Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވީއޭއެމް އެސޯސިއޭޝަން ކަޕް

ސީދާ ތިން ސެޓުން ޕޮލިސް ބަލިކޮށް ވެމްކޯ ޗެމްޕިއަންކަން ހޯދައިފި

މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 9 ޖޫން 2022 | ބުރާސްފަތި 19:02
އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަން ކްލަބް ވެމްކޯ

އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަން ކްލަބް ވެމްކޯ

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފައިނަލްގައި ސީދާ ތިން ސެޓުން ޕޮލިސް ކްލަބް ބަލިކޮށް ކްލަބް ވެމްކޯ މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެެރެ ކޯޓުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-20، 25-16 އަދި 25-12 އިންނެވެ. ކޮވިޑަށްފަހު މުބާރާތް އަލުން ފަށާފައިވާއިރު މި މުބާރާތް އެންމެ ފަހުން ބޭއްވީ 2019 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތުގައި ވެސް ފައިނަލުގައި ޕޮލިސް ކްލަބާ ވާދަކޮށް ކާމިޔާބުކުރީ ވެމްކޯއިންނެވެ.

މިފަހަރުގެ މުބާރާތުގައިވެސް މި ދެޓީމު ބައްދަލުކުރިއެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މި ދެޓީމު ބައްދަލުކުރި މެޗު ވެމްކޯއިން ކާމިޔާބު ކުރީ 3-2 ސެޓުންނެވެ. ޕޮލިސް ކްލަބުން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ތިންވަނަ ސެމީއިން މޮޅުވެގެންނެވެ.

ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުޅުނު މި މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދުއެވެ.

ވެމްކޯއިން މުބާރާތް ކާމިޔާބުކުރިއިރު، މުބާރާތުގެ ޑްރީމް ޓީމުގައި އެޓީމުގެ ހަތަރު ކުޅުންތެރިން ހިމެނުނެވެ. ޑްރީމް ޓީމުގައި ހިމެނުނީ ވެމްކޯގެ އާމިނަތު އަރީޝާ، ހައްވާ ނާޒިމާ، ފާތިމަތު ޖޫޒާންގެ އިތުރުން ޓީމުގެ ލިބަރޯ ސިލްމާ ޒަރީރުއެވެ. ޑްރީމް ޓީމުގައި ދެން ހިމެނުނީ ޕޮލިސް ކްލަބުގެ ހައްވާ ރާޝިދާ އަދި އާމިނަތު ޝަހާ ޝާމިންގެ އިތުރުން މަރިޔަމް އަޒުމާއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ އާއިޝަތު މާޖިދާއެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ ނަރީމާ އިދްރީސްއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ބޭރު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ސިދީސާތުއެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ ޗެމްޕިއަން ވެމްކޯގެ އާއިޝަތު ނާޒިމާއަށެވެ.

ޕޮލިސް ކުލަބްކުލަބް ވެމްކޯވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އެސޯސިއޭޝަން ކަޕް

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
19 ނޮވެމްބަރު 2024

އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަން ކާމިޔާބު ކުރީ ޕޮލިސް ކުލަބުން

19 ނޮވެމްބަރު 2024
އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަން ކާމިޔާބު ކުރީ ޕޮލިސް ކުލަބުން
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު