Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19 ރާއްޖޭގެ ހާލަތު

މާލެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މައްޗަށް، ފާއިތުވި ހަފްތާ މުޅި ރާއްޖެއިން ޕޮޒިޓިވްވީ 91 މީހުން

ފާއިތުވި ހަފްތާ އެކަކު ކޮވިޑް-19 ޖެހިގެން ނިޔާވެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 30 މެއި 2022 | ހޯމަ 18:53
ކޮވިޑަށް ޓެސްޓުކުރުން

ކޮވިޑަށް ޓެސްޓުކުރުން

ހުސްވި ހަފްތާގައި މުޅި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަނީ 91 މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަކީ މެއި 22ން މެއި 28ށް ޕޮޒިޓިވްވެފައިވާ މީހުންގެ ތަފާސްހިސާބެވެ. މިތަފާސްހިސާބަށް ބަލާލާއިރު މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި40 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި24 މީހުންނާއި އެހެނިހެން ހިސާބުތަކުން ޕޮޒިޓިވްވި27 މީހުންނެވެ. އޭގެކުރީ ހަފްތާގައި ޕޮޒިޓިވްވެފައިވާ އަދަދުތަކަށް ބަލާލާއިރު އެހަފްތާގައި މުޅި ޖުމްލަ 102 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެއީ މާލެ ސަރަހައްދުން 25 މީހުންނާއި އަތޮޅުތަކުން 58 މީހުންނާއި އެހެނިހެން ހިސާބުތަކުން 19 މީހުންނެވެ. ފާއިތުވި ހަފްތާއަކީ ދުވަސްތަކަކަށްފަހު މާލެ ސަރަހައްދުން ޕޮޒިޓިވްވީ މީހުންގެ އަދަދު އަތޮޅުތަކަށްވުރެ ގިނަވި ހަފްތާއެކެވެ.

Advertisement - newsAdvertisement

ފާއިތުވި ހަފްތާގައި މާލެ ސަރަހައްދުން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މެއި 24 ގައެވެ. އެއީ 8 މީހުންނެވެ. އެންމެ މަދުން މީހުން ޕޮޒިޓިވްވެފައިވަނީ މެއި 28ގައެވެ. އެއީ 3 މީހުންނެވެ.

އަތޮޅުތަކަށް ބަލާލާއިރު ފާއިތުވި ހަފްތާގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މެއި 24 ވަނަ ދުވަހުއެވެ. އެއީ 11 މީހުންނެވެ. އަތޮޅުތަކުން އެއްވެސް މީހަކު ޕޮޒިޓިވްނުވާ ތިން ދުވަސް ރިކޯޑްކޮށްފައިވެއެވެ. އެއީ މެއި 22، 23 އަދި 27 ވަނަ ދުވަހުއެވެ.

މުޅި ރާއްޖެއަށް ބަލާލާއިރު ފާއިތުވި ހަފްތާގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މެއި 24 ގައެވެ. އެދުވަހު ޕޮޒިޓިވްވެފައިވަނީ 23 މީހުންނެވެ. އެންމެ މަދުން މީހުން ޕޮޒިޓިވްވެފައިވަނީ މެއި 22 އަދި 23 ވަނަ ދުވަހުއެވެ. އެ ދެދުވަހު ޕޮޒިޓިވްވެފައިވަނީ 8 މީހުންނެވެ.

މިއާއެކު މުޅި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 179،753ށް އަރާފައެވެ. ފާއިތުވި ހަފްތާގައި ވަނީ އެކަކު މިބަލީގައި ނިޔާވެފައެވެ. އެއާއެކު މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 299ށް އަރާފައެވެ.

ވެކްސިންގެ ތަފާސްހިސާބުތަކަށް ބަލާއިރު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،682ށް އަރާފައެވެ. ދެޑޯޒް 384،183 މީހުން ޖަހާފައިވާއިރު ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 160،911ށް އަރާފައެވެ.

ކޮވިޑް-19އެޗްޕީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު