Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާ ކައުންސިލް ރައީސް އިސްތިއުފާއަށް އެދިއްޖެ

މީޑިއާ ކައުންސިލްގެ ރައީސް އިސްތިއުފާ ދިނުމަށް ގޮވާލައި މެމްބަރުންގެ ގަރާރެއް

އެ ގަރާރުގައި 9 މެމްބަރަކު ވަނީ ސޮއި ކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 ޖޫން 2022 | ބުދަ 12:02
މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން

މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލައި އެ ކައުންސިލްގެ ގިނަ މެމްބަރުން ސޮއިކޮށް ގަރާރެއް ނެރެފިއެވެ.

ބުދަ ދުވަހު ނެރުނު އެ ގަރާރުގައި ބުނެފައިވާ ގޮތުގައި ޝަހުބާންގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގގެ ތުހުމަތުތަކަކީ ރާއްޖޭގެ ބޮޑެތި މީޑިއާތަކާއި ނޫސްވެރިންނާއި އަދި މީޑިއާ ކައުންސިލްގެ ވެސް ގިނަ މެމްބަރުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. އަދި ދިވެހި މީޑިއާގެ އަޚުލާގީ ހަމަތައް ކަނޑައަޅައި މީޑިއާގެ ބެލެނިވެރި މުއައްސަސާގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކަށް އެފަދަ ތުހުމަތެއް ކުރެވުމުން ކައުންސިލްގެ އަގު ހިފެހެއްޓުމަށް ވެސް އިިސްތިއުފާ ދޭނެ ޖެހޭ ކަމަށް އެ ގަރާގުގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޝަހުބާން އާ މަޝްވަރާތައް ކޮށް މަގާމުން އިސްތިއުފާ ދިނުމާ މެދު ވިސްނުމަށް އެއްބަސްވެފައިވާ މުހުލަތު ބުދަ ދުވަހާ ހަމައަށް ހަމަވިއިރުވެސް އިސްތިއުފާ ނުދެއްވާ ކަމަށާއި އެހެންކަމުން މިހިނދުން މިހިނދަށް އިސްތިއުފާ ދިނުމަށް ވަނީ ގޮވާލާފައެވެ.

މީޑިއާ ކައުންސިލުން ނެރުނު މި ޤަރާރުގައި އެ ކައުންސިލްގެ 9 މެމްބަރަކު ވަނީ ސޮއި ކުރައްވާފައެވެ. އެ މެމްބަރުންނަކީ ކައުންސިލްގެ ނައިބު ރައީސް ހުސައިން ސަގީފް އާއި މުޙައްމަދު ޝާފިއު އާއި ހަސަން ޝާކިރު މުހައްމަދު އާއި މުއިއްޒު އިބްރާހިމް އާއި އަންވަރު އިބްރާހިމް އާއި އަލީ ހުސައިން އާއި އިބްރާހިމް ފައުޒީ އާއި މުޙައްމަދު ޝަފާއު ހަސަން އާއި ފާތިމަތު އަހުމަދުއެވެ.

މީޑިއާ ކައުންސިލުން ވަނީ މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމިޓީގައިވެސް މަޝްވަރާ ކޮށްފައެވެ. އެ މަޝްވަރާގައި ގިނަ މެމްބަރުން ޝަހުބާން އާއެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވެފަވެއެވެ.

ދިފާއުގައި ޝަހުބާން ވިދާޅުވީ އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށާއި ކުށެއްގެ ތުހުމަތު ކުރެވުމަކީ މަގާމުން އިސްތުފާން ދޭންވީ ސަބަބެއް ނޫން ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާއެއް ކޮށްފިނަމަ ވަގުތުން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަހުބާންގެ މައްޗަށް ކުރެވޭ ތުހުމަތަކީ އޭނާގެ އާއިލީ ކުންފުންޏެއް ކަމަށްވާ "ކިންގްސް ފޮރެކްސް" އިން މަނީލޯންޑަރ ކުރާ ކަމުގެ ތުހުމަތެވެ. އެ މައްސަލައިގައި ފުލުހުން ވަނީ ޝަހުބާން އާއި އޭނާގެ ބޭބެ އަދި ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ބަޔާންވެސް ނަގާފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި

19 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި
31 އޯގަސްޓު 2025

ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް

31 އޯގަސްޓު 2025
ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް
03 މެއި 2025

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

03 މެއި 2025
ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް
17 ޑިސެމްބަރު 2024

މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް

17 ޑިސެމްބަރު 2024
މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް
31 އޮކްޓޯބަރު 2024

ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި

31 އޮކްޓޯބަރު 2024
ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު