Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާ-ޓައިވާން

ޗައިނާއާ ގުޅުން ކަނޑާލަން ބޭނުމެއްނޫން، ރަނގަޅު ނިޔަތުގައި ގުޅުން ބާއްވަން ބޭނުން: ޓައިވާން

ޗައިނާގެ ޑިފެންސް މިނިސްޓަރު ވެއި ފެންގްހެއި ވަނީ ސުލްހަވެރިކަމާއެކު ޓައިވާންގެ މައްސަލަ ހައްލުނުކުރެވޭނަމަ އިތުރު އެހެން ގޮތަކުންވެސް މައްސަލަ ހައްލުކުރާނެ ކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 12 ޖޫން 2022 | އާދީއްތަ 07:11
ޓައިވާންގެ ޕްރިމިއަރ ސޫ ސެންގްޗަންގް

ޓައިވާންގެ ޕްރިމިއަރ ސޫ ސެންގްޗަންގް

ޗައިނާއާ ގުޅުން ކަނޑާލުމުގެ ވިސްނުމެއް ޓައިވާނުން ނުގެންގުޅޭ ކަމަށާއި އެގައުމާއެކު ރަނގަޅު ނިޔަތުގައި، ސިޔާސީ ނުފޫޒުން އެއްކިބާވެ، ގުޅުން ބާއްވަން ބޭނުންކަމަށް ޓައިވާންގެ ޕްރިމިއަރ ސޫ ސެންގްޗަންގް ވިދާޅުވެއްޖެއެވެ.

ޓައިވާންގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ޗައިނާއެވެ. ޓައިވާންއަކީ 1949 ވަނަ އަހަރުގެ ދާހިލީ ހަނގުރާމާގައި ކޮމިއުނިސްޓް ޕާޓީއާ ބައްދަލުކޮށް ބަލިވި ގުރޫޕުން އުފެއްދި ވަކި ސަރަހައްދެކެވެ. ކޮމިއުނިސްޓް ޕާޓީއިން ވެރިރަށަކީ ބޭޖިންގ ކަމުގައި ހަދާ، މައި ޗައިނާ ނުވަތަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެއްދިއެވެ.

ޓައިވާންއަކީ ޗައިނާގެ މުށުތެރެއިން ދެމިގަނެ، މިނިވަން ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ރުހުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ގައުމެކެވެ. ނަމަވެސް ބައިނަލްއަގުވާމީ މައިދާނުގައި، މިނިވަން ގައުމެއްގެ ގޮތުގައި ޓައިވާން ބަލައިގެންފައި ވަނީ މަދު ގައުމަކުންނެވެ.

ޓައިވާން އާއި ޗައިނާއާ ދެމެދު އޮތް ގުޅުމަށް ވަރަށް ބޮޑަށް ބުރުއަރާފައިވާއިރު، ޓައިވާންގެ ސަރުކާރުން ބުނާ ގޮތުގައި އެ ގައުމުގެ ކުރިމަގު ބައްޓަން ކުރުމުގެ ބާރު އޮތް ހަމައެކަނި ހައްގުވެރިންނަކީ އެ ގައުމުގެ އާބާދީގައި ހިމެނޭ 23 މިލިއަން މީހުންނެވެ. އަދި އެމީހުން ބޭނުންވަނީ ސުލްހަ ކަމަށާއި ހަމަލާ ދީފި ނަމަ ގައުމު ދިފާއު ކުރާނެ ކަމަށްވެސް ޓައިވާންގެ ސަރުކާރުން ވަނީ ބުނެފައެވެ.

މައި ޗައިނާއިން ޓައިވާން ވަކިވުމަށް މަސައްކަތް ކުރާނަމަ އަސްކަރީ ފިޔަވަޅު އެޅުމަށް ގާނޫނީ ބާރު ލިބިދޭ ގޮތަށް ޗައިނާގެ ސަރުކާރުން ވަނީ 2005 ވަނަ އަހަރު އެ ގައުމުގެ ގާނޫނަށް ބަދަލު ގެނަސްފައެވެ. މިހާރު ޗައިނާގެ ސަރުކާރުން ދަނީ ޓައިވާންގައި މައި ޗައިނާގެ ސިޔާސީ ނުފޫޒާއި އަސްކަރީ ނުފޫޒު ވަރުގަދަކުރުމަށް މަސައްކަތްކުރަމުންނެވެ.

އާދިއްތަ ދުވަހު ސިންގަޕޫރުގައި ކުރިއަށްދިޔަ ފޯރަމެއްގައި ވާހަކަދައްކަވަމުން ޗައިނާގެ ޑިފެންސް މިނިސްޓަރު ވެއި ފެންގްހެއި ވަނީ ޗައިނާގެ ސަރުކާރުން ބޭނުންވަނީ ސުލްހަވެރިކަމާއެކު ޓައިވާނާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރަން ކަމަށާއި އެހެންނަމަވެސް އެކަން އެގޮތަށް ނުކުރެވޭ ނަމަ އިތުރު އެހެން ގޮތަކުންވެސް މައްސަލަ ހައްލުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ޗައިނާއިން ޓައިވާނުން އެކްސްޕޯޓްކުރާ ފާނަ އިމްޕޯޓްކުރުން މަނާކުރުމުން އެކަމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓައިވާންގެ ޕްރިމިއަރ ސޫ ސެންގްޗަންގް ވަނީ ޓައިވާނުން އަބަދުވެސް ޗައިނާއާ ދޭތެރޭ ގެންގުޅެނީ ރަނގަޅު ނިޔަތްކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ޗައިނާގެ މިނިންމުމަކީ ސިޔާސީ ގޮތުން ޕްރެޝަރުކުރުމަށް ނިންމި ނިންމުމެއް ކަމަށް ޓައިވާނުން ވަނީ ބުނެފައެވެ.

އިތުރަށް ވާހަކަދައްކަވަމުން ސޫ ވަނީ ޓައިވާންގެ ރައީސް ސައި އިންގްވެން މީގެ ކުރިން ދައްކަވާފައިވާ ވާހަކަތައް ތަކުރާރުކުރައްވާ ސިޔާސީގޮތުން ޗައިނާއަަށް ވާނެ ފަދަ ޝަރުތުތަކެއް ކުރިއާލައި ނުހިމަނާ ދެގައުމަށްވެސް ފައިދާވާނެ ގޮތަށް ހަމަހަމަކާއެކު ހެޔޮ ނިޔަތުގައި ޗައިނާއާއެކު ކަންތައްތައް ކުރެވޭނެ ނަމަ އެގޮތަށް ގުޅިގެން މަސައްކަތްކުރަން ޓައިވާނުން ތައްޔާރަށްއޮތް ކަމަށް ވިދާޅުވެފައެވެ.

ސޫ ވަނީ ޗައިނާއިން ޓައިވާންގެ ސަރަހައްދުގައި އަސްކަރީ ތަމްރީންތަކާއި އެހެނިހެން ހަރަކާތްތައް ހިންގައި އެގައުމަށް ބިރުދައްކައި ސިޔާސީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން އެގައުމު ފިއްތާލުމަށް ކުރާ މަސައްކަތްތަކަކީ ބަލައިގަނެވޭނެ ކަންތައްތައް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

ޓައިވާނުން ޗައިނާއާ ގުޅުން ކަނޑައިލާން ބޭނުންނުވާކަމަށް ވިދާޅުވެ، ސޫ ވަނީ އެއްވެސް ސަބަބަކާ ނުލައި ޓައިވާނަށް ފިއްތުތައްކުރިމަތި ކުރުވަމުން ދަނީ ޗައިނާއިން ކަމަށް ވިދާޅުވެފައެވެ.

ޓައިވާންގެ ސަރުކާރުން ބުނާ ގޮތުގައި އެ ގައުމުގެ ކުރިމަގު ބައްޓަން ކުރުމުގެ ބާރު އޮތް ހަމައެކަނި ހައްގުވެރިންނަކީ އެ ގައުމުގެ އާބާދީގައި ހިމެނޭ 23 މިލިއަން މީހުންނެވެ. އަދި އެމީހުން ބޭނުންވަނީ ސުލްހަ ކަމަށާއި، ހަމަލާ ދީފި ނަމަ ގައުމު ދިފާއު ކުރާނެ ކަމަށްވެސް ޓައިވާންގެ ސަރުކާރުން ވަނީ ބުނެފައެވެ.

ޓައިވާންގެ ރައީސްކަމުގެ މަގާމަށް 2016 ވަނަ އަހަރު ސައި އައްޔަނުކުރެވުނު ފަހުން މިހާތަނަށް އޭނާއާއެކު މަޝްވަރާތައް ކުރުމަށް ޗައިނާއިން ދަނީ ދެކޮޅުހަދަމުންނެވެ. ޗައިނާއިން ބުނަމުން ދަނީ ސައި އަކީ މައި ޗައިނާއިން ޓައިވާން ވަކިކުރުމަށް މަސައްކަތްކުރަމުންދާ "ސެޕަރޭޓިސްޓް"އެއް ކަމަށެވެ.

ޓައިވާންޗައިނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު