Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެސޯސިއޭޝަން ކަޕް 2022

ކުޅުންތެރިންނާމެދު 100 ޕަސެންޓު އިތުބާރު އެބައޮތް: ނާޒިމާ

ކުޅުންތެރިން ތިބީ ރަނގަޅު ފޯމެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖޫން 2022 | ބުދަ 10:13
ނާޒިމާ ރާއްޖެ އެމްވީއަށް ދިން އިންޓަވިޔުގެ ތެރެއިން

ނާޒިމާ ރާއްޖެ އެމްވީއަށް ދިން އިންޓަވިޔުގެ ތެރެއިން

އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗަށް ނުކުންނައިރު، ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށް ކްލަބް ވެމްކޯގެ ކޯޗު އާއިޝަތު ނާޒިމާ ބުނެފިއެވެ.

ނާޒިމާ މިހެން ބުނީ ފައިނަލްގެ ކުރިން "ރާއްޖެ އެމްވީ"އަށް ދިން އިންޓަވިޔުއެއްގައެވެ. ނާޒިމާ ބުނީ ފައިނަލްގައި ނުކުންނަން ޖެހެނީ ވަރުގަދަ ޓީމަކާ ދެކޮޅަށްކަމަށެވެ. ޕޮލިސް ކުލަބުގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިން ތިބިކަމަށާއި، އެ ޓީމުގެ ކޯޗަކީވެސް ވަރަށް ތަޖުރިބާ ހުރި މީހެއްކަމަށް ނާޒިމާ ބުންޏެވެ. އަދި ފައިނަލަށް ނުކުންނާނީ އެކަން އެނގިގެންކަމަށެވެ. އަދި ކުޅުންތެރިން ތިބީ ރަނގަޅު ފޯމެއްގައި ކަމަށާއި، ރަނގަޅު ފައިޓެއް ދީ މެޗު ކާމިޔާބުކުރެވޭނެކަމަށެވެ.

މީގެ އިތުރުން ނާޒިމާ ބުނީ މުބާރާތުގެ މިހާ ހިސާބަށް ޓީމު އައީ މެޗުތައް ފަސޭހަ ނުކޮށްކަމަށެވެ. އަދި މުބާރާތުގެ ގްރޫޕް ސެޓޭޖުގައި ޓަފް މެޗެއް ނުލިބި، ސެމީއަށް އައިސް ޓަފް މެޗެއް ކުޅެން ޖެހުނު ކަން ފާހަގަކުރިއެވެ. އެގޮތަށް ޓަފް މެޗެއް ކުޅެން ޖެހުމުން ކުޅުންތެރިން އެމީހުންގެ ނެތް ހިތްވަރެއް ނެރެގެން ކުޅުނުކަން ނާޒިމާ ފާހަގަކުރިއެވެ. ނާޒިމާ ފާހަގަކުރިގޮތުގައި ސެމީގެ ފަހު ސެޓު ރަނގަޅު ނަތީޖާއަކާއެކު ނިންމާލެވުނީ ކުޅުންތެރިން އެ މީހުންނަށް ހެދުނު ގޯސްތައް ރަނގަޅުކުރުމުންނެވެ. އެމެޗުގައި ޕްރެޝަރއެއް ލިބި، އެ ޕްރެޝަރު ހޭންޑަލްކުރަން އެނގުމަކީ ލިބުނު ހިތްވަރެއްކަމަށް ނާޒިމާ ބުންޏެވެ.

ނާޒިމާ ބުނީ އިދިކޮޅުގައި އޮތީ ބަލި ޓީމެއް ނޫންކަމަށެވެ އެހެން ނަމަވެސް ފައިނަލަށް ނުކުންނާނީ މެޗުން މޮޅުވެ ޗެމްޕިއަންކަން ހޯދަން ކަމަށެވެ. އަދި އަޒުމަކީ ތަށި ވެމްކޯ އަތުގައި ބެހެއްޓުންކަމަށާއި، އިރާދަކުރެއްވިއްޔާ އެކަން ކުރާނެކަމަށް ނާޒިމާ ބުންޏެވެ.

ވެމްކޯއާއި ޕޮލިސް ބައްދަލުރާ އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭގައެވެ.

ކުލަބް ވެމްކޯއެސޯސިއޭޝަން ކަޕް

އިތުރަށް ކިޔާލަން

27 ޑިސެމްބަރު 2023

ހުނަރު އޮތީ އަތޮޅު ތެރޭގައި، ސިޓީގެ ކާމިޔާބުން ފެނުނީ އެކަން!

27 ޑިސެމްބަރު 2023
ހުނަރު އޮތީ އަތޮޅު ތެރޭގައި، ސިޓީގެ ކާމިޔާބުން ފެނުނީ އެކަން!
27 ޑިސެމްބަރު 2023

ބަލިވީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުން: ނިޒާރު

27 ޑިސެމްބަރު 2023
ބަލިވީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުން: ނިޒާރު
27 ޑިސެމްބަރު 2023

ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް

27 ޑިސެމްބަރު 2023
ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް
26 ޑިސެމްބަރު 2023

ފައްލޯ ފާހަގަ ކުރި ގޮތުގައި ޕޮލިހަށް، ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވުނީ!

26 ޑިސެމްބަރު 2023
ފައްލޯ ފާހަގަ ކުރި ގޮތުގައި ޕޮލިހަށް، ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވުނީ!
26 ޑިސެމްބަރު 2023

ނިޒާރު އޮތީ ވެމްކޯ ޓީމު ވަރަށް ބޮޑަށް ތައްޔާރު ކޮށްފައި: ހާލީ

26 ޑިސެމްބަރު 2023
ނިޒާރު އޮތީ ވެމްކޯ ޓީމު ވަރަށް ބޮޑަށް ތައްޔާރު ކޮށްފައި: ހާލީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު