Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ވޮލީބޯޅަ ލީގު

ފަހަތުން އަރައި ވެމްކޯ ބަލިކޮށް ސިފައިން ލީގު ފެށީ މޮޅަކުން

ސިފައިން މޮޅުވީ ވެމްކޯއިން ފުރަތަމަ ސެޓު ކާމިޔާބުކޮށްފައި ވަނިކޮށް، ފަހަތުން އަރައި ތިން ސެޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ޖޫން 2022 | އާދީއްތަ 14:38
ޤައުމީ ވޮލީ ލީގުގެ ތެރެއިން

ޤައުމީ ވޮލީ ލީގުގެ ތެރެއިން

ގައުމީ ވޮލީ ލީގުގައި ފަހަތުން އަރައި ކުލަބް ވެމްކޯ ބަލިކޮށް ދިވެހި ސިފައިންގެ ކުލަބުން މޮޅަކާއެކު ލީގު ފަށައިފިއެވެ.

މި ދެ ޓީމު އެސޯސިއޭޝަން ކަޕްގައި ދެ ފަހަރަކު ވާދަކުރިއެވެ. ލީގު ބުރުގައި ވާދަ ކުރި މެޗު ސީދާ ތިން ސެޓުން ސިފައިން ކާމިޔާބުކުރި ނަމަވެސް، ޕްލޭ އޮފްގައި ވެމްކޯއިން ވަނީ ސީދާ ތިން ސެޓުން ސިފައިންގެ މައްޗަށް ކުރި ހޯދާފައެވެ.

އާދިއްތަ ދުވަހުގެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ ވެމްކޯއިންނެވެ. ވާދަވެރިކޮށް ދިޔަ މި ސެޓު ވެމްކޯ އިން ކާމިޔާބުކުރީ ސިފައިންނަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި 25-18 ންނެވެ. ސެޓުގައި ވެމްކޯގެ އަޝްވަލް ރާއީ އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ބާރު ހަމަލާތަކެއް ފެނުނެވެ. ސިފައިންގެ ޓީމުން ވަނީ ދެ ވަނަ ސެޓުގައި އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ސެޓު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ބިދޭސީ އެޓޭކަރު މަނޫ ޖޯސެފްގެ ހަމަލާތަކުން ސިފައިން ސެޓު ނިންމާލީ ލީޑުގައި އޮވެއެވެ. މި ސެޓު ސިފައިން ކާމިޔާބުކުރީ 25-19 ންނެވެ.

ސިފައިންގެ ޓީމުން ވަނީ އެ ރޫހުގައި ނިކުމެ ޖެހިގެން އައި ދެ ސެޓު ވެސް ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. މެޗުގެ ތިން ވަނަ ސެޓު ސިފައިންގެ ޓީމުން ކާމިޔާބުކުރީ 25-23 ންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް މި ސެޓުގައި ފެނުނެވެ. އަދި ހަތަރު ވަނަ ސެޓު ސިފައިންގެ ޓީމުން ކާމިޔާބުކުރީ 25-19 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ޓީމުގެ މަނޫ ޖޯސެފްއެވެ.

މުބާރާތުގައި މިރޭ ސްޕޯޓްސް ކުލަބް ސިޓީ ނިކުންނާނީ ޕޮލިސް ކުލަބާ ދެކޮޅަށެވެ.

ޤައުމީ ވޮލީ ލީގުދިވެހި ސިފައިންގެ ކުލަބްކުލަބް ވެމްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަން ކާމިޔާބު ކުރީ ޕޮލިސް ކުލަބުން

އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަން ކާމިޔާބު ކުރީ ޕޮލިސް ކުލަބުން

19 ނޮވެމްބަރު 2024
ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި

ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި

10 ޖެނުއަރީ 2024
ބަލިވީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުން: ނިޒާރު

ބަލިވީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުން: ނިޒާރު

27 ޑިސެމްބަރު 2023
ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް

ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް

27 ޑިސެމްބަރު 2023
ނިޒާރު އޮތީ ވެމްކޯ ޓީމު ވަރަށް ބޮޑަށް ތައްޔާރު ކޮށްފައި: ހާލީ

ނިޒާރު އޮތީ ވެމްކޯ ޓީމު ވަރަށް ބޮޑަށް ތައްޔާރު ކޮށްފައި: ހާލީ

26 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު