Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެސޯސިއޭޝަން ކަޕް 2022

އެސޯސިއޭޝަން ކަޕް: ހިންމަފުއްޓާއި ކުލަބް އީގަލްސް މޮޅުވެއްޖެ

ހިންމަފުށި މޮޅުވީ އަލްމާ ސްޕޯޓްސް ކުލަބް އަތުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 މެއި 2022 | އާދީއްތަ 18:31
އެސޯސިއޭޝަން ކަޕްގެ ތެރެއިން

އެސޯސިއޭޝަން ކަޕްގެ ތެރެއިން

އެސޯސިއޭޝަން ކަޕްގައި މިރޭ ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބާއި ކުލަބް އީގަލްސް ކުޅުނު މެޗުން ދެ ޓީމު މޮޅުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ހިންމަފުށި ނިކުތީ އަލްމާ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ހިންމަފުއްޓެވެ. މެޗުގެ ސެޓުތައް އެ ޓީމުން ހޯދީ 17-25، 23-25 އަދި 19-25 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހިންމަފުށީގެ ފާތިމަތު ރާޝިދާއެވެ.

މިރޭ ކުޅުނު ދެ ވަނަ މެޗުގައި ކުލަބް އީގަލްސް ނިކުތީ ކުލަބް ހާފް ލައިން ލިންކޭޖާ ދެކޮޅަށެވެ. މި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކުރީ އީގަލްސްއެވެ. އީގަލްސް އިން މެޗުގެ ސެޓުތައް ހޯދީ 12-25، 06-25 އަދި 13-25 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އީގަލްސްގެ ފާތިމަތު މަޒިއްޔާއެވެ.

މުބާރާތުގެ ކުޅުން މާދަމާ ރޭ ވެސް އޮންނާނެއެވެ. މާދަމާ ރޭގެ ފުރަތަމަ މެޗުގައި ކުލަބް ވޮލީބޯލް ނިކުންނާނީ ޔޫތު ނިއު ޖެނަރޭޝަނާ ދެކޮޅަށެވެ. އަދި މާދަމާ ރޭގެ ދެ ވަނަ މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަނުން ނިކުންނާނީ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ.

ޕޫލް އޭގެ އެއް ވަނަ މަގާމުގައި އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ކުލަބް ވެމްކޯއެވެ. ދެ ވަނައިގައި އޮތް ކުލަބް ވޮލީބޯލްއަށް ވެސް ދެ މެޗުން ލިބެނީ ހަ ޕޮއިންޓެވެ. ތިން ވަނަ މަގާމުގައި އޮތް ހިންމަފުއްޓަށް ތިން މެޗުން ލިބެނީ ހަ ޕޮއިންޓެވެ. އެ ޓީމު ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން ބަލިވެފައެވެ. ހަތަރު ވަނަ އަދި ފަސް ވަނައިގައި އޮތް ޔޫތު ނިއު ޖެނަރޭޝަނާއި އަލްމާ ސްޕޯޓްސް ކުލަބަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޕޫލް ބީގެ އެއް ވަނަ މަގާމުގައި އޮތީ ޕޮލިހެވެ. އެއީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނަ މަގާމުގައި އޮތް ކުލަބް އީގަލްސް އަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. އެ ޓީމު ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން ބަލިވެފައެވެ. ޕޫލްގެ ތިން ވަނަ މަގާމުގައި ތިން ޕޮއިންޓާއެކު އޮތީ ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަނެވެ. އެ ޓީމު ވަނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއް މެޗުން ބަލިވެފައެވެ. ދިވެހި ސިފައިންގެ ކުލަބް އޮތީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއް މެޗުން ބަލިވެ ލިބުނު ތިން ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. މި ޕޫލްގެ ފުލުގައި އޮތް ކުލަބް ހާފް ލައިން ލިންކޭޖަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އެސޯސިއޭޝަން ކަޕް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު