Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެސޯސިއޭޝަން ކަޕް 2022

އެސޯސިއޭޝަން ކަޕް 2022: ޕޮލިސް އަދި ވެމްކޯއިން މުބާރާތް ފެށީ މޮޅަކުން

ވެމްކޯއިން އޮފް އެފްސީގެ މައްޗަށް ކުރި ހޯދީ ތިން ސެޓު އެއް ސެޓުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ޖޫން 2022 | އާދީއްތަ 03:40
ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ތެރެއިން

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ތެރެއިން

އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި ޕޮލިސް ކުލަބް އަދި ކުލަބް ވެމްކޯ ކުޅުނު ފުރަތަމަ މެޗުން ދެ ޓީމު ވެސް މޮޅުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ހޮނިހިރު ދުވަހުގެ ރޭ ފުރަތަމަ މެޗުގައި ޕޮލިސް ނުކުތީ ގުޑީސް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ވާދަވެރި އަދި ފޯރި ގަދަ ކުޅުމަކަށްފަހު، މި މެޗު ޕޮލިހުން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުންނެވެ. ފުރަތަމަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. ޕޮލިހުން ވަނީ މި ސެޓުގައި 23-17 ން ލީޑު ނަގާފައެވެ. ނަމަވެސް ގުޑީސުން ވަނީ ކުޅުން ރަނގަޅުކޮށް، 22-23 އަށް ފަރަގު ކުޑަކޮށްފައެވެ. ޕޮލިހުގެ ލީޑު 24--22 އަށް ފުޅާކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަކިންގެ ބާރު ހަމަލާއަކުންނެވެ. އޭގެ ފަހުން ގުޑީސްގެ އަލީ އާމިރު (ދިގު އައްޔަ)ގެ ހަމަލާއަކުން އެ ޓީމުް 23-24 އަށް ނަތީޖާ ކުޑަކުރިއިރު، ގުޑީސަށް ނަތީޖާ ހަމަހަމަ ވީ ޕޮލިހުގެ އަނޫ ޖޭމްސް ކުރި އެޓޭކް ބޭރަށް ދިޔުމުންނެވެ. ޕޮލިހުން ސެޓު ހޯދީ އަކިންގެ ދެ ބްލޮކާއެކު، 30-28 ންނެވެ.

ދެ ވަނަ ސެޓު ފަށައިގެން ގުޑީސުން ވަނީ ކުޅުން ރަނގަޅުކޮށް، ލީޑުގައި އޮވެ ކުޅެފައެެވެ. މި ސެޓުގެ މެދު ތެރެއިން ގުޑީސްގެ ސެޓަރު ހުސެއިން ވިޝާމަށް އަނިޔާވެ، ކޯޓު މަތީގައި ވަނީ ފަރުވާދީފައެވެ. ގުޑީސުން މި ސެޓު ކާމިޔާބުކުރީ 25-23 ންނެވެ. ގުޑީސުން ވަނީ ޖެހިގެން އައި ތިން ވަނަ ސެޓު ވެސް ހޯދާ، ސެޓުގެ ގޮތުން ލީޑު ނަގާފައެވެ. މި ސެޓުގައި އެ ޓީމުގެ ދިގު އައްޔަގެ ބާރު ހަމަލާތަކެއް ވެސް ވަނީ ފެނިފައެވެ. މި ސެޓު ގުޑީސުން ނިންމާލީ މުޅިން ލީޑުގައި އޮވެއެވެ. ގުޑީސުން ސެޓު ހޯދީ 25-20 ންނެވެ.

ޕޮލިހުން ވަނީ ޖެހިގެން އައި ހަތަރު ވަނަ ސެޓާއި ފަސް ވަނަ ސެޓު ވެސް ހޯދާފައެވެ. ހަތަރު ވަނަ ސެޓު ފަށައިގެން ގުޑީސުން ލީޑު ކުރަމުން ދިޔަ ނަމަވެސް، ޕޮލިހުން ވަނީ 8-8 ން ނަތީޖާ ހަމަހަމަކޮށްފައެވެ. މި ސެޓުގައި ޕޮލިސް ޓީމުގެ ޒުވާން ކުޅުންތެރިޔާ މާއިޝް އަހުމަދުގެ މޮޅު ކުޅުން ވެސް ވަނީ ފެނިފައެވެ. ހަމަހަމޮށް ގޮސް ޕޮލިހުން ވަނީ 13-10 އަށް ލީޑު ފުޅާކޮށްފައެވެ. ޕޮލިހުން ލީޑުގައި އޮވެ ކުޅެމުން ދަނިކޮށް، ގުޑީސުން ވަނީ 19-19 ން ނަތީޖާ ހަމަހަމަކޮށްފައެވެ. އޭގެ ފަހުން 20-20 ން ނަތީޖާ ހަމަހަމަވި ނަމަވެސް، ޕޮލިހުން ވަނީ 22-20 އަށްް ލީޑު ފުޅާކޮށްފައެވެ. އެއީ އެ ޓީމުގެ މާއިޝް އާއި އަނޫ ކުރި އެޓޭކަކުންނެވެ. އޭގެ ފަހުން ގުޑީސްގެ ވަރުން ޖީއެސްގެ އެޓޭކަކާއި، މޯހިތުގެ ބްލޮކަކުން އެ ޓީމު ވަނީ 22-22 ން ނަތީޖާ ހަމަހަމަކޮށްފައެވެ. އޭގެ ފަހުން 23-23 ން ސެޓުގެ ނަތީޖާ ހަމަހަމަ ވެސް ވިއެވެ. ގުޑީސްގެ ބްލޮކަރު މޯހިތުގެ ސަރވިސް ބޭރަށް ދިޔުމާއެކު، ޕޮލިހަށް ވަނީ 24-23 އިން ލީޑު ލިބިފައެވެ. ޕޮލިހުން މި ސެޓު 25-23 ން ހޯދީ ގުޑީސްގެ ރިޔާޒުއްދީން ކުރި އެޓޭކް ބޭރަށް ދިޔުމުންނެވެ.

ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓުގައި ވެސް ޕޮލިސް ޓީމުގެ އެޓޭކަރުންގެ ބާރު ހަމަލާތަކެއް ވަނީ ފެނިފައެވެ. ޕޮލިހުގެ އަނޫގެ ބާރު ހަމަލާތަކުން އެ ޓީމު ވަނީ 6-2 ން މި ސެޓުގައި ލީޑު ނަގާފައެވެ. ގުޑީސުން ވަނީ އޭގެ ފަހުން 6-8 އަށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ލީގު ހިފަހައްޓާ ޕޮލިހުން މި ސެޓު 15-12 ން ނިންމާލީ ވެސް އަނޫގެ ބާރު ހަމަލާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިހުގެ ސެޓަރު  މުތުސާމީއެވެ.

ދެ ވަނަ މެޗުގައި ކުލަބް ވެމްކޯ ނިކުތީ އޮފު އެފްސީއާ ދެކޮޅަށެވެ. މި މެޗު ވެމްކޯއިން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ހޯދީ ވެމްކޯއިންނެވެ. އެ ޓީމުން ފުރަތަމަ ސެޓު ހޯދީ 25-15 ންނެވެ. އަދި ދެ ވަނަ ސެޓު ހޯދީ 25-17 ންނެވެ. ނަމަވެސް އޮފު އެފްސީން ވަނީ 25-21 ން ތިން ވަނަ ސެޓު ހޯދާފައެވެ. ހަތަރު ވަނަ ސެޓުގެ ކުޅުން ފެނުނީ ވާދަވެރިކޮށެވެ. މި ސެޓު ވެމްކޯއިން ހޯދީ 28-26 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ބްލޮކަރު އަޝްވަލް ރާއީއެވެ.

މުބާރާތުގެ ކުޅުން މިރޭ ވެސް ކުރިއަށްދާނެއެވެ. މިރޭގެ ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކުލަބް ނުކުންނާނީ ސްޕޯޓްސް ކުލަބް ސިޓީއާ ދެކޮޅަށެވެ. އަދި ދެ ވަނަ މެޗުގައި ގުޑީސް ނުކުންނާނީ އޮފު އެފްސީއާ ދެކޮޅަށެވެ. މި ދެ ޓީމު ފުރަތަމަ މެޗުން ބަލިވެފައިވުމުން، މި މެޗަކީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗަކަށްވާނެއެވެ.

އެސޯސިއޭޝަން ކަޕްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ޕޮލިސް ކުލަބްކުލަބް ވެމްކޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު