Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިލަމާލެ ބުރިޖު

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

1 ޖޫން 2022 | ބުދަ 05:45

ބުރިޖުގެ މަސައްކަތް ލަހެއް ނޫން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ޖޫން 2022 | ބުދަ 05:45
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ކުރަނީ

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ކުރަނީ

ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓްކަމުގައިވާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ތެރެއިން މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖު އަންނަ އަހަރުގެ ޖުލައި މަހުގައި ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅު އާންމުންނަށް ހުޅުވާލާނެކަމުގެ ޔަގީންކަން އެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް އިން ބުނެފިއެވެ.

ރާއްޖޭގެ ނޫސްވެރިން އިންޑިއާއަށް ކުރާ ފެމިލިއަރައިޒޭޝަން ދަތުރުގެ ތެރެއިން އަންގާރަ ދުވަހު އެފްކޮންސް އާއެކު ބޭއްވި ބައްދަލުވުމުގައި އެ ކުންފުނިން ބުނެފައިވަނީ މަސައްކަތްތައް ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި 6 ކިލޯމީޓަރުގެ މި ބްރިޖް މަޝްރޫއުގެ ފުރަތަމަ ބުރިޖު ނުވަތަ މާލެ ވިލިމާލެ ގުޅުވާލާ 1 ކިލޯ މީޓަރަށްވުރެ ދިގު ބުރިޖު އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނުވަތަ އޮގަސްޓް މަހުގެ ފުރަތަމަ ކޮޅު އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

Advertisement - newsAdvertisement

އެފްކޮންސް އިން ބުނީ މިހާރު ކުރިއަށްދަނީ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ކަމަށާއި، އެ މަސައްކަތުގެ 50 އިންސައްތައަށްވުރެ ގިނަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެ ކުންފުނިން ބުނެފައިވަނީ ކަނޑުގަދަވުމާއި އެ ސަރަހައްދުގެ ގޮތުން ސަރވޭ ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުރި ނަމަވެސް، މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

މީގެ އިތުރުން ޖިއޯޓެކްނިކަލް ސަރވޭގެ ނަތީޖާތަކަށް ރިއާޔަތްކޮށް ޑިޒައިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މައި ބުރިޖު އެޅުމަށްޓަކައި އަޅާ ވަގުތީ ބްރިޖުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވަނީ ބުނެފައެވެ. މީގެ އިތުުރުން ބުރިޖުގެ ކޮންކްރީޓް ޓެސްޓް ކުރުމުގެ މަސައްކަތް ކާމިޔާބު ކަމަށާއި، މުޅި ބުރިޖުގެ މަސައްކަތް 2024 ވަނަ އަހަރުގެ ފަހުކޮޅު އެއްކޮށް ނިންމާލެވޭނެކަމަށް ވަނީ ބުނެފައެވެ.

ބުރިޖުގެ އުމުރު 120 އަހަރުވާން ދެން ހިފަހައްޓާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ބުރިޖުގެ މަސައްކަތަށް މިހާތަނަށް 88 އިންޖިނިއަރުން ރާއްޖެ އައިސްފައިވާ ކަމަށާއި، އިތުރު 164 އިންޖިނިއަރުން މިއަހަރުގެ ނިޔަލަށް ފޮނުވާނެ ކަމަށެވެ. އަދި މި ޓީމުގެ ތެރޭގައި ތުރުކީ ޖަރުމަންވިލާތް އަދި އޮސްޓްރޭލިއާގެ އިންޖިނިއަރުން ހިމެނޭ ކަމަށް އެފްކޮންސް އިން ވަނީ ބުނެފައެވެ.

ބުރިޖުގެ މަސައްކަތް ކުރުމަށްޓަކައި މިހާތަނަށް 500 މަސައްކަތު މީހުން ރާއްޖެ އައިސްފައިވާ އިރު، އަހަރު ނިމޭ އިރު 1227 މަސައްކަތު މީހުން ރާއްޖެ އަންނާނެ ކަމަށް ވަނީ ބުނެފައެވެ.

ބުރިޖު އަޅާ ސަރަހައްދަކީ މުރަކަ ފަރެއްކަމުގައި ވުމުން، ދިރޭތަކެތި ހިމާޔަތްކުރުމުގެ މުއާހަދާއާއި އެއްގޮތަށް ބުރިޖު އަޅާ ސަރަހައްދުގައި ހުރި މުރަކައިގެ ބާވަތްތައް އެހެން ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެފްކޮންސް އިން ވަނީ ބުނެފައެވެ. އަދި ތެޔޮ ލީކުވުމުގެ އެއްވެސް މައްސަލައެއް ދިމާ ނުވާނެ ގޮތަށް ސައިޓުގެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ އިރު، މުހިންމު ގަސްތަކާއި އެ ނޫންވެސް ދިރޭ ތަކެތީގެ ބާވަތްތައް ވެސް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްކޮންސް އިން ވަނީ ބުނެފައެވެ.

ތިލަމާލެ ބްރިޖްގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްއެފްކޮންސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް
03 މެއި 2025

ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި

03 މެއި 2025
ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި
01 އޮކްޓޯބަރު 2024

އެފްކޮންސްގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ

01 އޮކްޓޯބަރު 2024
އެފްކޮންސްގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ
20 މާރިޗު 2024

ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ 35.53 އިންސައްތަ މަސައްކަތް ނިމިއްޖެ

20 މާރިޗު 2024
ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ 35.53 އިންސައްތަ މަސައްކަތް ނިމިއްޖެ
15 ޖެނުއަރީ 2024

އެފްރިކަން ކަޕްގައި މިޞްރުގެ ފުރަތަމަ މެޗު އެއްވަރު

15 ޖެނުއަރީ 2024
އެފްރިކަން ކަޕްގައި މިޞްރުގެ ފުރަތަމަ މެޗު އެއްވަރު
23 ނޮވެމްބަރު 2023

ތިލަމާލެ ބުރިޖު ވިލިމާލެއާ ގުޅާލައި ނިމޭނީ 2025ގައި، އެއްކޮށް 2026ގައި ނިމޭނެ: ވަޒީރު

23 ނޮވެމްބަރު 2023
ތިލަމާލެ ބުރިޖު ވިލިމާލެއާ ގުޅާލައި ނިމޭނީ 2025ގައި، އެއްކޮށް 2026ގައި ނިމޭނެ: ވަޒީރު
23 ނޮވެމްބަރު 2023

ބުރިޖުގެ ކޮލިޓީއާމެދު ކަންބޮޑުވުމެއް ނެތް: މުއްތަލިބު

23 ނޮވެމްބަރު 2023
ބުރިޖުގެ ކޮލިޓީއާމެދު ކަންބޮޑުވުމެއް ނެތް: މުއްތަލިބު
22 ނޮވެމްބަރު 2023

ރައީސް، ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލައްވައިފި

22 ނޮވެމްބަރު 2023
ރައީސް، ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލައްވައިފި
20 ނޮވެމްބަރު 2023

ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްވި ސަބަބުތައް ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުން: ސަރުކާރު

20 ނޮވެމްބަރު 2023
ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްވި ސަބަބުތައް ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުން: ސަރުކާރު
14 ނޮވެމްބަރު 2023

އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

14 ނޮވެމްބަރު 2023
އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް