Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާ ކައުންސިލުގައި މަރުތަޅު އެޅުވިފައި

މީޑިއާ ކައުންސިލް މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ، ކޮމިޝަނުގައި މަރުތަޅު އެޅުވިފައި

ޝަހުބާންއާއެކު މަސައްކަތްކުރަން ބޭނުންނުވާ 8 މެމްބަރުން އެބަތިބި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 30 މެއި 2022 | ހޯމަ 13:28
މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން

މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވެ, އެ ކައުންސިލުގައި މަރުތަޅު އެޅުވިފައިވާކަމަށް ބައެއް މެމްބަރުން ބުނެފިއެވެ.

ހޯމަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މީޑިއާ ކައުންސިލްގެ މެމްބަރުން ވަނީ, އެ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީއާއެކު މަސައްކަތް ކުރަން ބޭނުންނުވާކަމަށް ބުނެ ޚިޔާލު ފާޅުކޮށްފައެވެ. އެއީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކުން މަނީލޯންޑަރކުރާކަމުގެ ތުހުމަތުކޮށް، ތަހުގީގުގައި އޭނާއާ ސުވާލު ކޮށްފައިވާތީއެވެ.

މީޑިއާ ކައުންސިލުން ވަނީ ޝަހުބާންގެ އިތުބާރު ނެތްކަމުގެ ވޯޓެއްވެސް ނަގާފައެވެ. ނަމަވެސް 15 މެމްބަރުންގެ ތެރެއިން އޭނާގެ އިތުބާރު ނެތްކަމަށް ވޯޓު ދިނީ 8 މެމްބަރުންނެވެ. ގާނޫނުގައި ބުނެފައިވާގޮތުގައި މީޑިއާ ކައުންސިލްގެ މެމްބަރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ މަދުވެގެން 10 މެމްބަރުންގެ ވޯޓުންނެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުން ފާހަގަކުރިގޮތުގައި މީޑިއާ ކައުންސިލްގެ މެމްބަރެއްގެ ގައިގައި ހުންނަޖެހޭކަމަށް ގާނޫނުގައި ބުނާ ޝަރުތެއް މިހާރު ޝަހުބާންގެ ނެތެވެ. އެއީ މުޖުތަމައު ގަބޫލުކުރާ މިންގަނޑާ އެއްގޮތަށް، އަބުރުވެރި އަދި އަޚުލާގު ރަނގަޅު މީހަކަށް ވުމުގެ ޝަރުތެވެ. އެހެންވެ ގިނަ މެމްބަރުން އެދެނީ އޭނާ ވަގުތުން މަގާމުން އިސްތިއުފާދިނުމަށެވެ.

ޝަހުބާން މަގާމުގައި ހުންނަން ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދިންނަމަވެސް އޭނާ މަގާމުގައި ހުންނަން ބޭނުން ނުވާކަމަށް 12 މެމްބަރަކު ބުނެފައިވާ ކަމަށް އެ ކައުންސިލްގެ ނައިބުރައީސް ހުސައިން ސަގީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެގޮތަށް ވަކިން ބުނިނަމަވެސް ވޯޓުލީއިރު 4 މެމްބަރަކު ވޯޓު ބަދަލުކުރިކަމަށާއި، އެއީ ކޮންބައެއްކަން ނޭނގޭކަމަށެވެ. އަދި ޝަހުބާން މަގާމުގައި ހުންނަން ފެންނަކަމަށް ވޯޓު ދިން ކަރުދާސްތައް، ފާހަގަ ކުރެވޭ ގޮތަށް ހަދާފައި ހުރިކަމަށްވެސް ސަގީފް ވިދާޅުވިއެވެ.

ޝަހުބާން ވަނީ އޭނާ އެއްވެސް ކުށެއް ކޮށްފައި ނުވާނެކަމަށާއި، ކުށެއްގެ ތުހުމަތު ކުރެވުމަކީ އަދި މަގާމު ގެއްލެންވީ ސަބަބެއް ނޫންކަމަށް ބުނެފައެވެ. އަދި އޭނާއަކީ މަނީލޯންޑަރކުރިކަމުގެ ތުހުމަތު ކުރެވޭ ކުންފުނީގެ ސްލީޕިން ޕާޓްނަރެއް ކަމަށާއި، އޭނާގެ މައްޗަށް ދައުވާ އުފުލައިފިނަމަ ވަގުތުން އިސްތިއުފާ ދޭނެކަމަށް ވެސް ބުންޏެވެ.

މިކަމާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ހުރިހާ މެމްބަރުންވެސް ޖުމްލަ ގޮތެއްގައި ފާހަގަކުރީ އެއް ވާހަކައެކެވެ. އެއީ ހުރި މައްސަލަތައް ހައްލުކޮށް، މީޑިއާ ކައުންސިލް ހިންގުމަށް ހުރަސް ނޭޅުމަށެވެ. އަދި އެ ކައުންސިލް ހިންގޭނެ ގޮތެއް ރައީސް ޝަހުބާން ވެސް ހޯދަން ޖެހޭނެކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި

19 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި
31 އޯގަސްޓު 2025

ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް

31 އޯގަސްޓު 2025
ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް
03 މެއި 2025

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

03 މެއި 2025
ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް
17 ޑިސެމްބަރު 2024

މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް

17 ޑިސެމްބަރު 2024
މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް
31 އޮކްޓޯބަރު 2024

ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި

31 އޮކްޓޯބަރު 2024
ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި
28 އޯގަސްޓު 2024

ރައީސް އޮފީހުން މީޑިއާ ތަކާ ބެހޭ ޝަކުވާ ފުންޏެއް އޮއްސާލައިފި

28 އޯގަސްޓު 2024
ރައީސް އޮފީހުން މީޑިއާ ތަކާ ބެހޭ ޝަކުވާ ފުންޏެއް އޮއްސާލައިފި
21 ނޮވެމްބަރު 2023

2022 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކަށް، ރާއްޖެ ޓީވީގެ ލައިސާ ނޮމިނޭޓު ވެއްޖެ

21 ނޮވެމްބަރު 2023
2022 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކަށް، ރާއްޖެ ޓީވީގެ ލައިސާ ނޮމިނޭޓު ވެއްޖެ
12 ސެޕްޓެމްބަރު 2023

ނޫސްތަކުން ތެދާއި ހަޤީޤަތް އޮޅުވާލާއިރު، ބެލެނިވެރި އިދާރާތަކުން ހޭލަންޖެހޭ: ނަޒީރު

12 ސެޕްޓެމްބަރު 2023
ނޫސްތަކުން ތެދާއި ހަޤީޤަތް އޮޅުވާލާއިރު، ބެލެނިވެރި އިދާރާތަކުން ހޭލަންޖެހޭ: ނަޒީރު
09 މެއި 2023

އަމިއްލައަށް މަރުވާ މީހުންނާއި ކުޑަކުދިންގެ ޚަބަރުތައް ގެނެސްދިނުމުގައި ސަމާލުވުމަށް އެމްއެމްސީން އިލްތިމާސްކޮށްފި

09 މެއި 2023
އަމިއްލައަށް މަރުވާ މީހުންނާއި ކުޑަކުދިންގެ ޚަބަރުތައް ގެނެސްދިނުމުގައި ސަމާލުވުމަށް އެމްއެމްސީން އިލްތިމާސްކޮށްފި
23 ފެބުރުއަރީ 2023

މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު 26ގައި ހަމަވާނެ

23 ފެބުރުއަރީ 2023
މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު 26ގައި ހަމަވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު