Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިއަވަތި ރާއްޖެ

"ވިއަވަތި ރާއްޖެ" ސްޕޯޓްސް ފެސްޓިވަލްގައި ރައީސް ބައިވެރިވެ ވަޑައިގެންފި

މަހާސިންތާއަށް ރައީސް ވަނީ މިއަދު އުކުޅަހަށް ވަޑައިގެންފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 މެއި 2022 | ހުކުރު 12:42
ވިއަވަތި ރާއްޖެ ސްޕޯޓްސް ފެސްޓިވަލްގައި ރައީސް ޞާލިޙު ބައިވެރިވެ ވަޑައިގަންނަވަނީ

ވިއަވަތި ރާއްޖެ ސްޕޯޓްސް ފެސްޓިވަލްގައި ރައީސް ޞާލިޙު ބައިވެރިވެ ވަޑައިގަންނަވަނީ

އއ.އުކުޅަހުގައި ބޭއްްވުމަށް ހަމަޖެހިފައިވާ ވިއަވަތި ރާއްޖެ މަހާސިންތާ ފެށުމުގެ ގޮތުން ބޭއްވި ސްޕޯޓްސް ފެސްޓިވަލްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެ ވަޑައިގެންފިއެވެ.

މި މަހާސިންތާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ވަނީ މިއަދު ހަވީރު އުކުޅަހަށް ވަޑައިގެންފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ސްޕޯޓްސް ފެސްޓިވަލް ކުރިއަށް ދިޔަ ސަރަހައްދަށް ވަޑައިގެން ކުޅިވަރުތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. މިގޮތުން ރައީސް ވަނީ ވާދެމެމުގެ ރޭހުގައި ބައިވެރިވެ ވަޑައިގެންފައެވެ. ރައީސްގެ އިތުރުން ސަރުކާރުގެ ވުޒާރާތަކުގެ ވަޒީރުންނާއި ބައެއް އިސްވެރިންގެ އިތުރުން ކުންފުނިތަކުގެ އިސްވެރިން ވެސް ވަނީ މި ކުޅިވަރުތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ.

ބޮޑުބެރުގެ ހަރަކާތްތަކާއެކު ކުރިއަށް ދިޔަ މިފެސްޓިވަލުގައި ރައީސް ދެން ބައިވެރިވެ ވަޑައިގަތީ ގޯލަށް އަމާޒުކޮށް ބޯޅަ ޖެހުމުގެ ގޭމުގައެވެ. މި ގޭމުގައި ގިނަ ޓީމުތަކުން ބައިވެރިވެފައިވެއެވެ. ކޮންމެ ޓީމެއްގައި ވެސް 15 ބައިވެރިން ހިމެނެއެވެ. ތިން ވަނަ ކުޅިވަރެއްގެ ގޮތުގައި ރައީސް ބައިވެރިވެ ވަޑައިގަތީ ވޮލީ ކުޅުމުގައެވެ.

ވޮލީއަށްފަހު ކުޅިވަރު ފެސްޓިވަލް ވަނީ ނިންމާލާފައެވެ. އެއަށްފަހު ކުރިއަށް ދިޔައީ ފެސްޓިވަލްގެ ބައިވެރިންނަށް ދެވޭ ހަވީރުގެ ސައި ފޮދެކެވެ. ސަޔަށްފަހު މޫދަށް އެރުމުގެ އިވެންޓެއް ވެސް ކުރިއަަށްދާނެއެވެ.

މިމަހުގެ 28-29 ގައި ކުރިޔަށްގެންދާ މި ކޮންފަރެންސްގެ މައިގަނޑު އެއް މަޤްޞަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށް ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު