Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެސޯސިއޭޝަން ކަޕް 2022

ހާޑު ދެ މެޗެއް ކުޅެފައިވުމުން ކުޅުންތެރިންގެ ވަރުބަލިކަން އެބަހުރި: ފައްލޯ

ޕޮލިސް ވަނީ ފަހަތުން އަރައި އޮފު އެފްސީ ބަލިކޮށް، ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޖޫން 2022 | ބުދަ 03:52
ޕޮލިސް ޓީމުގެ ކޯޗު ފައްލޯ

ޕޮލިސް ޓީމުގެ ކޯޗު ފައްލޯ

އެސޯސިއޭޝަން ކަޕްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ކުޅުންތެރިންގެ ވަރުބަލިކަން ފެނުނު ކަމަށް ޕޮލިސް ކުލަބުގެ ކޯޗު ފަތުހުއްﷲ ވަހީދު (ފައްލޯ) ބުނެފިއެވެ.

ފައްލޯ މިހެން ބުނީ މުބާރާތުގައި ޕޮލިސްގެ ތިން ވަނަ މެޗުގައި އޮފު އެފްސީގެ މައްޗަށް ތިން ސެޓު އެއް ސެޓުން ކުރި ހޯދި މެޗަށްފަހުއެވެ. ފައްލޯ ބުނީ މުބާރާތުގައި މީގެ ކުރިން ޕޮލިސް ކުޅުނު ދެ މެޗަކީ ވެސް ވަރަށް ހާޑު ދެ މެޗު ކަމަށެވެ. އަދި އެ ދެ މެޗު ވެސް ކާމިޔާބުކުރެވުނީ ފަސް ސެޓަށް ގޮސްގެންކަމަށެވެ. ފައްލޯ ބުނީ، އެކަމުގެ ސަބަބުން ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނު ކަމަށެވެ. ފުރަތަމަ މެޗުގައި ގުޑީސް ސްޕޯޓްސް ކުލަބާ ދެކޮޅަށް އަދި ދެ ވަނަ މެޗުގައި ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ކުޅެވެސް ޕޮލިސް މޮޅުވީ ފަސް ސެޓަށް ގޮސްގެން ކަމަށެވެ.

މީގެ އިތުރުން ފައްލޯ ބުނީ މުބާރާތުގެ ކުރީ ކޮޅުގައި މިފަދަ ކާމިޔާބީއެއް ލިބުމަކީ މުބާރާތުގައި ކުރިއަށް ހުރި މެޗުތަކުގައި ޒުވާން ކުޅުންތެރިންނަށް ހިތް ހަމަ ޖެހިގެން، ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

މީގެ އިތުރުން ޕޮލިސް ޓީމުގެ ސެޓަރު މުތުސާމީގެ މޮޅު ކުޅުމާ ގުޅޭގޮތުން ފައްލޯ ބުނީ އޭނާ އެއީ ޓީމުގެ ބެކްބޯންކަމަށެވެ. އަދި ކުޅުންތެރިން ނަގަން ލިބުނު ފުރުސަތުގައި ނިންމި ނިންމުމަކީ ވެސް އެއީ ކަމަށެވެ. ފައްލޯ ބުނީ ޕޮލިސް ޓީމަކީ ގިނަ ޒުވާން ކުޅުންތެރިން ހިމެނޭ ޓީމަކަށްވުމުން ސެޓަރުގެ ބޭނުމަކީ އެ ކުޅުންތެރިން ލައްވާ ފައްލޯ ބޭނުންވާ ގޭމު ކުޅުވުން ކަމަށެވެ.

މުބާރާތުގައި ޕޮލިސް ޓީމުގެ ސެޓަރުގެ ފަރާތުން މޮޅު ކުޅުމެއް ފެންނައިރު، އޭނާ އަންނަނީ މެޗުތަކުގައި އެ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް ވެސް އެޓޭކްކުރަން ފުރުސަތު ދެމުންނެވެ. އެގޮތުން ޕޮލިސް ޓީމުގައި ހިމެނޭ ޒުވާން ދެ ކުޅުންތެރިންކަމަށްވާ މާއިޝް އަހުމަދާއި ހައިލަމް ހަސަންގެ ކުޅުން މި މުބާރާތުގައި ފާހަގަވެއެވެ.

ކުޅުނު ތިން މެޗުން މޮޅުވެ ލިބުނު ހަތް ޕޮއިންޓާއެކު މިވަގުތު ޕޮލިސް އޮތީ ތާވަލްގެ އެއް ވަނަ މަގާމުގައެވެ. ދެ ވަަނަ މަގާމުގައި އޮތް ކުލަބް ވެމްކޯ ވަނީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓު ހޯދާފައެވެ. ވެމްކޯ އޮތީ ތާވަލްގެ ދެ ވަނަ މަގާމުގައެވެ. ކުޅުނު ދެ މެޗުން ސިޓީ ސްޕޯޓްސް ކުލަބަށް ލިބެނީ ތިން ޕޮއިންޓެވެ. އަދި އޮފު އެފްސީ ކުޅުނު ތިން މެޗުން އެ ޓީމަށް ލިބެނީ ތިން ޕޮއިންޓެވެ. ދިވެހި ސިފައިންގެ ކުލަބާއި، ގުޑީސް ސްޕޯޓްސް ކުލަބަށް ލިބެނީ އެއް ޕޮއިންޓެވެ.

މުބާރާތުގައި ހުކުރު ދުވަހު ޕޮލިސް ނިކުންނާނީ ސިޓީއާ ދެކޮޅަށެވެ.

އެސޯސިއޭޝަން ކަޕްޕޮލިސް ކުލަބްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު