Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެސޯސިއޭޝަން ކަޕް 2022

މެޗުގައި ވަރުބަލިކަން ފެނުނު، މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުގެ ނަތީޖާ: ނަދީމް ކޯޗު

އަމާޒަކީ އަބަދުވެސް ފުރަތަމަ އޮންނަ މެޗު ކާމިޔާބުކުރުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖޫން 2022 | ބުދަ 05:20
މެޗަށްފަހު ޕޮލިސްގެ ކޯޗު ނަދީމް ރާއްޖެ އެމްވީއާ ވާހަކަދައްކަނީ

މެޗަށްފަހު ޕޮލިސްގެ ކޯޗު ނަދީމް ރާއްޖެ އެމްވީއާ ވާހަކަދައްކަނީ

އެސޯސިއޭޝަން ކަޕްގެ ތިން ވަނަ ސެމީގައި ރޭ ކުޅުނު މެޗުގައި ކުޅުންތެރިންގެ ފަރާތުން ވަރިބަލިކަން ފެނުނުކަމަށާއި، ނަމަވެސް މެޗުން މޮޅުވެ ފައިނަލަށް ދެވުނީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށް ޕޮލިސް ކުލަބުގެ ކޯޗު މުޙައްމަދު ނަދީމް (ނަދީމް ކޯޗު) ބުނެފިއެވެ.

ނަދީމް ކޯޗު މިހެން ބުނީ މުބާރާތުގެ ތިން ވަނަ ސެމީއަށްފަހު "ރާއްޖެ އެމްވީ"އާ ވާހަކަދައްކަމުންނެވެ. ޕޮލިހުން ވަނީ ތިން ވަނަ ސެމީގައި ކުލަބް އީގަލްސްގެ މައްޗަށް ކުރި ހޯދާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ޕޮލިސް ވަނީ ސެމީއަށް ދަތުރުކޮށްފައެވެ. ފުރަތަމަ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބް ވެމްކޯ އަތުން ބަލިވީ ތިން ސެޓު ދެ ސެޓުންނެވެ. އެއާއެކު ޕޮލިހަށް ޖެހުނީ ދެ ވަނަ ސެމީން މޮޅުވާ ޓީމާއެކު ތިން ވަނަ ސެމީ ކުޅޭށެވެ. އެއީ އީގަލްސްއެވެ.

ނަދީމް ކޯޗު ބުނީ ފުރަތަމަ ސެމީގައި ކުޅުނީ ޓަފް މެޗެއް ކަމަށެވެ. އަދި އެ މެޗަށްފަހު މާބޮޑު ރެސްޓެއް ނުލިބި ތިން ވަނަ ސެމީ ކުޅެން ޖެހުމުން ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނު ކަމަށެވެ.

މީގެ އިތުރުން ކޯޗު ބުނީ ވަރުބަލި ކަމުގެ ސަބަބުން ބޯޅަ ވެއްޓޭއިރު ވެސް ކުޅުންތެރިންނަށް ބަލަން ތިބެވުނީ ކަމަށެވެ. އެކަމުގެ ސަބަބުން ކުޅުންތެރިން ކުށްވެރި ނުކުރާނެކަމަށް ކޯޗު ބުންޏެވެ. އެހެން ނަމަވެސް ރިކަވަރީއަށް ވަގުތު ކޮޅެއް ލިބިއްޖެކަން ކޯޗު ފާހަގަ ކުރިއެވެ. ކޯޗު ބުނީ ފައިނަލްގެ ކުރިން ރިކަވަރީއާއެކު ކުޑަ ފަރިތަކުރުމެއް މިއަދު ކުރިއަށް ގެންދާނެކަމަށެވެ. އަދި ފައިނަލްގައި ވަރަށް ރަނގަޅަށް ކުޅެން ތައްޔާރުވާނެކަމަށް ވެސް ކޯޗު ބުންޏެވެ.

ނަދީމް ކޯޗު ބުނީ މުބާރާތަށް ތައްޔާރުވަން ފެށީންސުރެ، އަމާޒަކީ އަބަދުވެސް ފުރަތަމަ އޮންނަ މެޗު ކާމިޔާބުކުރުން ކަމަށެވެ. އަދި ފައިނަލާ ހަމައަށް ދެވުނީ އެގޮތަށް ޓާގެޓުތަކެއް ކަނޑައަޅައިގެން ކުރެވުނު މަސައްކަތުގެ ސަބަބުން ކަމަށް ކޯޗު ބުންޏެވެ. އަދި ކުޅުންތެރިން ޕްރެޝަރަށް ވަރަށް ބޮޑަށް ހޭނިފައި ތިބި ކަން ކޯޗު ވަނީ ފާހަގަކޮށްފައެވެ.

މުބާރާތުގައި ޕޮލިސް ކުޅުނު މެޗުތަކުގެ ތެރެއިން އެ ޓީމު ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ސެމީގައި ވެމްކޯއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މުބާރާތުގައި ފައިނަލްގައި ބުރާސްފަތި ދުވަހުގެ ރޭ ޕޮލިސް ނުކުންނާނީ ވެމްކޯއާ ދެކޮޅަށެވެ. ވެމްކޯ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އަދި ވެމްކޯއަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

އެސޯސިއޭޝަން ކަޕްޕޮލިސް ކުލަބް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2024

އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަން ކާމިޔާބު ކުރީ ޕޮލިސް ކުލަބުން

19 ނޮވެމްބަރު 2024
އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަން ކާމިޔާބު ކުރީ ޕޮލިސް ކުލަބުން
27 ޑިސެމްބަރު 2023

ހުނަރު އޮތީ އަތޮޅު ތެރޭގައި، ސިޓީގެ ކާމިޔާބުން ފެނުނީ އެކަން!

27 ޑިސެމްބަރު 2023
ހުނަރު އޮތީ އަތޮޅު ތެރޭގައި، ސިޓީގެ ކާމިޔާބުން ފެނުނީ އެކަން!
27 ޑިސެމްބަރު 2023

ބަލިވީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުން: ނިޒާރު

27 ޑިސެމްބަރު 2023
ބަލިވީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުން: ނިޒާރު
27 ޑިސެމްބަރު 2023

ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް

27 ޑިސެމްބަރު 2023
ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް
26 ޑިސެމްބަރު 2023

ފައްލޯ ފާހަގަ ކުރި ގޮތުގައި ޕޮލިހަށް، ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވުނީ!

26 ޑިސެމްބަރު 2023
ފައްލޯ ފާހަގަ ކުރި ގޮތުގައި ޕޮލިހަށް، ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވުނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު