Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދެވަނަ ރޮނާލްޑޯ އެއް ޔުނައިޓެޑަށް ބޭނުންވޭ

ދެވަނަ ރޮނާލްޑޯއެއް ޔުނައިޓެޑަށް ބޭނުންވޭ: އަމޯރިމް

ޔުނައިޓެޑުގެ އެންމެ ކާމިޔާބު ޖީލަކީ ރޮނާލްޑޯގެ ޖީލު, ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށް ދިޔަފަހުން އެ ކުލަބު ވަނީ ފުން އަނދަވަޅަކަށް ވެއްޓިފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2024 | ހޯމަ 06:43
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް

ދެވަނަ ކްރިސްޓިއާނޯ ރޮނާލްޑޯއެއް ޔުނައިޓެޑަށް ބޭނުންވާ ކަމަށާއި އެ ނޫން ގޮތަކަށް ޔުނައިޓެޑުގެ އަސްލު ކާމިޔާބީއާއި ހަމައަށް ދެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް ބުނެފިއެވެ.

ކުރިން ޔުނައިޓެޑުގެ ކޯޗުގެ މަގާމުގައި ހުރި އެރިކް ޓެން ހާގް، މަގާމުން ދުރުކޮށް އެ މަގާމަށް އަމޯރިމް ގެނައީ މިދިއަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ.

އަމޯރިމް ޔުނައިޓެޑުގެ ކޯޗުކަމާއި ހަވާލުވިފަހުން، އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު މިހާތަނަށް ނުވަ މެޗެއް ވަނީ ކުޅެފައެވެ. އޭގެތެރެއިން މޮޅުވެފައި ވަނީ ހަތަރު މެޗުންނެވެ. ހަތަރު މެޗުން ބަލިވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ. އެންމެ ފަހުން ޕްރިމިއާ ލީގުގައި ބޯންމައުތާއި ދެކޮޅަށް ކުޅުނު މެޗުން ވެސް ޔުނައިޓެޑް ވަނީ ބަލިވެފައެވެ. މިއާއި އެކު ޔުނައިޓެޑުގެ މިހާރު ހުރި ކޯޗު އަމޯރިމް އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ.

ޔުނައިޓެޑަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ކުލަބުން ނެރޭ ނަތީޖާތައް ރަނގަޅުކުރުމަށް ކުލަބުގެ މެނޭޖްމަންޓުން ގިނަ މަސައްކަތް ތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ވޭތުވި ދިޔަ މަދު އަހަރު ދުވަހުގެ ތެރޭގައި ގިނަ ތަފާތު ކޯޗުން ޔުނައިޓެޑަށް ވަނީ ގެނެސްފައެވެ. ނަމަވެސް ޔުނައިޓެޑަށް ރަނގަޅު ކާމިޔާބީއެއް ހޯދައި ދެވޭ ފެންވަރުގެ ކޯޗަކާއި އަދި ވަނީ ދިމާވާގޮތް ނުވެފައެވެ. ޔުނައިޓެޑުހެ ތާރީޚުގައި ވެސް ދުއް އެންމެ މޮޅު ކޯޗުގެ ގޮތުގައި ފާހަގަވި އެލެކްސް ފާގަސަން 2013 ވަނަ އަހަރު ޔުނައިޓެޑުގެ ކޯޗުގެ މަގާމު ދޫކޮށްލިފަހުން އެކުލަބަށް މިހާތަނަށް އަށް ކޯޗަކު ވަނީ ގެނެސްފައެވެ. މިހާރު ޔުނައިޓެޑުގެ ކޯޗުކަމުގައި ހުރި ރުބެން އަމޯރިމް އަކީ ފާގަސަންއަށް ފަހު ޔުނައިޓެޑުގެ ކޯޗުކަމާއި ހަވާލުވި ނުވަނަ ކޯޗެވެ.

އަމޯރިމްއާއި އެކުވެސް އުންމީދު ކުރިވަރުގެ ނަތީޖާތަކެއް ޔުނައިޓެޑަށް ނެރެވެމުން ނުދާއިރު، ޔުނައިޓެޑުގެ މެނޭޖްމަންޓުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތެވެ. ޔުނައިޓެޑު މިހާރުގެ ހާލަތުން އަރައިހަތުމަށް މިހާރުގެ ކޯޗު އަމޯރިމް ބުނީ އެކަމުގެ ހައްލެއް ގެ ގޮތުން ޔުނައިޓެޑަށް ދެވަނަ ރޮނާލްޑޯއެއް ހޯދަން ޖެހޭކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑުގެ އެންމެ ކާމިޔާބު ޖީލަކީ ރޮނާލްޑޯގެ ޖީލު ކަމަށާއި، ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށް ދިޔަފަހުން އެ ކުލަބު ފުން އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށެވެ. އަދި މިއަދުވެސް އެ އަނދަވަޅުން ޔުނައިޓެޑް ސަލާމަތް ނުވެވުގެން އުޅޭކަމަށް އަމޯރިމް ބުންޏެވެ.

އަމޯރިމް ބުނީ ދެވަނަ ކްރިސްޓިއާނޯ ރޮނާލްޑޯއެއް ހޯދައިގެން ނޫނީ ޔުނައިޓެޑަށް އިތުރަށް ކުރިއަށް ދެވެން ނެތް ކަމަށެވެ. އެހެންކަމުން އަންނަ ޖެނުއަރީ މަހުގެ ޓްރާންސްގައި ޔުނައިޓެޑަށް ހުނަރުވެރި ރަނގަޅު ޒުވާން ކުޅުންތެރިން ހޯދަން ޖެހޭއިރު، ޔުނައިޓެޑަށް ހޯދަން ބޭނުންވާ ހުނަރުވެރި ކުޅުންތެރިން ވާން ވާނީ ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިންނަށް ކަމަށް އޭނާ ބުންޏެވެ.

އަމޯރިމް އުންމީދު ކުރާ ގޮތުގައި އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާއަށް ފަހު ޔުނައިޓެޑުން ފެނިގެން ދާނީ ރޮނާލްޑޯ ފެންވަރުގެ ކުޅުންތެރިންތަކެކެވެ.

ރުބެން އަމޮރިމްމެންޗެސްޓަރ ޔުނައިޓެޑްކްރިސްޓިއާނޯ ރޮނާލްޑޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު