Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޭނގި މީހުން ޕާޓީތަކަށް ވައްދާ މައްސަލަ

ވައްކަން ކޮށްގެން މީހުން ގެންދަނީ އަޅުގަނޑުމެންގެ ޕާޓީން: ރައީސް ޔާމީން

10 ޖޫން 2022 | ހުކުރު 11:09

އެގޮތަށް މިފަހަރު ކަންތައްތައް ވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ޖޫން 2022 | ހުކުރު 11:09
ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން

އާންމުންނަށް ނޭނގި ސައްހަ ނޫން ފޯމް ހުށަހަޅައިގެން އެންމެ ގިނަ މީހުން ޕާޓީ އަށް ވައްދާފައި ވަނީ ޕީޕީއެމަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސް ހިސާބުތަކުން ދައްކާފައިވާއިރު ވައްކަން ކޮށްގެން މީހުން ގެންދަނީ އެ ޕާޓީން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެގޮތަށް މިފަހަރު ކަންތައްތައް ވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާފައި އޮތުމާ ގުޅިގެން 2018 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް އީސީ އަށް ލިބިފައިވާ ޝަކުވާތަކުގެ ތަފާސް ހިސާބު އީސީން ވަނީ އާންމުކޮށްފައެވެ.

Advertisement - newsAdvertisement

އެ ހިސާބުތަކުން ދައްކާ ގޮތުގައި ޕީޕީއެމްގައި ނޭނގި ރަޖިސްޓްރީ ވެފަ އޮވެގެން 391 މީހުން ވަނީ އީސީ އަށް ޝަކުވާ ހުށައަޅާފައެވެ. އަދި އެމްޑީޕީގައި ނޭނގި ރަޖިސްޓްރީ ވެފަ އޮވެގެން 213 މީހުން ޝަކުވާ ހުށަހަޅާފައިވާ އިރު މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި ނަން އޮވެގެން 145 މީހުން ވަނީ ޝަކުވާކޮށްފައެވެ. ސައްހަ ނޫން ފޯމް ހުށަހަޅައިގެން އީސީ އަށް ޖުމުލަ 1،208 ޝަކުވާއެއް ވަނީ ހުށައަޅާފަ އެވެ. އެންމެ ގިނަ ޝަކުވާ ހުށައަޅާފަ ވަނީ 2019 ވަނަ އަހަރާއި މި އަހަރު ކަމަށް އެ ހިސާބުތަކުން ދައްކައެވެ.

ޕާޓީތަކަށް މީހުން ނޭނގި ވަައްދާ މައްސަލަ ހައްލު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ ޕާޓީތަކާ އަލަށް ގުޅޭ މެމްބަރުންގެ ނަންތައް އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމު ކުރުމަށެވެ. އަދި އިތުރަށް ކަށަވަރު ކުރުމަށް މިދިޔަ އޭޕްރިލް މަހުން ފެށިގެން ޕާޓީއާ ގުޅުނު ކަމުގެ މެސެޖު އެ މީހެއްގެ ފޯނަށް ފޮނުވަން ވެސް ވަނީ ފަށާފައެވެ.

މިހާރުގެ ސަރުކާރުން ތިބީ އިންޑިއާއަށް އަޅުވެތިވެފައިވާކަމަށް ދޭހަވާ މޭރުމަކުން ރައީސް ޔާމީން ވަނީ ވާހަކަ ދައްކަވާފައެވެ. އަދި މި ސަރުކާރަށް އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލުތައް ކިތަންމެ ކައިރިން ދިރާސާކުރިޔަސް، ރާއްޖޭގެ އިގްތިސާދު މިއަދު އޮތީ ނާޒުކު ހިސާބެއްގައި ކަމަށެވެ. މުޅި ދުނިޔެއަށް އަންނަ ކަންކަން ރާއްޖެއަށް ނައިސް ނުދާނެ ކަމަށާއި، ރާއްޖެއަށް ކުރާ އަސަރުވެސް ބޮޑުވާނެކަމަށް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތަކާ ގުޅޭގޮތުން ފަންނުވެރިން ދައްކާ ވާހަކަތައް ސަރުކާރުން ދޮގުކުރި ނަމަވެސް އެކަންކަން ދިވެހިން ގަބޫލެއް ނުކުރާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ލަންކާއަށް ދިމާވެފައިވާ ހާލަތު ރާއްޖެއަށް ދިމާވެދާނެ ކަމަށް ފަންނުވެރިން ވިދާޅުވާ ވިދާޅުވުން ދޮގުކުރެއްވުން އެއީ ކަމުދާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިގްތިސާދު ދަށްވެ، ބަނގުރޫޓުވެދާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ބުނުމަށް ރައްދުދެއްވައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ އަހަރު ނިމޭއިރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި ކަމަށާއި، ދައްކަންޖެހޭ ދަރަނިތައްވެސް ދެއްކޭނެ ކަމަށް ވިދާޅުވެފައެވެ. އަމީރު ވިދާޅުވެފަވަނީ ކުރިއާ އަޅާ ބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީގައި ކަމަށެވެ. އެގޮތަށް ދެމެހެއްޓުމަށް ބޭރު ފައިސާގެ އިން-ފްލޯ އަދި އައުޓް-ފްލޯ ގާތުން ބަލަމުން ގެންދަވާ ކަމަށާއި ދިމާވާ ގޮންޖެހުންތަކަށް ފިޔަވަޅު އަޅުމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ރިޒާވް ހުސްވެ ޑިފޯލްޓް ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ރައްޔިތުންނާއި ބޭރުގެ އިންވެސްޓަރުންނަށް ހަގީގަތް އޮޅޭގޮތަށް މިފަދަ ވާހަކަތައް ދެއްކުމުން ދުނިޔެ މިއޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް ލިބެން ނުޖެހޭ ގެއްލުމެއް ލިބިދާނެ ކަމަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް