Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެސޯސިއޭޗަން ކަޕް 2022

އެސޯސިއޭޝަން ކަޕް: މެޗު ޝެޑިއުލަށް ބަދަލު ގެނެސްފި

ޝެޑިއުލަށް ގެނައި ބަދަލަކީ ހަވީރު މެޗެއް އަދި ރޭގަނޑު މެޗެއް ކުޅޭ ގޮތަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖޫން 2022 | އާދީއްތަ 08:02
އެސޯސިއޭޝަން ކަޕްގެ ތެރެއިން

އެސޯސިއޭޝަން ކަޕްގެ ތެރެއިން

ވީއޭއެމް އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަންގެ މެޗު ޝެޑިއުލަށް ބަދަލު ގެނެސްފިއެވެ.

ބޮޑު ބަދަލަކާއެކު މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމެއްގައި ވެސް ބިދޭސީ ތިން ކުޅުންތެރިން ހިމެނެއެވެ. މި ގޮތަށް މިއަހަރުގެ މުބާރާތް ވަނީ ހޮނިހިރު ދުވަހުގެ ރޭ ފަށާފައެވެ. މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ދެ މެޗު ވެސް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ރޭގެ މެޗުތައް ވަނީ ދިގުލައި ގޮސްފައެވެ. މުބާރާތުގެ މެޗުތައް ކުޅެމުން އަންނަނީ ރޭގަނޑު ދެ މެޗު ކުޅޭ ގޮތަށެވެ. އެއީ ފުރަތަަމަ މެޗު 20:15 ގައި އަދި ދެ ވަނަ މެޗު 21:45 ގައި ކުޅޭ ގޮތަށެވެ.

ވީއޭއެމުން ބުނީ މުބާރާތް ވާދަވެރިވުމާ ގުޅިގެން މެޗު ޝެޑިއުލަށް ބަދަލެއް ގެންނަން ނިންމާފައިވާކަމަށެވެ. އެގޮތުން ގެނެވުނު ބަދަލާއެކު އައު ޝެޑިއުލަށް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. ވީއޭއެމުން ޝެޑިއުލަށް ގެނެސްފައިވާ ބަދަލަކީ ހަވީރު ވެސް މެޗު ކުޅޭ ގޮތަށް ހަމަޖެއްސުމެއެވެ. އެގޮތުން ރޭގަނޑު 20:15 ގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް ހަވީރު 16:15 އަށް ވަނީ ބަދަލުކުރެވިފައެވެ. އަދި ރޭގަނޑު 21:45 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ފަށާނީ ރޭގަނޑު 20:15ގައެވެ.

މި ބަދަލާއެކު މާދަމާއިން ފެށިގެން މުބާރާތުގެ މެޗުތައް ކުޅޭނީ ހަވީރު މެޗެއް އަދި ރޭގަނޑު މެޗެއް ކުޅޭ އުސޫލުންނެވެ. ބަދަލާއެކު މިއަހަރުގެ ވޮލީ ސީޒަން ފެށިއިރު، މިފަހަރުގެ މުބާރާތް ފޯރި ގަދައެވެ. އަދި މެޗުތައް ބަލަން ޒުވާނުންގެ މަރުކަޒަށް ވަންނަ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. ރޭގެ ދެ މެޗު ކުރިއަށް ދިޔަ ވަގުތުގައި ވެސް ޒުވާނުންގެ މަރުކަޒު އޮތީ ސަޕޯޓަރުން ވަދެ ފުރާލާފައެވެ.

އެސޯސިއޭޝަން ކަޕްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު