Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ކޮލެރާ ބަލި

ކޮލެރާ ވެކްސިން ދުނިޔޭގެ ސްޓޮކް ހުސްވެއްޖެ: ޑަބްލިޔުއެޗްއޯ

ސެޕްޓެމްބަރު 29 ގެ ނިޔަލަށް މިއަހަރު 439,724 ކޮލެރާ ކޭސްތައް ރެކޯޑް ކުރެވި 3,432 މީހުން ބަލީގައި މަރުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވާ ކަމަށް ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާއިން ވަނީ ބުނެފައި

ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2024 | ހޮނިހިރު 02:10
ބަންގްލަދޭޝްގައި ޒުވާން އަންހެނަކު ކޮލެރާ ބައްޔަށް ވެކްސިން ލިބިގަންނަނީ

ބަންގްލަދޭޝްގައި ޒުވާން އަންހެނަކު ކޮލެރާ ބައްޔަށް ވެކްސިން ލިބިގަންނަނީ

ކޮލެރާ ވެކްސިންގެ ދުނިޔޭގެ ސްޓޮކް ހުސްވެއްޖެ ކަމަށް ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހުކުރު ދުވަހު ބުނެފިއެވެ.

މިކަމުގެ ސަބަބުން ބަލި ފެތުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތަށް ނުރައްކާވެފައިވާ ކަމަށްވެސް އެ ޖަމްއިއްޔާ އިން ވަނީ ބުނެފައެވެ. 

ދުނިޔޭގެ ވެކްސިން އުފެއްދުން ފުލް ކެޕޭސިޓީގައި ހިނގަމުންދާ ކަމަށާއި ނަމަވެސް ޑިމާންޑް ވަނީ ސަޕްލައިއަށްވުރެ އިތުރުވެފައި ކަމަށް އދ. ގެ ސިއްޙަތާ ބެހޭ އޭޖެންސީން މަހުން މަހަށް ނެރޭ ރިޕޯޓުގައި ބުނެފައިވެއެވެ. 

"އޮކްޓޯބަރު 14 ގެ ނިޔަލަށް، ކޮލެރާ ވެކްސިންގެ ދުނިޔޭގެ ސްޓޮކްޕައިލް ވަނީ ހުސްވެފައި، އެއްވެސް ޑޯޒެއް ބާކީ ނެތް،" ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމްޢިއްޔާއިން ބުންޏެވެ. 

"ކުރިއަށް ހުރި ހަފްތާތަކުގައި އިތުރު ޑޯޒްތަކެއް ލިބޭނެކަމަށް އުންމީދުކުރެވުނު ނަމަވެސް، މި ދަތިކަމުގެ ސަބަބުން ބަލި ފެތުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ." އެ ޖަމްއިއްޔާ އިން ބުނެފައިވެއެވެ. 

ސެޕްޓެމްބަރު 1 އާއި އޮކްޓޯބަރު 14 އާ ދެމެދު، ވެކްސިން ފޯރުކޮށްދިނުމާ ބެހޭ ބައިނަލްއަޤްވާމީ ކޯޑިނޭޓިންގ ގްރޫޕަށް ބަންގްލަދޭޝް، ސޫދާން، ނައިޖަރ، އިތިއޯޕިއާ އަދި މިޔަންމާ އިން ކޮލެރާ ވެކްސިނަށް އެދިފައިވާ ކަމަށް ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާއިން ބުންޏެވެ. 

މި ގައުމުތަކުން އެދިފައިވާ މިންވަރަށް ބަލާއިރު ޖުމްލަ 8.4 މިލިއަން ޑޯޒް ބޭނުންވާ ކަމަށާއި ނަމަވެސް ލިބެން ހުރި މިންވަރު މަދުވުމުގެ ސަބަބުން ފޮނުވެން އޮތީ 7.6 މިލިއަން ޑޯޒް ކަމަށް އެ ޖަމްއިއްޔާ އިން ބުނެއެވެ. 

ސެޕްޓެމްބަރު 29 ގެ ނިޔަލަށް މިއަހަރު 439,724 ކޮލެރާ ކޭސްތައް ރެކޯޑް ކުރެވި 3,432 މީހުން ބަލީގައި މަރު ވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވާ ކަމަށް ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާއިން ބުންޏެވެ. 

"2024 ވަނަ އަހަރު ކޭސްތަކުގެ އަދަދު ވަނީ ފާއިތުވި އަހަރަށްވުރެ 16 އިންސައްތަ ދަށްވެފައި، ނަމަވެސް މަރުވާ މީހުންގެ އަދަދު 126 އިންސައްތަ އިތުރުވެފައިވާކަމީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ،" އެ ޖަމްޢިއްޔާއިން ބުންޏެވެ. 

ފާއިތުވި މަހުގެ ރިޕޯޓު ނެރުނު ފަހުން، ނައިޖަރުގައި (705 ކޭސް އަދި 17 މަރު) އަދި ތައިލެންޑުގައި (5 ކޭސް) ކޮލެރޭ ފެތުރޭ ކަމަށް ރިޕޯޓުކުރެވިފައިވާ ކަމަށް ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާއިން ބުންޏެވެ. މިއާއެކު 2024 ގައި ކޮލެރާގެ އަސަރުކުރި ޤައުމުތަކުގެ އަދަދު 30 އަށް އަރާފައިވެއެވެ.

ސެޕްޓެމްބަރު މަހު 14 ޤައުމަކުން 47,234 އައު ކޮލެރާ ކޭސް ރިޕޯޓުކުރެވިފައިވެއެވެ. އަދި މިމަހު، ހަނގުރާމައިގެ ތެރޭގައިވާ ލުބުނާނުގައި ކޮލެރާ ކޭސްއެއް ރިޕޯޓްކޮށްފައިވެއެވެ. އެތަނުގައި ގިނަ އަދަދެއްގެ ބަޔަކު ހިޖުރަކުރަން ޖެހުމާއެކު އާންމު ސާފުތާހިރުކަމުގެ ޙާލަތު ދަށްވަމުންދާތީ، ބަލި ފެތުރުމުގެ ރިސްކު "ވަރަށް މަތި" ކަމަށް ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާއިން އިންޒާރުދީފައިވެއެވެ.

ކޮލެރާއަކީ ވިބްރިއޯ ކޮލޭރޭ ނަމަކަށް ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބެކްޓީރިއާ ގިނަފަހަރަށް ހުންނަނީ ނަޖިހުގެ ސަބަބުން ތަޣައްޔަރުވެފައިވާ ކާނާ އާއި ފެނުގައެވެ. މި ބަލި ފެތުރެނީ އެފަދަ ތަކެތި ބޭނުންކުރުމުންނެވެ.

މި ބައްޔަށް ޖެހުމުން ބޭރަށް ހިންގުމާއި، ހޮޑުލުމާއި، ގައިގައި ރިއްސުން އާންމުކޮށް ކުރިމަތިވެއެވެ. ފަރުވާ ނުކޮށްފިނަމަ ކޮލެރާ ބައްޔަކީ މަދު ގަޑީއިރެއްގެ ތެރޭގައި ފުރާނަ ގެއްލޭ ފަދަ ނުރައްކާތެރި ބައްޔެކެވެ. އަނެއްކޮޅުން ސިއްހީ މާހިރުން ބުނާ ގޮތުގައި މި ބައްޔަކީ ފަސޭހައިން ފަރުވާކުރެވިދާނެ ބައްޔެކެވެ.

އާންމުކޮށް އަނގައިން ދޭ ރީހައިޑްރޭޝަން ފަރުވާއިން ފަރުވާ ބަލި ޖެހިފައިވާ މީހުންނަށް ދެވޭއިރު، އަދި ބޮޑަށް ބަލި ޖެހިފައިވާ ކޭސްތަކުގައި އެންޓިބަޔޮޓިކްސް ފަރުވާ ދެވޭނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

އޭޕްރީލް މަހު، ގާވީ ވެކްސިން އެލަޔަންސް އާއި ޔުނިސެފްއިން ބުނެފައިވަނީ ދުނިޔޭގެ ސްޓޮކްޕައިލްއަށް މިހާރު ކޮލެރާ ވެކްސިން ފޯރުކޮށްދެނީ ހަމައެކަނި ދެކުނު ކޮރެއާގެ ޔޫބަޔޮލޮޖިކްސް ކުންފުނިން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާއިން ރާއްޖެ ގެންނަ ވެކްސިން ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭނެ: އެޗްޕީއޭ

އިންޑިއާއިން ރާއްޖެ ގެންނަ ވެކްސިން ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭނެ: އެޗްޕީއޭ

19 ޖެނުއަރީ 2021
އޫރުގެ ޖެލަޓިން ކޮރޯނާ ވައިރަސް ވެކްސިންގައި ހުއްޓަސް ހުއްދަވާނެ: ޔޫއޭއީ ފަތުވާ ކައުންސިލް

އޫރުގެ ޖެލަޓިން ކޮރޯނާ ވައިރަސް ވެކްސިންގައި ހުއްޓަސް ހުއްދަވާނެ: ޔޫއޭއީ ފަތުވާ ކައުންސިލް

23 ޑިސެމްބަރު 2020
ކޮވިޑް-19 ވެކްސިން ގަތުމުގެ އެއްބަސްވުންތައް ގައުމުތަކުން މޮޑާނާ އާއެކު ހަދަން ފަށައިފި

ކޮވިޑް-19 ވެކްސިން ގަތުމުގެ އެއްބަސްވުންތައް ގައުމުތަކުން މޮޑާނާ އާއެކު ހަދަން ފަށައިފި

05 އޯގަސްޓު 2020
އޮކްސްފޯޑްގެ ކޮވިޑް-19 ވެކްސިން މަސައްކަތްކުރާކަން ޔަގީންކުރެވޭނީ ޖޫން ނުވަތަ ޖުލައި މަހު

އޮކްސްފޯޑްގެ ކޮވިޑް-19 ވެކްސިން މަސައްކަތްކުރާކަން ޔަގީންކުރެވޭނީ ޖޫން ނުވަތަ ޖުލައި މަހު

30 އެޕްރީލު 2020
ދެ ވޮލިންޓިއަރުންނާއެކު އޮކްސްފޯޑް ޔުނިވަރސިޓީގެ ކޮވިޑް-19 ވެކްސިން ޓްރައަލް ފަށައިފި

ދެ ވޮލިންޓިއަރުންނާއެކު އޮކްސްފޯޑް ޔުނިވަރސިޓީގެ ކޮވިޑް-19 ވެކްސިން ޓްރައަލް ފަށައިފި

23 އެޕްރީލު 2020

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު