Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަންކީޕޮކްސް ދުނިޔޭގެ ހާލަތު

މަންކީޕޮކްސްގެ 1000ށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފި

އާންމުކޮށް ނުފެންނަ ގައުމުތަކުން ބަލި ފެނުމުގެ ފުރުސަތު އިތުރުވަމުން އައި ނަމަވެސް އަދި މިބަލި އޮތީ ކޮންޓްރޯލްކުރެވިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ޖޫން 2022 | ބުރާސްފަތި 01:55
މަންކީޕޮކްސްއަށް ޓެސްޓްކޮސްފައިވާ ޓިއުބްތަކެއް

މަންކީޕޮކްސްއަށް ޓެސްޓްކޮސްފައިވާ ޓިއުބްތަކެއް

އެފްރިކާ ސަރަހައްދުން ބޭރުން އެހެން ގައުމުތަކުން މަންކީޕޮކްސްގެ ކޭސްތައް ރިޕޯޓްކުރަން ފެށިފަހުން މިހާތަނަށް 1000ށް ވުރެ ގިނަ ކޭސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އަށް ރިޕޯޓްކޮށްފިއެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ މަންކީޕޮކްސް އާންމުކޮށް ނުފެންނަ ގައުމުތަކުން ފެނުމުގެ ފުރުސަތު އިތުރުވަމުން އަންނަކަމަށާއި ނަމަވެސް އަދި މިބަލި އޮތީ ކޮންޓްރޯލްކުރެވިފައި ކަމަށެވެ.

މެއި މަހުގެ ކުރީކޮޅު މިބަލި ރިޕޯޓްކުރަން ފެށިފަހުން މިހާތަނަށް 29 ގައުމަކުން ވަނީ މިބަލި ރިޕޯޓްކޮށްފައެވެ. އެއްވެސް ގައުމަކުން މިބަލީގައި މިހާތަނަށް މީހަކު މަރުވެގެން ރިޕޯޓްކޮށްފައިނުވެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓެޑްރޯސް އިތުރަށް ވިދާޅުވީ މިއަހަރުގެ މިހާތަނަށް އެފްރިކާގެ ގައުމުތަކުން މަންކީޕޮކްސްއަށް ޝައްކުކުރެވޭ 1400 ކޭސް ފެނިފައިވާކަމަށާއި 66 މީހުން މިބަލީގައި މަރުވެފައިވާކަމަށެވެ.

ނަމަވެސް މަންކީޕޮކްސްއަށް މިހާރު ބޮޑު ސަމާލުކަމެއް ލިބިފައިވަނީ މުއްސަނދި ގައުމުތަކުން މިބަލި ފެންނަން ފެށުމުންކަމަށާއި އެކަމާއި ކަންބޮޑުވެވަޑައިގަންނަވާކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް އިތުރަށް ވިދާޅުވީ ބައެއް ގައުމުތަކުގައި ކޭސްތައް ފެންނަ ގޮތުން މިބަލި މިހާރު ކޮމިޔުނިޓީ ޓްރާންސްމިޝަނަކަށް ބަދަލުވެފައިވާކަމަށެވެ. އެހެންކަމުން މަންކީޕޮކްސް ޖެހިފައިވާ މީހުން ގޭގައި އެކަހެރިވުމަށް ޑަބްލިޔުއެޗްއޯއިން ލަފާދޭކަމަށް ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯގެ ޓެކްނިކަލް ޓީމުން ބުނާގޮތުގައި މިބަލި މައިގަނޑު ގޮތެއްގައި އަރަނީ ބަލިޖެހިފައިވާ މީހަކާއި ކޮންޓެކްޓް ވެގެންނެވެ. މީގެއިތުރުން މިބައްޔަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ސިއްހީ މަސައްކަތްތެރިން މާސްކު އަޅަންޖެހޭނެކަމަށް ޓެކްނިކަލް ޓީމުން ބުނެއެވެ.

ޑަބްލިޔުއެޗްއޯއިން ބުނާގޮތުގައި މިހާތަނަށް ފެނިފައިވާ ކޭސްތަކަށް ބަލާއިރު ގިނައިން މިބަލި ފެނިފައިވަނީ ފިރިހެނުންގެ މެދުގައެވެ. އޭގެތެރެއިންވެސް އެއް ޖިއްސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައެވެ. ނަމަވެސް އަންހެނުންގެ ތެރެއިންވެސް މިބަލި ފެނިފައިވާކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

އދ އިން އަންނަނީ އެކި ޖަމިއްޔާތަކާއި ގުޅިގެން މިބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.

މަންކީ ޕޮކްސްޑަބްލިޔުއެޗްއޯ

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
18 ސެޕްޓެމްބަރު 2025

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި
11 ސެޕްޓެމްބަރު 2025

އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

11 ސެޕްޓެމްބަރު 2025
އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި
05 ސެޕްޓެމްބަރު 2025

މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

05 ސެޕްޓެމްބަރު 2025
މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި
08 ޖުލައި 2025

ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ

08 ޖުލައި 2025
ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ
07 ޖޫން 2025

ކާބޯތަކެތީގެ ރައްކާތެރި ކަމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވެއްޖެ

07 ޖޫން 2025
ކާބޯތަކެތީގެ ރައްކާތެރި ކަމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވެއްޖެ
22 ނޮވެމްބަރު 2024

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024
ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
21 އޮކްޓޯބަރު 2024

މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި

21 އޮކްޓޯބަރު 2024
މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި
27 އޯގަސްޓު 2024

އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން އާންމުކޮށް ފެންނަ އެމްޕޮކްސް އެންމެ ބޮޑަށް ފެތުރެމުންދާ ސަރަޙައްދުތަކަކީ ކޮބާ؟

27 އޯގަސްޓު 2024
އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން އާންމުކޮށް ފެންނަ އެމްޕޮކްސް އެންމެ ބޮޑަށް ފެތުރެމުންދާ ސަރަޙައްދުތަކަކީ ކޮބާ؟
06 އެޕްރީލު 2024

"ދިރިހުއްޓަސް ދިރުމެއް ނެތް، ފުރާނަ ހުއްޓަސް ރޫޙެއް ނެތް"

06 އެޕްރީލު 2024
"ދިރިހުއްޓަސް ދިރުމެއް ނެތް، ފުރާނަ ހުއްޓަސް ރޫޙެއް ނެތް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު