Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެސޯސިއޭޗަން ކަޕް 2022

އެސޯސިއޭޝަން ކަޕް: ފިރިހެން ޑިވިޝަންގެ ކުޅުން މިރޭ ފަށަނީ

ދެ ވަނަ މެޗުގައި ބައްދަލުރާނީ އޮފު އެފްސީއާއި ކުލަބް ވެމްކޯ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޖޫން 2022 | ހޮނިހިރު 08:13
މުބާރާތަށް އެކުލަވާލި 18 ކުޅުންތެރިންގެ ޕޫލް

މުބާރާތަށް އެކުލަވާލި 18 ކުޅުންތެރިންގެ ޕޫލް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަންގެ ކުޅުން މިރޭ ފަށާނެއެވެ.

ބޮޑު ބަދަލެއް ފެނިގެންދާނެ މިފަހަރުގެ މުބާރާތުގައި ހަ ކުލަބަކުން ވާދަކުރެއެވެ. އެއީ ދިވެހި ސިފައިންގެ ކުލަބް، ޕޮލިސް ކުލަބް، ކުލަބް ވެމްކޯ، ސްޕޯޓްސް ކުލަބް ސިޓީ، ގުޑީސް ސްޕޯޓްސް ކުލަބް އަދި އޮފު އެފްސީއެވެ. މީގެ ތެރެއިން ވެމްކޯ އަދި އޮފު އެފްސީއަކީ ޕްރެލިމިނަރީ ބުރުގައި ވާދަކޮށް، އެސޯސިއޭޝަން ކަޕަށް ކޮލިފައިވި ދެ ކުލަބެވެ.

މިފަހަރުގެ މުބާރަތުގައި ކޮންމެ ޓީމެއްގައި ވެސް ބިދޭސީ ތިން ކުޅުންތެރިން ހިމެނެއެވެ. އެ ކުޅުންތެރިންނަކީ ވީއޭއެމުން އެކުލަވާލި 18 ކުޅުންތެރިންގެ ޕޫލަކުން ޓީމުތަކަށް ބެހި ކުޅުންތެރިންނެވެ. މި 18 ކުޅުންތެރިންނަކީ އަވަށްޓެރި އިންޑިއާގެ ޓޮޕް ޑިވިޝަނުން ހޮވާލެވުނު 18 ކުޅުންތެރިންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ އޮންނަ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޕޮލިސް ކުލަބާއި ގުޑީސް ސްޕޯޓްސް ކުލަބެވެ. މި ދެ ޓީމުގެ ތެރެއިން ޕޮލިހުގައި ހިމެނޭ ބިދޭސީ ކުޅުންތެރިންނަކީ ސެޓަރ މުތުސާމީ، ބްލޮކަރ އަކިން އަދި އެޓޭކަރ އަނޫ ޖޭމްސްއެވެ. އަދި މި ޓީމުގައި ފާހަގަކޮށްލެވޭ ދިވެހި ކުޅުންތެރިންނަކީ ޝުއައިބް އަބްދުއްލަތީފް، މުޙައްމަދު ހަމްދޫން އަދި އުންމީދީ ޒުވާން ކުޅުންތެރިޔާ އަހުމަދު ނާފިއުއެވެ. ގުޑީސް ސްޕޯޓްސް ކުލަބުގައި ހިމެނޭ ބިދޭސީ ކުޅުންތެރިންނަކީ އެޓޭކަރ ވަރުން ޖީއެސް އަދި ރިޔާޒުއްދީންގެ އިތުރުން ބަލްކަރ މޯހިތު ޝަރާވަތެވެ. މީގެ އިތުރުން ޤައުމީ ޓީމުގެ ސެޓަރ ހުސެއިން ވިޝާމް، ގައުމީ ޓީމުގެ އެޓޭކަރ ހަސަން ނިލާމް އަދި ޤައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދިން އަލީ އާމިރު އަކީ މި ޓީމުގައި ފާހަގަކޮށްލެވޭ ދިވެހި ކުޅުންތެރިންނެވެ. ޕޮލިސް އަދި ގުޑީސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 20:15ގައެވެ.

މިރޭގެ ދެ ވަނަ މެޗުގައި 21:45 ގައި ބައްދަލުކުރާނީ އޮފު އެފްސީ އަދި ކުލަބް ވެމްކޯއެވެ. އޮފު އެފްސީގައި ހިމެނޭ ބިދޭސީ ކުޅުންތެރިންނަކީ ބްލޮކަރ ޖޯން ޖޯސެފް، ގުރޫ ޕްރަޝާންތު އަދި އެޓޭކަރ އަމިތު ގޫލިއާއެވެ. މި ޓީމުގައި ހިމެނޭ އަހުމަދު ސިމާއު، މުޙައްމަދު އަލީ (ޑެންޒޯ) އަދި އަހުމަދު މުހައްމަދު (ކޯކޭ) އަކީ ފާހަގަކޮށްލެވޭ ދިވެހި ކުޅުންތެރިންނެވެ. ވެމްކޯ ޓީމުގައި ހިމެނޭ ބިދޭސީ ކުޅުންތެރިންނަކީ އެޓޭކަރ އަމިތު ސިންގ، ސެޓަރ ރަންޖީތު ސިންގް އަދި ބްލޮކަރ އަޝްވަލް ރާއީއެވެ. މި ޓީމުގައި ހިމެނޭ ދިވެހި ކުޅުންތެރިންނަށް ބަލާއިރު، ޤައުމީ ޓީމުގެ މިހާރުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ)، އާދަމް ފައިރޫޒް އަދި އަޝްފާގު އާދަމް (އައްކަޅޭ) ހިމެނެއެވެ.

މުބާރާތް ކުރިއަށް ދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް، ތާވަލްގެ އެއް ވަނަ ލިބޭ ޓީމު ސީދާ ފައިނަލަށް ދާ ގޮތަށެެވެ. އަދި ތާވަލްގެ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމާ ދެމެދު ސެމީ ފައިނަލެއް ކުޅެވޭނެއެވެ. ފައިނަލްގެ ދެ ވަނަ ޖާގަ ލިބޭނީ މި ސެމީން މޮޅުވާ ޓީމަކަށެވެ.

އެސޯސިއޭޝަން ކަޕްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު