Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަންކީޕޮކްސް

ބޭނުންކޮށްފައި އުކާލާ ސިއްޙީ އަލާތްތަކުން ޖަނަވާރުންނަށް މަންކީޕޮކްސް ޖެހޭކަމުގެ ކަންބޮޑުވުން

މަންކީޕޮކްސްގެ އިތުރުން ބަލި ފަތުރާ އެހެނިހެން ވައިރަސްތައް ޖަނަވާރުންގެ ތެރޭގައި މި ބަލި ފެތުރިދާނެކަމަށް ބެލެވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ޖޫން 2022 | ހުކުރު 09:50
މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ އަތް

މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ އަތް

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން އަންނަ މަންކީޕޮކްސްއަށް ފަރުވާ ދިނުމަށް ބޭނުންކުރާ ސިއްހީ އާލާތްތައް އުކާލާ ގޮތަކުން، ޖަނަވާރުންގެ ތެރޭގައި ބަލި ފެތުރެމުންދާ ކަމުގެ ކަންބޮޑުވުން ސިއްހީ މާހިރުން ފާޅުކޮށްފިއެވެ.

ރޮއިޓަރސްގައި ބުނެފައިވަނީ ސިއްހީ މާހިރުންގެ މެދުގައި ކަންބޮޑުވުމެއް އެބަ އޮތް ކަމަށާއި، އެ ކަންބޮޑުވުމަކީ މަންކީޕޮކްސްގެ އިތުރުން ބަލި ފަތުރާ އެހެނިހެން ވައިރަސްތައް ޖަނަވާރުންގެ ތެރޭގައި ފެތުރެމުންދާ ކަމަށެވެ. ބަލިތައް ފެތުރެމުންދާ ގޮތަށް ބަލާއިރު، ޖަނަވާރުންގެ ތެރޭގައި ބަލި ފެތުރެނީ ބަލިތަކަށް ފަރުވާ ހޯދުމަށް އިންސާނުން ބޭނުންކުރާ ސިއްހީ އާލާތްތަކާއި ސާމާނު އުކާލާ ގޮތުގެ ސަބަބުން ކަމަށެވެ.

ޖަނަވާރުންގެ ސިއްހަތާއި ބެހޭ ދުނިޔޭގެ ޖަމިއްޔާގެ ރައީސް ވިދާޅުވެފައިވަނީ އެފްރިކާގެ ބޭރުން އެހެން ގައުމުތަކުން ފެންނަ ކޭސްތައް އިތުރުވަމުން އަންނަނީ އުކާލެވޭ ސިއްހީ އަލާތްތަކުގެ ސަބަބުން ޖަނަވާރުންގެ ތެރޭގައި ބަލި ފެތުރޭތީކަމަށް ބެލެވޭ ކަމަށެވެ.

ބަލި ފެތުރެމުން އަންނަ ގޮތް ދެނެގަނެވިފައި ނުވާ އިރު، ސައިންސްވެރިންގެ މެދުގައި މިކަމުގެ ކަންބޮޑުވުމެއް އެބައޮތެވެ. ވަކިން ހާއްސަކޮށް ޔޫރަޕްގެ ގައުމުތަކުގައި ބަލި ފެތުރެމުންދާ ގޮތުން ސައިންސްވެރިންގެ ޖަވާބެއް ނެތް އިރު އެ ހިސާބުގައި ބަލި ފެތުރެނީ މި ބަލި އާންމުކޮށް އުޅޭ އެފްރިކާއަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ މެދުގައި ބަލި ފެތުރެމުންދާތީ ވެސް ސައިންސްވެރިން މެދުގައި ކަންބޮޑުވުން އެބައޮތް ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އަނެއް ސަބަބަކީ ބަލި ފެތުރެމުންދާ ގައުމުތަކަކީ މީގެ ކުރިން މަންކީޕޮކްސް ފެނފައިވާ ގައުމުތައް ކަމުގައި ނުވާތީއެވެ.

މިހާތަނަށް އައި އިރު 30 ގައުމަކުން 650 ކޭސް ރިޕޯޓްކޮށްފައިވާ އިރު، މި ބަލި ޖަނަވާރުންގެ ތެރޭގައި ހަލުވިކަމާއެކު ފެތުރިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. އަދި މިއާއެކު ބަލި ކުރިން ފެނިފައި ނުވާ ގައުމުތަކުގައި ބަލީގެ ބާރުގަދަވުން އެކަށީގެންވެއެވެ.

ބަލީގެ އަލާމާތްތައް ނުފެނި ބަލި ޖެހޭ މީހުންގެ ފުށުން މަންކީޕޮކްސް ފެތުރޭކަން އަދި ދެނެގަނެވިފައިނުވާކަމަށް ޑަބްލިޔުއެޗްއޯގެ އޮފިޝަލުން ވަނީ ބުނެފައެވެ. މަންކީޕޮކްސްއާ ގުޅިގެން ޑަބްލިޔުއެޗްއޯގެ ހެލްތު އެމަރޖެންސީ ޕްރޮގްރާމްގެ ޓެކްނިކަލް ހެޑް ރޮސަމުންޑް ލުވިސް ވިދާޅުވީ އަލާމާތްތައް ނުފެނި ބަލި ފެތުރޭކަމާމެދު މިހާތަނަށް އެއްވެސް އެއްޗެއް އަދި ބުނަން ނޭންގޭކަމަށެވެ. ނަމަވެސް މާޒީގައި ފެނިފައިވާ ކޭސްތަކަށް ބަލާއިރު މަންކީޕޮކްސް ފެތުރިފައިވާ މައިގަނޑު ގޮތަކީ އެއީ ނޫންކަމަށާއި ނަމަވެސް އެކަން ބަލަމުންދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

ޑަބްލިޔުއެޗްއޯއިން އަންނަނީ މިހާރު ފެންނަމުންދާ ކޭސްތަކާއެކު މިއީ ބައިނަލްއަގްވާމީ ލެވެލެއްގެ ޕަބްލިކް ހެލްތު އެމަރޖެންސީއެއްތޯ ކަނޑައެޅުމާމެދު މަޝްވަރާކުރަމުންނެވެ. މިހާތަނަށް ބައިނަލްއަގްވާމީ ފެންވަރުގެ ޕަބްލިކް ހެލްތު އެމަރޖެންސީއެއްކަމަށް ކަނޑައަޅާފައިވަނީ ކޮވިޑް-19 އާއި އެބޯލާ އެވެ.

މަންކީޕޮކްސް ޕެންޑަމިކަކަށް ބަދަލުވެގެން ހިނގައިދާނެތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން މަންކީޕޮކްސްއާ ގުޅިގެން ޑަބްލިޔުއެޗްއޯގެ ހެލްތު އެމަރޖެންސީ ޕްރޮގްރާމްގެ ޓެކްނިކަލް ހެޑް ރޮސަމުންޑް ލުވިސް ވިދާޅުވީ އެކަމާމެދު އަދި ވަކި އެއްޗެއް ބުނަން ނޭންގޭކަމަށާއި ނަމަވެސް ޕެންޑަމިކަކަށް ބަދަލުވެދާނެކަަމަށް ގަބޫލުނުކުރެވޭކަމަށެވެ. މިހާރުގެ ކަންބޮޑުވުމަކީ ޕެންޑަމިކަކަށް ބަދަލުވެދާނެތޯ ނޫންކަމަށް ރޮސަމުންޑް ވިދާޅުވިއެވެ.

ބަލިޖެހޭ މީހުންގެ ތެރެއިން މަރުވަނީ ވަރަށް މަދު އަދަދެއްގެ ބަޔެކެވެ. މިހާތަނަށް ޔޫރަޕުން ފެނިފައިވާ ކޭސްތަކަށް ބަލާއިރު ދަތުރުފަތުރުކުރުމަކާ ނުލާ ފެނިފައިވާ ގިނަ ކޭސްތަކެއް ވަނީ ފެނިފައެވެ. އެހެންކަމުން ސައިންސްވެރިން އަންނަނީ އެކަން އިތުރަށް ދިރާސާކުރަމުންނެވެ.

މަންކީޕޮކްސްގެ ތާރީހަށް ބަލާއިރު، އެފްރިކާއިން މަންކީޕޮކްސްގެ އައުޓްބްރޭކް އެއް އައިސްފައިވަނި 1970 ގައެވެ. ނަމަވެސް 2017ން ފެށިގެން ނައިޖީރިއާއިން ކޭސްތައް ފެނި އައުޓްބްރޭކްއެއް ވަނީ އިއުލާންކޮށްފައެވެ.

މި ބަލި ފުރަތަމަ ފެނިފައިވަނީ 1958 ވަނަ އަހަރު ލެބޯޓަރީއެއްގައި ތަހުލީލުކުރަމުން ދިޔަ މަކުނުތަކެއްގެ ފަރާތުންނެވެ. އަދި އެފަހުން ތަފާތު އެކި ޖަނަވާރުންގެ ފަރާތުން މި ބަލި ވަނީ ފެނިފައެވެ. އޭގެތެރޭގައި މުގޮށި މީދަލާއި، މީދަލުގެ ފަރާތުން ބަލި ފެނި އެ ބަލި ފަތުރާކަމަށް ރިޕޯޓްކުރެވިފައިވެއެވެ. އަދި އިންސާނުންނަށް ވެސް މި ބަލި ޖެހެން ފެށީ އެ ބަލި ފަތުރާ ޖަނަވާރުންގެ ފަރާތުން ކަމަށް ވަނީ ދެނެގަނެވިފައެވެ.

މަންކީ ޕޮކްސްދުނިޔޭގެ ސިއްހަތު ޖަމިއްޔާ

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2025

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

24 ސެޕްޓެމްބަރު 2025
ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!
18 ޖުލައި 2025

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި
22 ނޮވެމްބަރު 2024

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024
ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
27 އޯގަސްޓު 2024

އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން އާންމުކޮށް ފެންނަ އެމްޕޮކްސް އެންމެ ބޮޑަށް ފެތުރެމުންދާ ސަރަޙައްދުތަކަކީ ކޮބާ؟

27 އޯގަސްޓު 2024
އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން އާންމުކޮށް ފެންނަ އެމްޕޮކްސް އެންމެ ބޮޑަށް ފެތުރެމުންދާ ސަރަޙައްދުތަކަކީ ކޮބާ؟
04 ނޮވެމްބަރު 2022

ސްރީލަންކާ އިން މަންކީޕޮކްސްގެ ފުރަތަމަ ކޭސް ފެނިއްޖެ

04 ނޮވެމްބަރު 2022
ސްރީލަންކާ އިން މަންކީޕޮކްސްގެ ފުރަތަމަ ކޭސް ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު