Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރޮނާލްޑޯއަށް ކުރާ ރޭޕުގެ ތުހުމަތު

ރޮނާލްޑޯއާ ދެކޮޅަށް ކޯޓަށް ހުށަހެޅި ރޭޕުގެ މައްސަލަ ބޭރުކޮށްލައިފި

ކޯޓުން މައްސަލަ ބޭރުކޮށްލީ، ހެކީގެ ގޮތުގައި ކެތަރިންގެ ފަރާތުން ކޯޓަށް ހުށައަޅާފައިވާ މީހެއްގެ މައުލޫމާތަކީ ލިޔެކިޔުންތަކަކުން ވައްކަންކޮށްގެން ހުށައަޅާފައިވާ ހެކިކަމަށް ބުނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ޖޫން 2022 | އާދީއްތަ 05:50
ރޮނާލްޑޯ

ރޮނާލްޑޯ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެކޮޅަށް ކޯޓަށް ހުށައަޅާފައިވާ ރޭޕުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

ރޮނާލްޑޯއާ ދެކޮޅަށް ރޭޕުގެ މައްސަލައެއް އެމެރިކާގެ ކޯޓަށް ހުށައަޅާފައިވަނީ އެ ގައުމަށް ނިސްބަތްވާ ކެތަރިން މަޔޯގާ ނަމަކަށް ކިޔާ މޮޑެލް ކުރާ އަންހެނެކެވެ. ރޮނާލްޑޯއާ ދެކޮޅަށް އޭނާ ކޯޓަށް މައްސަލަ ހުށައަޅާފައި އޮންނަތާ އެެތައް ދުވަހެއް ވެއްޖެއެވެ.

ކެތަރިން މައްސަލަ ހުށައަޅާފައިވަނީ 2009 ވަނަ އަހަރު ރޮނާލްޑޯ އޭނާ ރޭޕުކުރި ކަމަށް ބުނެއެވެ. ނަމަވެސް ރޮނާލްޑޯ ވަނީ ކެތަރިންގެ ތުހުމަތުތައް ދޮގުކޮށްފައެވެ. މި މައްސަލައިގައި ކެތަރިން ބުނީ ރޭޕުގެ ވާހަކަތައް ސިއްރުކުރަން ބުނެ ރޮނާލްޑޯގެ ގާނޫނީ ވަކީލުންގެ ފަރާތުން ވަނީ އޭނާ ލައްވައި ލިޔުމެއްގައި ސޮއިކުރުވާފައެވެ. އަދި އެ ސޮއިކުރުވީ އޭނާއަށް މަޖުބޫރުކޮށްގެން ކަމަށް ވެސް ކެތަރިން ވަނީ ބުނެފައެވެ.

މި މައްސަލާގައި ކެތަރިންގެ ފަރާތުން ގިނަ ހެކިތަކެއް ކޯޓަށް ހުށައަޅާފައިވެއެވެ. އަދި އޭނާގެ ގާނުނީ ވަކީލު ބުނީ އެތައް ދުވަހެއް ފަހުން މި މައްސަަލައިގެ ވާހަކަ ދައްކަން ކެތަރިންއަށް ހިތްވަރު ލިބުނީ ރޭޕާ ދެކޮޅަށް ހިންގާ "މީޓޫ" ކެމްޕެއިންގެ ސަބަބުންކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން ރޮނާލްޑޯގެ ގާނުނީ ވަކީލުން ބުނެފައިވަނީ މިއީ ކެތަރިން ރޮނާލްޑޯގެ އަތުން ކޮންމެސް ކަމެއް ހާސިލްކުރުމުގެ މަގުސަދުގައި ހުށައަޅައިގެން އުޅޭ މައްސަލައެއް ކަމަށެވެ.

ކޯޓުން މި މައްސަލަ ބޭރުކޮށްލާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ކޯޓުން މައްސަލަ ބޭރުކޮށްލީ، ހެކީގެ ގޮތުގައި ކެތަރިންގެ ފަރާތުން ކޯޓަށް ހުށައަޅާފައިވާ މީހެއްގެ މައުލޫމާތަކީ ލިޔެކިޔުންތަކަކުން ވައްކަންކޮށްގެން ހުށައަޅާފައިވާ ހެކިކަމަށް ބުނެއެވެ. އަދި މިއީ އެފަދަ ކަމެއްގައި ކޯޓުން ކުރިއަށް ގެންދެވޭނެ މައްސަލައެއ ނޫން ކަމަށް ވެސް ކޯޓުން ވަނީ ބުނެފައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

07 ސެޕްޓެމްބަރު 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު