Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވީއޭއެމް ސީޒަން ޑްރާފްޓް

ރަން މެޑަލެއް އެޅުމާ ދިމާލަށް ދެވޭ ކަމުގެ އިހުސާސް އެބަ ކުރެވޭ: މިނިސްޓަރު މަޚްލޫފް

2 ޖޫން 2022 | ބުރާސްފަތި 05:04

ވޮލީގައި ބޭނުންވާ ނަތީޖާގައި އަތް ޖައްސާލެވެން އުޅޭހެން ހީވި ނަމަވެސް، އެ ހިސާބަށް އަދި ނުދެވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖޫން 2022 | ބުރާސްފަތި 05:04
ވީއޭއެމް ސީޒަން ޑްރާފްޓް 2022 ގައި މިނިސްޓަރު މަޙުލޫފް ވާހަކަ ދައްކަވަނީ

ވީއޭއެމް ސީޒަން ޑްރާފްޓް 2022 ގައި މިނިސްޓަރު މަޙުލޫފް ވާހަކަ ދައްކަވަނީ

ވޮލީއަށް ގެނައި ބޮޑު ބަދަލާއެކު ފެންނަމުންދާ މަންޒަރުތަކުން ރަން މެޑަލެއް އެޅުމާ ދިމާލަށް ދެވޭކަމުގެ އިހްސާސް ކުރެވޭ ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަޚުލޫފް މިހެން ވިދާޅުވީ ވީއޭއެމް ސީޒަން ޑްރާފްޓްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރު ވިދާޅުވީ ވޮލީން ރަނގަޅު ނަތީޖާއެއް ނެރުމަށް ތަފާތު ވާހަކަ ދެއްކިއްޖެކަމަށާއި، ބައިވަރު ކަންކަން ކުރެވިއްޖެ ކަމަށެވެ. އޭގެ ތެރޭގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ޤައުމީ ވޮލީ ޓީމުތައް ޔޫރަޕުގައި ކޭމްޕް ކުރުމާއި، މީގެ ކުރިން ދުވަހަކުވެސް ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު ނުކުޅޭ ވަރަށް މެޗު ކުޅެވިއްޖެކަަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 50 އަށްވުރެ ގިނަ އައުޓް ޑޯ ވޮލީ ކޯޓުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން އިންޑޯގެ 10 ވަރަކަށް ވޮލީ ކޯޓުގެ މަސައްކަތް ކުރެވޭކަމަށެވެ. އަދި މާލޭގައި ޓްރެއިނިން އިންޑޯ ސެންޓަރެއްގެ މަސައްކަތް ކުވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިކަންކަމުގެ ސަބަބުން ވޮލީގައި ބޭނުންވާ ނަތީޖާގައި އަތް ޖައްސާލެވެން އުޅޭހެން ހީވި ނަމަވެސް، އެ ހިސާބަށް އަދި ނުދެވޭކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ހިސާބަށް ވާސިލްވުމަށް ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް އާއި ޓީމުން ބުނަނީ ލީގުގެ ވާހަކަ ކަމަށެވެ. މިނިސްޓްރީން ފުޓުބޯޅައިގެ ކުލަބްތަކަށް ފައިސާ ދޭއިރު، ވޮލީގައި ވެސް އެކަން ކޮށްދިނުމަށް ތަކުރާރުކޮށް އެދޭ ވާހަކައެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކުޅުންތެރިންނާއި ކޯޗުންނަށް މިނިސްޓަރުގެ އިތުބާރު އޮތް ކަމަށެވެ. ލީގު ނިމިގެން ވެސް ކުރިއަށް އޮތް ސެންޓްރަލް ޒޯންއާ ހަމައަށް ދިޔުމަށް ދެން ކުރަންވީ ކޮންކަމެއްތޯ ބަލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިނިސްޓަރު ވިދާޅުވީ ބޭނުންވާ ނަތީޖާއާ ހަމައަށް ދިޔުމަށް ސަރުކާރުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ދޭނެ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ ކުޅިވަރު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސޯޝަލް ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ވެސް ޝުކުރު އަދާ ކުރައްވާފައެވެ. ވޮލީން ގެންނަން ބޭނުންވާ ބަދަލު ގެނައުމަށް ވިއޭއެމުން ކުރާ މަސައްކަތަށް ވެސް މިނިސްޓަރު ވަނީ ޝުކުރު އަދާކޮށްފައެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ލީގަކީ ކާމިޔާބު އަދި ފުރިހަމަ ލީގަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި މިހާރު ސޯޝަލް ސެންޓަރު ފިނިވާނެ ކަމަށާއި، ވީހާވެސް ގިނަ މީހުން ކޮންމެ ރެޔަކު ސޯޝަލް ސެންޓަރު ފުރާލަދީ، ކުޅުންތެރިން ދައްކާ ރީތި ކުޅުން ބަލާލަން އެންމެހައި ރައްޔިތުންނަށް ދައުވަތު ދެއްވާކަމުގައެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އަހުމަދު މަޚްލޫފް

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް