Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލެންޑޯ 2022

ބެލެންޑޯ ލިބުން ހައްގީ ބެންޒީމާއަށް: އަގުއޭރޯ

ފައިނަލުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް، ބެލެންޑޯ ހައްގީ ބެންޒީމާއަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މެއި 2022 | ހޮނިހިރު 09:28
އަގުއޭރޯ

އަގުއޭރޯ

މިއަހަރަގެ ބެލެންޑޯ ލިބުން އެންމެ ހައްގީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ކަރީމް ބެންޒީމާއަށް ކަމަށް ސާޖިއޯ އަގުއޭރޯ ބުނެފިއެވެ.

ޞިއްހީ މައްސަލައަކާ ގުޅިގެން މިހާރު ފުޓުބޯޅަ ކުޅުން ހުއްޓާލާފައިވާ އަގުއޭރޯ މިހެން ބުނީ ސްޓޭކް އިން އޭނާއާ ކުރި ސުވާލަކާ ގުޅިގެންނެވެ. އަގުއޭރޯ ބުނީ މި ސިޒަނުގައި ބެންޒީމާ ދެއްކީ ތަފާތު މޮޅު ކުޅުމެއް ކަމަށާއި، ބެންޒީމާއަށް ބެލެންޑޯ ލިބެން ޖެހޭކަމަށެވެ. އަދި ޗެމްޕިއަންސް ލީގު ފައިނަލްގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް، ބެލެންޑޯ ލިބެން ޖެހޭނީ ބެންޒީމާއަށް ކަމަށް އޭނާ ބުންޏެވެ.

ބެންޒީމާ އަންނަނީ މި ސީޒަނުގައި ރެއާލްއާއެކު ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާގެ ކެޕްޓަން ކަމުގެ ދަށުން ރެއާލުން ވަނީ މިސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. ލީގުގައި ޖެހި 27 ގޯލާއެކު ބެންޒީމާއަކީ މި ސީޒަނުގެ ސްޕެނިޝް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އަދި އެންމެ ގިނަ ލަނޑު ޖެހުމަށް އެހީތެރިވެދިނީ ވެސް ބެންޒީމާއެވެ. އޭނާ ވަނީ 12 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

މީގެ އިތުރުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ކޮޅަށް ބެންޒީމާ ވަނީ 17 މިނެޓުގެ ތެރޭގައި ތިން ލަނޑު ޖަހައި އެ ޓީމު ކަޓުވާލާފައެވެ. އަދި ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ޗެލްސީ ކޮޅަށް ވެސް ތިން ލަނޑު ޖަހައި ހެޓްރިކް ހެދިއެވެ. އޭގެ ފަހުން ދެ ވަނަ ލެގުގައި ރެއާލް މޮޅުވީވެސް ބެންޒީމާ ޖެހި ލަނޑުނެވެ. ސެމީ ފައިނަލްގައި ބެންޒީމާ ވަނީ މެންޗެސްޓަރ ސިޓީ ކޮޅަށް ދެ ޕެނަލްޓީން ގޯލު ޖަހާފައެވެ.

މިއަހަރުގެ ބެލެންޑޯ އެވޯޑު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރ 17 ގައެވެ.

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2017

މިފަހަރު ވެސް ބެލެންޑޯ އެވޯޑް ގެންދާނީ ރޮނާލްޑޯ: ޕެރޭޒް

03 ޑިސެމްބަރު 2017
މިފަހަރު ވެސް ބެލެންޑޯ އެވޯޑް ގެންދާނީ ރޮނާލްޑޯ: ޕެރޭޒް
17 ނޮވެމްބަރު 2017

ބޭނުންވަނީ ހަތް ދަރިންގެ އިތުރުން ހަތް ބެލެންޑޯ: ރޮނާލްޑޯ

17 ނޮވެމްބަރު 2017
ބޭނުންވަނީ ހަތް ދަރިންގެ އިތުރުން ހަތް ބެލެންޑޯ: ރޮނާލްޑޯ
02 ނޮވެމްބަރު 2017

ޗެމްޕިއަންސް ލީގު: އަގުއޭރޯގެ ރެކޯޑު ލަނޑާ އެކު ސިޓީ ދެވަނަ ބުރަށް

02 ނޮވެމްބަރު 2017
ޗެމްޕިއަންސް ލީގު: އަގުއޭރޯގެ ރެކޯޑު ލަނޑާ އެކު ސިޓީ ދެވަނަ ބުރަށް
21 އޮކްޓޯބަރު 2017

އަގުއޭރޯގެ ރެކޯޑް ލަނޑާއެކު، މެންޗެސްޓަރ ސިޓީ އިން ލީޑު ފުޅާކޮށްފި

21 އޮކްޓޯބަރު 2017
އަގުއޭރޯގެ ރެކޯޑް ލަނޑާއެކު، މެންޗެސްޓަރ ސިޓީ އިން ލީޑު ފުޅާކޮށްފި
12 އޮކްޓޯބަރު 2017

ސިޓީއަށް މެސީ ގެންނަން ބޭނުން: އަގުއޭރޯ

12 އޮކްޓޯބަރު 2017
ސިޓީއަށް މެސީ ގެންނަން ބޭނުން: އަގުއޭރޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު