Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެއި 6 ހަމަލާގެ ޝަރީއަތް

ބޮމުގެ ހަމަލާ: މައްސަލަ ބަލާ ބެންޗު ވީހާވެސް އަވަހަށް އެކުލަވާލުމަށް އެމްޑީޕީން ގޮވާލައިފި

ޤާޟީގެ ފަރާތްޕުޅުން، އެ އެޅުއްވި ފަޔަވަޅަކީ، އިންސާފުން ޝަރީޢަތް ކުރިއަށް ގެންދިއުމަށް މުހިންމުކަމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 ޖޫން 2022 | ހޯމަ 06:57
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން ފުލުހުން ޙަރަކާތްތެރިވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން ފުލުހުން ޙަރަކާތްތެރިވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލަ ބަލާ ބެންޗު ވީހާވެސް އަވަހަށް އެކުލަވާލުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ގޮވާލައިފިއެވެ.

މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ގާޒީ ސޮފްވަތު ޙަބީބާއި، ގާޒީ މުހައްމަދު މިސްބާޙުއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އާދަމް މުޙައްމަދު ވަނީ މައްސަލައިން ތަނާޒުލްވެވަޑައިގެންފައެވެ. އެ އަޑުއެހުމުގައި އޮތީ މި މައްސަލައިގެ އިފްތިތާހީ ބަޔާން އިއްވުމެވެ. އެހެންނަމަވެސް، އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ގާޒީ އާދަމް ވިދާޅުވީ، މި މައްސަލައިގައި ގާޒީ ތަނާޒުލްވެވަޑައިގަތުން އެދި ދައުވާލިބޭ އިސްހާގުގެ ފަރާތުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އިސްހާގުގެ ސިޓީގައި ބަޔާންކޮށްފައިވަނީ އިސްޙާގުގެ އާއިލާ މީހެއްގެ މައްޗަަށް ދައުވާ ކޮށްފައިވާ މައްސަލައެއްގައި ޙުކުމަކާއި ހިސާބަށް ގޮސްފައިވަނިކޮށް އޭނާގެ އާއިލާގެ އެހެން މެމްބަރަކު ގާޒީ އާދަމްްއަށް އިންޒާރު ދީފައިވާ ކަމަށެވެ.

އެ މައްސަލައަކީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ. ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރޭގައި އިސްހާޤުގެ ކޮށްކޮއެއް ހިމެނެއެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.

އެ މައްސަލަ ހިނގަމުންދިޔައިރު އިސްޙާގުގެ އާއިލާ މެމްބަރެެއްގެ ފަރާތުން ގާޒީ އާދަމްއަށް އިންޒާރު ދިން މައްސަލައެއް ފެންމަތިވެފައިވާތީ އިސްޙާގުގެ ސިޓީގައި އެދިފައިވަނީ ގާޒީ އާދަމް މި މައްސަލައިން ތަނާޒުލްވެވަޑައިގަތުމަށެވެ. ވުމާއެކު، ޝަރީއަތުންވެސް އެކަންކަން އިތުރަށް ސާފު ކުރުމަށްފަހު ގާޒީ ވަނީ މައްސަލައިން ތަނާޒުލްވެވަޑައިގަންނަވާފައެވެ.

އެކަމާ ގުޅޭގޮތުން އެމްޑީޕީން ބުނީ، ޤާޟީގެ ފަރާތްޕުޅުން، އެ އެޅުއްވި ފަޔަވަޅަކީ، އިންސާފުން ޝަރީޢަތް ކުރިއަށް ގެންދިއުމަށް މުހިންމުކަމަށް ވާއިރު، މި މައްސަލައިގެ އަޑުއެހުންތައް މެދުކެނޑުމެއްނެތި ގެންގޮސް ނިންމާލުމަކީ އެއަށްވުރެ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

ކްރިމިނަލް ކޯޓުން ވީހާވެސް އަވަހަކަށް މި މައްސަލަ ބަލާ ބެންޗު އެކުލަވާލައި، އަޑުއެހުންތައް ވިދިވިދިގެން ގެންދިއުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު