Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވީއޭއެމް ސީޒަން ޑްރާފްޓް

ބޮޑު ބަދަލެއް ފެނިގެންދާނެ ވޮލީ ސީޒަނަށް ޓީމުތަކަށް ކުޅުންތެރިން ބަހައިފި

ރޭ ވަނީ ހަ ޓީމަށް ކުޅުންތެރިން ބަހައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ޖޫން 2022 | ބުރާސްފަތި 03:39
ކުޅުންތެރިން ބެހުމަށް ރޭ ބޭއްވި ހަފްލާގެ ތެރެއިން

ކުޅުންތެރިން ބެހުމަށް ރޭ ބޭއްވި ހަފްލާގެ ތެރެއިން

ބޮޑު ބަދަލެއް ގެނައިސް މިއަހަރު ފަށާ ވޮލީ ސީޒަންގައި ކުލަބުތަކަށް ކުޅޭނެ ބިދޭސީ ކުޅުންތެރިން ކުލަބްތަކަށް ބަަހައިިފިއެވެ.

މިއަހަރުގެ ސީޒަަނަށް ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ ޓީމުތަކަށް ބިދޭސީ ތިން ކުޅުންތެރިން ކުޅޭ ގޮތަށް ގެނައި ބަދަލެވެ. އެ ކުޅުންތެރިންނަކީ އިންޑިއާގެ ޕްރައިމް ވޮލީބޯޅަ ލީގުން ހޮވާލެވުނު 18 ކުޅުންތެރިންނެވެ. ރޭ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގައި ބޭއްވި ވީއޭއެމް ސީޒަން ޑްރާފްޓްގައި ވަނީ އެ ކުޅުންތެރިން ޓީމުތަކަށް ބަހައިފައެވެ. ކުޅުންތެރިން ޓީމުތަކަށް ބެހީ ގުރު ނަގައިގެންނެވެ.

ރޭގެ ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔަކު ނެގުމުގެ ފުރުސަތު ލިބުނީ އޮފު އެފްސީއަށެވެ. އެ ޓީމުން ނެގި ތިން ބިދޭސީ ކުޅުންތެރިންނަކީ ބްލޮކަރ ޖޯން ޖޯސެފް، ގުރޫ ޕްރަޝާންތު އަދި އެޓޭކަރ އަމިތު ގޫލިއާއެވެ. މި ޓީމުގައި ރާއްޖޭގައި ނަން މަޝްހޫރު ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ޓީމުގެ ކެޕްޓަން އަހުމަދު ސިމާއު، މުޙައްމަދު އަލީ (ޑެންޒޯ) އަދި އަހުމަދު މުހައްމަދު (ކޯކޭ) ހިމެނެއެވެ. މި ޓީމަށް އިރުޝާދު ދޭނީ މުހައްމަދު ރިޝްވާން (ރިއްޗަޅޭ) އެވެ.

ޤައުމީ ޓީމުގެ މިހާރުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ)، އާދަމް ފައިރޫޒް އަދި އަޝްފާގު އާދަމް (އައްކަޅޭ) ކުޅެނީ ކުލަބް ވެމްކޯއަށެވެ. ވެމްކޯއަކީ މި އަހަރުގެ ޕްރެލިމިނަރީ ބުރުގެ އެއް ވަނަ ހޯދައިގެން އެސޯސިއޭޝަން ކަޕަށް ކޮލިފައިވި ޓީމެކެވެ. މި ޓީމަށް ލިބުނު ބިދޭސީ ކުޅުންތެރިންނަކީ އެޓޭކަރ އަމިތު ސިންގ، ސެޓަރ ރަންޖީތު ސިންގް އަދި ބްލޮކަރ އަޝްވަލް ރާއީއެވެ. ކުލަބް ވެމްކޯގެ ކޯޗަކީ އިބްރާހިމް ނިޒާރު (ބޮޑޭ) އެވެ.

ސްޕޯޓްސް ކުލަބް ސިޓީއަށް ލިބުނި ތިން ކުޅުންތެރިންނަކީ އެޓޭކަރ ހަރްދީފް ސިންގް، ވިނީތު ކުމާރު އަދި ސެޓަރ ވިޔާނަކުއެވެ. މި ޓީމުގައި ހިމެނޭ ދިވެހި ކުޅުންތެރިންގެ ތެރޭގައި ޤައުމީ ވޮލީ ތީމުގެ ވައިސް ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)، ޤައުމީ ޓީމަށް ކުޅުނު ހުސެއިން ޔޫސުފް އަދި ލިބަރޫ ނަބީލް ހިމެނެއެވެ. މި ޓީމުގެ ކޯޗަކީ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ހުސެއިން ޝަރީފްއެވެ.

ދިވެހި ސިފައިންގެ ކުލަބަށް ލިބުނު ތިން ބިދޭސީ ކުޅުންތެރިންނަކީ މަނޫ ޖޯސެފް، ބްލޮކަރ ކާތިކް އަދި އެޓޭކަރ ޝޮން ޓީ ޖޯންއެވެ. މި ޓީމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ޤައުމީ ޓީމަށް ގިނަ ުވަހު ކުޅެދިން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)، އަޙުމަދު ޝާހިދު (ޝާޑު) އަދި ދާދި ފަހުން ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔަކަށް ހޮވުނު އާދަމް ނަސީމް (އެޑަމް) ހިމެނެއެވެ. މި ޓީމަށް އިރުޝާދު ދޭނީ ޖުނައިދު އަބްދުﷲ (މާމަ) އެވެ.

ޕޮލިސް ކުލަބަށް ކުޅޭނެ ބިދޭސީ ތިން ކުޅުންތެރިންނަކީ ސެޓަރ މުތުސާމީ، ބްލޮކަރ އަކިން އަދި އެޓޭކަރ އަނޫ ޖޭމްސްއެވެ. ޕޮލިސް ޓީމުގައި ހިމެނޭ ދިވެހި ކުޅުންތެރިންގެ ތެރޭގައި ޝުއައިބް އަބްދުއްލަތީފް، މުޙައްމަދު ހަމްދޫން އަދި އުންމީދީ ޒުވާން ކުޅުންތެރިޔާ އަހުމަދު ނާފިއު ހިމެނެއެވެ. ޕޮލިސް ޓީމުގެ ކޯޗަކީ ކުރީގެ މަޝްހޫރު ސެޓަރު ފަތުހުﷲ ވަހީދު (ފައްލޯ)އެވެ.

ގުޑީސް ސްޕޯޓްސް ކުލަބަަށް ލިބުނު ބިދޭސީ ތިން ކުޅުންތެރިންނަކީ އެޓޭކަރ ވަރުން ޖީއެސް އަދި ރިޔާޒުއްދީންގެ އިތުރުން ބަލްކަރ މޯހިތު ޝަރާވަތެވެ. މި ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ޤައުމީ ޓީމުގެ ސެޓަރ ހުސެއިން ވިޝާމް (ބުޅިކޭ)، ގައުމީ ޓީމުގެ އެޓޭކަރ ހަސަން ނިލާމް (ޕާޓޭ) އަދި ޤައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދިން އަލީ އާމިރު (ދިގު އައްޔަ) ހިމެނެއެވެ. މި ޓީމަށް އިރުޝާދު ދޭނީ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗްއެވެ. އޭނާ އަކީ ގައުމީ ޓީމަށް މިހާތަނަށް ގެނައި އެންމެ މަތީ ފަންތީގެ ކޯޗެވެ.

 ރޭ ވަނީ އެސޯސިއޭޝަން ކަޕްގެ ގުރު ނެގުން ވެސް ކުރިއަށް ގެންގޮސްފައެވެ. ފިރިހެން ޑިވިޝަންގެ އެސޯސިއޭޝަން ކަޕް މި މަހު ފަށާނެއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އެސޯސިއޭޝަން ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު