Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޮލިސް ކުލަބު

ފައްލޯ ފާހަގަ ކުރި ގޮތުގައި ޕޮލިހަށް، ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވުނީ!

ޕޮލިސް ޓީމުގައި ޒުވާން އައު ކުޅުންތެރިން ތިބިކަން ފާހަގަކޮށް ފައްލޯ ބުނީ، އެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޑިސެމްބަރު 2023 | އަންގާރަ 06:17
ޕޮލިސް ކުލަބުގެ ކޯޗު ފަތުހުﷲ ވަޙީދު (ފައްލޯ)

ޕޮލިސް ކުލަބުގެ ކޯޗު ފަތުހުﷲ ވަޙީދު (ފައްލޯ)

އެސޯސިއޭޝަން ކަޕްގެ ފައިނަލްގައި ކުލަބު ވެމްކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޮލިސް ކުލަބަށް ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވުނު ކަމަށް އެ ޓީމުގެ ކޯޗު ފަތުޙުﷲ ވަޙީދު (ފައްލޯ) ބުނެފި އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ފައްލޯ ބުނީ، މެޗުގައި ކުރަން ޖެހޭ ކުދި ކުދި ބައެއް ކަންކަން ނުކުރެވުނީ ކަމަށެވެ. އަދި އެކަހަލަ ފައިނަލް މެޗެއްގައި އެގޮތަށް ދިމާވެދާނެ ކަމުގަައި ވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް، ފައްލޯ ދެކޭ ގޮތުގައި ފައިނަލް މެޗުގައި ކުޅުނު ގޭމަށްވުރެ ރަނގަޅު ގޭމެއް ޕޮލިހަށް ކުޅެވޭނެ އެވެ. ޕޮލިސް ޓީމުގައި ޒުވާން އައު ކުޅުންތެރިން ތިބިކަން ފާހަގަކޮށް ފައްލޯ ބުނީ، އެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

މީގެ އިތުރުން ފައްލޯ ބުނީ ފައިނަލް މެޗުގެ ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާ ޕޮލިހަށް ނެރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އޭނާ ބުނީ މެޗުގައި ވެމްކޯގެ ކުޅުންތެރިންގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކަމަށެވެ. ސަބަބަކީ އެ ކުޅުންތެރިންނަކީ ޤައުމީ އަންހެން ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިންނަށް ވެފައި، އެ ކުޅުންތެރިންގެ ތަޖުރިބާ ވެސް ރަނގަޅުވުން ކަމަށް ފައްލޯ ވަނީ ބުނެފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ފައްލޯ ބުނީ، ކުރިއަށް ހުރި މުބާރާތްތަކަށް ޕޮލިސް ކުލަބުގެ ތައްޔާރީތައް ރަނގަޅު ވާނެ ކަމަށެވެ. އެ މަސައްކަތާއެކު، ކުރިއަށް އޮތް މުބާރާތުގައި މިއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރުމަށް ގަދައަޅާ މަސައްކަތް ކުރާނެ ކަމުގައި ވެސް ފައްލޯ ވަނީ ބުނެފަ އެވެ.

އެސޯސިއޭޝަން ކަޕްޕޮލިސް ކުލަބްފަތުޙުﷲ ވަހީދު (ފައްލޯ)

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2024

އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަން ކާމިޔާބު ކުރީ ޕޮލިސް ކުލަބުން

19 ނޮވެމްބަރު 2024
އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަން ކާމިޔާބު ކުރީ ޕޮލިސް ކުލަބުން
27 ޑިސެމްބަރު 2023

ހުނަރު އޮތީ އަތޮޅު ތެރޭގައި، ސިޓީގެ ކާމިޔާބުން ފެނުނީ އެކަން!

27 ޑިސެމްބަރު 2023
ހުނަރު އޮތީ އަތޮޅު ތެރޭގައި، ސިޓީގެ ކާމިޔާބުން ފެނުނީ އެކަން!
27 ޑިސެމްބަރު 2023

ބަލިވީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުން: ނިޒާރު

27 ޑިސެމްބަރު 2023
ބަލިވީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުން: ނިޒާރު
27 ޑިސެމްބަރު 2023

ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް

27 ޑިސެމްބަރު 2023
ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް
26 ޑިސެމްބަރު 2023

ނިޒާރު އޮތީ ވެމްކޯ ޓީމު ވަރަށް ބޮޑަށް ތައްޔާރު ކޮށްފައި: ހާލީ

26 ޑިސެމްބަރު 2023
ނިޒާރު އޮތީ ވެމްކޯ ޓީމު ވަރަށް ބޮޑަށް ތައްޔާރު ކޮށްފައި: ހާލީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު