Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮމަދޫ ބަނދަރު

އޮމަދޫ ބަނދަރުގެ ދަތިކަން އިންތިހާއަށް، މަސައްކަތް ފެށުމަށް ސާމާނު ގެންގޮސްފި

2 ޖުލައި 2025 | ބުދަ 16:34

މިމަޝްރޫއުގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓުމަކަށް އައިސްފައިވަނީ ކޮންސެޕްޓަށް ބަދަލުތަކެއް ގެންނަން ބޭނުންވެގެން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 2 ޖުލައި 2025 | ބުދަ 16:34
އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ހުއްޓިފައި - 05-04-2025

އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ހުއްޓިފައި - 05-04-2025

އދ. އޮމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، އަލުން މަސައްކަތް ފެށުމަށް ސާމާނު ގެނެސްފައިވާ ކަމަށް އޮމަދޫ ކައުންސިލުން ބުނެފި އެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަމުން އޮމަދޫ ކައުންސިލުން ބުނެފައިވަނީ 2023 ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫއުގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓުމަކަށް އައިސްފައިވަނީ ކޮންސެޕްޓަށް ބަދަލުތަކެއް ގެންނަން ބޭނުންވެގެން ކަމަށެވެ. ނަމަވެސް އަލުން މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ސާމާނު މިހާރު އޮމަދޫއަށް ގެނެސްފައިވާ ކަމަށްވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މަސައްކަތް ކުރުމަށް ބޭނުންވާ ހައިމާކްތަކާއި އެހެނިހެން ސާމާނު ގެނެސްފައިވާއިރު، ބަނދަރުގެ މަސައްކަތް ފެއްޓޭނެ ވަކި ތާރީހެއް އެނގިފައިނުވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ނިމިދިޔަ ސަރުކާރުން މަސައްކަތް ފެށި ނަމަވެސް ބަނދަރުގެ ކޮންސެޕްޓަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އެކު މަސައްކަތް އަލުން ނުފެށި ވަނިކޮށް ވެރިކަން ބަދަލުވެގެންދިޔުމުން، ކޮންމެވެސް ވަރެއްގެ ޑިލޭތަކެއް އައުމަށްފަހުން، ކައުންސިލުން އޮމަދޫއަކީ ލޯކަލް ޓުއަރިޒަމް ފުޅާވަމުން އަންނަ ރަށަކަށްވެފައި ބޭރު ތޮށީގެ ބޭނުން އެކިއެކި ކަންކަމުގައި ބޭނުންކުރަންޖެހޭއިރު، އޮމަދޫއަށް ދިމާވެފައިވާ ބަނދަރުގެ މައްސަލައާއި ގުޅިގެން މީހުން ދިރިއުޅޭ ރަށަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުން މިހާރު އެރަށުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެއެވެ.

ރަށުގެ މަލަމަތި ވީރާނާވެފައިވާ ތަނެއްގެ ގޮތުގައި ފެންނައިރު، ބަނދަރުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ގޮސްފައިވާއިރު މޫސުމް ގޯސްވެއްޖެ ނަމަ ބަނދަރު ބޭނުންނުކުރެވެއެވެ.

އެގޮތުން މޫސުމް ގޯސްވާ ދުވަސްވަރު ރަށުގެ ރައްޔިތުން ނުނިދާ ބަނދަރުގައި އަޅާފައިވާ ލޯންޗާއި ދޯނި ފަހަރުތައް ސަލާމަތްކުރުމަށް މަސައްކަތްތަކެއް ކުރާ ކަމަށާއި، މިހާތަނަށް އައި އިރު ތިން ލޯންޗެއް އަޑިއަށް ގޮސް މިލިއަނުން ގެއްލުންތައް ލިބިފައިވެއެވެ. އަދި އޮމަދޫ އަކީ ކަންނެލި މަސްވެރިކަންވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ.

އދ. އޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 630 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 72،322،592.58 ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 49،765 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ބަނދަރު ފުން ކުރުމާއި 12،105 ކިއުބިކް މީޓަރުގެ ނެރު ފުން ކުރުމާއި ބްރޭކްވޯޓަރ ޖެހުމާއި ރިވެޓްމަންޓް ޖެހުމާއި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި ސްކޯރިން އޭޕްރަން ޖެހުމާއި މޫރިންގ ރިންގު ހަރުކުރުމާއި ރޭމްޕު ހެދުމާއި އެކްސެސް ޕްލެޓްފޯމް އެޅުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން 150 މީޓަރުގެ ދެ ކޮންކްރީޓް ޖެޓީ ހެދުމާއި ނެވިގޭޝަން ލައިޓްހަރުކުރުމާއި މަގު ބައްތި ހަރުކުރުމާއި ޕޭވްމަންޓު ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެ ކަމަށް މިއެއްބަސްވުމުގައިވެ އެވެ.

މި މަސައްކަތް ހުއްޓިފައިވާއިރު، މުޅި ބަނދަރު ސަރަހައްދުގައި މިމަސައްކަތްކުރުމަށް އެމްޓީސީސީން ގެނައި ދަނގަޑާއި އެނޫންވެސް ގިނަ އަދަދެއްގެ ސާމާނު ޖަމާކޮށްފައި ހުރުމުން، ތަކްލީފްތަކާއި އެކު ބަނދަރު ބޭނުންކުރަމުންދާ މީހުންނަށްވަނީ އިތުރު ތަކްލީފްތަކާއި ކުރިމަތިވެފައެވެ.

17 އަށްވުރެ ގިނަ ގެސްޓްހައުސް މިވަގުތުވެސް އޮޕަރޭޓްކުރަމުންދާ އޮމަދޫގެ ގެސްޓްހައުސްތަކުގެ ވެރިންވެސް ވަނީ، ބަނދަރުގެ ދަތިކަން ހުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އޮމަދޫ ބަނދަރުއެމްޓީސީސީރަށު ފަތުރުވެރިކަންމަސްވެރިކަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީއަލީ ގިނަ މަސްވެރިންނަށް ސިނާއަތް ދޫކޮށްލަން މަޖުބޫރު، 100 ރުފިޔާ އަށް ގަނެވޭނެ ކަމަށް ބުނި ކަންނެލީގެ އަގު 30 ގައި!

07 ޑިސެމްބަރު 2025
ފީއަލީ ގިނަ މަސްވެރިންނަށް ސިނާއަތް ދޫކޮށްލަން މަޖުބޫރު، 100 ރުފިޔާ އަށް ގަނެވޭނެ ކަމަށް ބުނި ކަންނެލީގެ އަގު 30 ގައި!
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
12 އޮކްޓޯބަރު 2025

"އޮމަދޫ ބަނދަރުގެ ދަތިކަން އިންތިހާއަށް، މަސައްކަތް ދަނީ ސްލޯ ސްޕީޑުގައި، ބޭނުންވާ ތަކެއްޗެއް ނެތް"

12 އޮކްޓޯބަރު 2025
"އޮމަދޫ ބަނދަރުގެ ދަތިކަން އިންތިހާއަށް، މަސައްކަތް ދަނީ ސްލޯ ސްޕީޑުގައި، ބޭނުންވާ ތަކެއްޗެއް ނެތް"
07 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އޮމަދޫއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް، އޮމަދޫގެ އިހްތިސާސްގައި ތިން ފަޅު ހިމަނައިފި

07 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އޮމަދޫއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް، އޮމަދޫގެ އިހްތިސާސްގައި ތިން ފަޅު ހިމަނައިފި
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް