Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިލަމާލޭ ބްރިޖުގެ މަޝްރޫއު

ތިލަމާލޭ ބްރިޖު އެންމެ އުސް ޕްރީކާސްޓް ނެވިގޭޝަން ސްޕޭން ސެގްމަންޓު ގާއިމުކޮށްފި

4 އެޕްރީލު 2025 | ހުކުރު 08:24

އެ ޕްރީކާސްޓްގެ އުސްމިނުގައި 8.2 މީޓަރު ހުންނާނެ އަދި ފުޅާ މިނުގައި 25.3 މީޓަރު ހުންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 4 އެޕްރީލު 2025 | ހުކުރު 08:24
ތިލަމާލެ ބުރިޖުގައި ގާއިމުކުރި އެންމެ އުސް ޕްރީކާސްޓު

ތިލަމާލެ ބުރިޖުގައި ގާއިމުކުރި އެންމެ އުސް ޕްރީކާސްޓު

ތިލަމާލޭ ބްރިޖު އެންމެ އުސް ޕްރީކާސްޓް ނެވިގޭޝަން ސްޕޭން ސެގްމަންޓު ގާއިމުކޮށްފިއެވެ.

މި މަޝްރޫއާ ގުޅޭގޮތުން ބުރާސްފަތި ދުވަހު އިންޑިއާ ހައިކޮމިޝަނުން ބުނީ އެގައުމުގެ އެފްކޮންސް ކުންފުނިން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ދުނިޔޭގެ ވެސް އެންމެ އުސް ކަނޑުއަޑީގެ ޕްރިކާސްޓް ތިލަމާލެ ބްރިޖުގައި ގާއިމުކޮށްފައި ވާ ކަމަށެވެ.

Advertisement - newsAdvertisement

ކޮމިޝަނުން ބުނީ، އެ ޕްރީކާސްޓްގެ އުސްމިނުގައި 8.2 މީޓަރު ހުންނާނެ ކަމަށާއި، ފުޅާމިނުގައި 25.3 މީޓަރު ހުންނާނެ ކަމަށެވެ. އަދި 216.04 މެޓްރިކް ޓަނުގެ ބަރުދަން ހުންނަ އެ ޕްރީކާސްޓް ގާއިމުކުރެވުމަކީ އިންޖީނިއަރިން ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށް ވެސް ހައި ކޮމިޝަނުން ބުނެފައިވެއެވެ.

މި ކާމިޔާބީ ފާހަގަކުރައްވައި، ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ލާވަލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، މަސައްކަތުގެ ސްޕީޑް ހަލުހި ކަމަށެވެ.

މީގެ އިތުރުން 30 މެއި 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޝްރޫއުގެ މަސައްކަތް މިހާރު ނިންމަން ހަމަޖެހިފައިވާ ގޮތަށް އަލިއަޅުއްވާލައްވައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ މާލެއިން ވިލިމާލެއަށް 31 ޑިސެންބަރު 2025ށް، މާލެއިން ގުޅިފަޅަށް 31 މާރިޗް 2026ށް، ގުޅީފަޅުން ތިލަފުއްޓަށް 30 ސެޕްޓެމްބަރު 2026ށް ނިންމަން އަމާޒު ހިފައިވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި މަސައްކަތް ފެށި މި ބްރިޖަކީ މުޅި ދުނިޔޭގައިވެސް އެންމެ އުސްކޮށް ހަދާ ޕްރީކާސްޓް ސެގްމަންޓުތައް ހުންނަ ބްރިޖުގައި ކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މީގެ ކުރިން ބުނެފައިވެއެވެ. އެގޮތުން، ތިލަމާލެ ބްރިޖުގެ ސުޕަރ ސްޓްރަކްޗަރގެ ޕްރީކާސްޓް ސެގްމަންޓްތަކުގެ އުސްމިނުގައި 8.177 މީޓަރު ހުންނާނެކަމަށް އެ ކޮމިޝަނުން އޭރު ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 3 ބްރިޖާއި ކޯޒުވޭ، އަދި މަގުތަކުގެ ނެޓްވޯރކް ހަދާއިރު ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ ކޮންމެ ރަށަކަށް އަރައި ފޭބުމަށްޓަކައި އިންޓަރޗޭންޖް ޕޮއިންޓްތަކާއި ޕާކިންގ ސަރަހައްދުތައް ވެސް މި މަޝްރޫއުގެ ދަށުން ހަދާނެއެވެ.

މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވެއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވާއިރު، އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރާއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

24 އޯގަސްޓު 2017

މިނިސްޓަރ މުއިއްޒު 5.9 މިލިއަން ރުފިޔާއަށް ރޯހައުސްއެއް ބައްލަވައިގެންފި

24 އޯގަސްޓު 2017
މިނިސްޓަރ މުއިއްޒު 5.9 މިލިއަން ރުފިޔާއަށް ރޯހައުސްއެއް ބައްލަވައިގެންފި
17 އޯގަސްޓު 2017

ހުރިހާ ރަށެއް ގުޅާލަދޭ ނިއުސް ނެޓްވޯކެއް ރާއްޖެ ޓީވީން ޤާއިމް ކޮށްފި

17 އޯގަސްޓު 2017
ހުރިހާ ރަށެއް ގުޅާލަދޭ ނިއުސް ނެޓްވޯކެއް ރާއްޖެ ޓީވީން ޤާއިމް ކޮށްފި
14 ޖޫން 2017

ބްރިޖުގެ މައި ތަނބުތައް ފެނުން މައްޗަށް އަރައިފި

14 ޖޫން 2017
ބްރިޖުގެ މައި ތަނބުތައް ފެނުން މައްޗަށް އަރައިފި
11 ޖޫން 2017

ވީ ނިއުސްގެ ސީނިއަރ އެޑިޓަރ ރިފާއު ފުލުހަށް ހާޒިރުކޮށްފި

11 ޖޫން 2017
ވީ ނިއުސްގެ ސީނިއަރ އެޑިޓަރ ރިފާއު ފުލުހަށް ހާޒިރުކޮށްފި
09 ޖޫން 2017

ވީނިއުސްގައި ޝާއިޢުކުރި ހަބަރަކާ ގުޅިގެން ރިފާއު ޕޮލިހަށް ހާޒިރުކުރަނީ

09 ޖޫން 2017
ވީނިއުސްގައި ޝާއިޢުކުރި ހަބަރަކާ ގުޅިގެން ރިފާއު ޕޮލިހަށް ހާޒިރުކުރަނީ
01 ޖޫން 2017

ބްރިޖުގެ އިތުރު ތަނބުތަކަށް ކޮންކްރިޓް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

01 ޖޫން 2017
ބްރިޖުގެ އިތުރު ތަނބުތަކަށް ކޮންކްރިޓް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު
24 އެޕްރީލު 2017

މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

24 އެޕްރީލު 2017
މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން
03 އެޕްރީލު 2017

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި
11 މާރިޗު 2017

ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި

11 މާރިޗު 2017
ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް