން ރާ ވިއްކާ, ރާ ދީ ހަދާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 އޯގަސްޓު 2025
ރަށްރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން، ސަފާރީ އެއް ބާއްވައިގެން ރާ ވިއްކާ, ރާ ދީ ހަދާ ކަމަށް ރައީސް ވިދާޅުވެއްޖެ
21 އޯގަސްޓު 2025

އުކުޅަހު ކައުންސިލުން ޓޫރިޒަމް ވިޔަފާރިއަށް ހެދި ލޭންޑް ޔޫސް ޕްލޭން ބޭކާރު، ރައީސް ވިދާޅުވީ އެ ޕްލޭން ބަދަލުކޮށް ބިންތަކުން ދޭނީ ގޯތި ކަމަށް

21 އޯގަސްޓު 2025
އުކުޅަހު ކައުންސިލުން ޓޫރިޒަމް ވިޔަފާރިއަށް ހެދި ލޭންޑް ޔޫސް ޕްލޭން ބޭކާރު، ރައީސް ވިދާޅުވީ އެ ޕްލޭން ބަދަލުކޮށް ބިންތަކުން ދޭނީ ގޯތި ކަމަށް
21 އޯގަސްޓު 2025

ގެސްޓް ހައުސް ވިޔަފާރިވެރިން ޝޯޓްކަޓް ނަގައިގެން، ދީނާއި ޚިލާފު ކަންކަން ހިންގައިގެން މުއްސަނދި ވާން މަސައްކަތް ކުރާ ކަމަށް ރައީސް ތުހުމަތުކުރައްވައިފި

21 އޯގަސްޓު 2025
ގެސްޓް ހައުސް ވިޔަފާރިވެރިން ޝޯޓްކަޓް ނަގައިގެން، ދީނާއި ޚިލާފު ކަންކަން ހިންގައިގެން މުއްސަނދި ވާން މަސައްކަތް ކުރާ ކަމަށް ރައީސް ތުހުމަތުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު