Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސިޓީ ސްޕޯޓްސް ކުލަބު

ހުނަރު އޮތީ އަތޮޅު ތެރޭގައި، ސިޓީގެ ކާމިޔާބުން ފެނުނީ އެކަން!

ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، އެކުގައި ކުރިއަށްދާނަަމަ ކޮންމެ ކަމެއްވެސް ކާމިޔާބުވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2023 | ބުދަ 07:31
ޗެމްޕިއަން، ސިޓީ ޓީމަށް ތަށި ހަވާލުކުރުން

ޗެމްޕިއަން، ސިޓީ ޓީމަށް ތަށި ހަވާލުކުރުން

ވޮލީބޯޅައިގެ ހުނަރު އޮތީ އަތޮޅު ތެރޭގައި ކަމަށާއި، ސްޕޯޓްސް ކުލަބު ސިޓީގެ ކާމިޔާބީން ފެނުނީ އެ މަންޒަރު ކަމަށް، އެ ޓީމުގެ އެސިސްޓެންޓް ކޯޗު އިބްރާހީމް މޫސާ ބުނެފިއެވެ.

އޭނާ މިހެން ބުނީ، މިއަހަރުގެ ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފައިނަލްގައި ކުލަބު ވެމްކޯ ބަލި ކުރުމަށްފަހު، ސިޓީން ތަށި އުފުލާލި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އަލަށް ވާދަކުރި ސިޓީން ތަށި އުފުލާލީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. މުޅި މެޗުގައިވެސް ސިޓީގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ އާދަޔާ ޚިލާފު މޮޅު ކުޅުމެކެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މޫސާ ބުނީ، ފައިނަލް މެޗުން ސިޓީ މޮޅުވުމުގެ އެންމެ ބޮޑު އެއް ޝުކުރެއް އަދާކުރަން ބޭނުންވަނީ ތ. ހިރިލަންދޫ ރައްޔިތުންނަށް ކަމަށެވެ. އޭނާ ބުނީ، ސިޓީގެ ކޯޗު މުހައްމަދު ޝަރަފާއެކު، ހިރިލަންދޫގައި ތިބި ކުޅުންތެރިންނާއި، އެ ޓީމުގައި ތިބި އެހެން ކުޅުންތެރިންނާއެކު އެ ކާމިޔާބާ ހަމައަށް އާދެވުނީ ވަރަށް މަސައްކަތުން ކަމަށެވެ. ހަމައެހެންމެ، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، އެކުގައި ކުރިއަށްހިނގައްޖެނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ ކަމުގެ މިސާލެއް ފެނުނު ކަމަށް އޭނާ ވަނީ ބުނެފައެވެ. މުބާރާތުގައި ކުޅުނު އެއް މެޗުން ބަލިވި ނަމަވެސް، ފައިނަލްގައި ތަފާތު ރޫހެއް ދައްކައި، މޮޅުވުމަކީ ބޮޑު ކާމިޔާބެއް ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.

މީގެ އިތުރުން އޭނާ ބުނީ، ވޮލީ ކުރިއަރުވަން ބޭނުންވާނަމަ ރާއްޖެ ތެރޭގައި ގިނަ މުބާރާތްތައް ބާއްވައި، ރާއްޖެ ތެރޭގެ ކުޅުންތެރިންނަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ. ޚާއްސަކޮށް ރާއްޖެ ތެރެއަށް ވޮލީ ފުޅާކުރަން ޖެހޭކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ބުނީ، ސިޓީގައި ހިރިލަންދޫއަށް ނިސްބަތްވާއަށް ކުޅުންތެރިން ތިބިކަމަށެވެ. ފުރަތަމަ ހައެއްގައިވެސް ހިރިލަންދޫގެ ހުނަރުވެެރި، މޮޅު ކުޅުންތެރިން ހިމެނޭ ކަމަށް އޭނާ ބުންޏެވެ. އެ ކުޅުންތެރިންނާއެކު، މަދު ދުވަސްކޮޅެއްގެ ފަރިތަކުރުމަށްފަހު، މުބާރާތުގެ ތަށި ކާމިޔާބު ކުރެވުމުން ބޮޑު ހިތްހަމަ ޖެހުމެއް އޮތްކަމަށް އޭނާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ވަނީ، ސިޓީގެ މެނޭޖުމަންޓުގެ ފަރާތުން ލިބެމުން އައި އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. ޚާއްސަކޮށް އެ ޓީމުގެ ކޯޗު ޝަރަފާއެކު، ޓީމު ބިނާ ކުރަމުން އައީ އެމީހުން އަމިއްލައަށް ބޭނުންވި ގޮތުގެ މައްޗަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެސޯސިއޭޝަން ކަޕްސިޓީ ސްޕޯޓްސް ކުލަބް

ކޮމެންޓް

އިތުރަށް ކިޔާލަން

ބަލިވީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުން: ނިޒާރު

ބަލިވީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުން: ނިޒާރު

27 ޑިސެމްބަރު 2023
ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް

ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް

27 ޑިސެމްބަރު 2023
ފައްލޯ ފާހަގަ ކުރި ގޮތުގައި ޕޮލިހަށް، ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވުނީ!

ފައްލޯ ފާހަގަ ކުރި ގޮތުގައި ޕޮލިހަށް، ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވުނީ!

26 ޑިސެމްބަރު 2023
ނިޒާރު އޮތީ ވެމްކޯ ޓީމު ވަރަށް ބޮޑަށް ތައްޔާރު ކޮށްފައި: ހާލީ

ނިޒާރު އޮތީ ވެމްކޯ ޓީމު ވަރަށް ބޮޑަށް ތައްޔާރު ކޮށްފައި: ހާލީ

26 ޑިސެމްބަރު 2023
ޤައުމީ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ސިޓީއަށް

ޤައުމީ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ސިޓީއަށް

05 ޖުލައި 2022

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު