Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

އަމާޒެއް ނެތް، ތަރުތީބެއް ނެތް، ލާހޫރޭ ސަރުކާރެއްތަ؟

29 އެޕްރީލު 2025 | އަންގާރަ 09:56

ސަރުކާރުގެ ސިޔާސަތުތަކާއި، ސަރުކާރުން އަމަލު ކުރަމުން އަންނަ ގޮތް ވެސް ހުރީ ހަމަ އެ ގޮތަށެވެ. އެއްވެސް ތާކުން ތާކު ޖެހޭ ގޮތަކަށް ކަންތައް ކުރެވޭ މަންޒަރެއް މިވީހާ ތަނަށް ފެނިފައި އެވެ. އެއްވެސް ކަހަލަ ތަރުތީބެއް ސަރުކާރުގައި އަމުދުން ފެންނާން ނެތެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އެޕްރީލު 2025 | އަންގާރަ 09:56
ރައީސް ޑރ. މުހައްމަދު, ސަރުކާރާ މެދު ގިނަ ބަޔަކު މާޔޫސްވެ، ގޮތް ހުސްވެއްޖެ

ރައީސް ޑރ. މުހައްމަދު, ސަރުކާރާ މެދު ގިނަ ބަޔަކު މާޔޫސްވެ، ގޮތް ހުސްވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ދޮޅު އަހަރެއްހާ ދުވަސް ވާން ކައިރިވެފައިވާއިރު، މި ސަރުކާރާ މެދު މާޔޫސް ނުވާ ހަމަ އެންމެ ރައްޔިތަކު ވެސް ނެތެވެ. ސަރުކާރު ދެކެ "އަލިފާން" ކަހަލަ ރުޅި ނާންނަ މީހަކާ މަގެއްގެ މައްޗަކުން ވެސް ދިމާ ނުވެ އެވެ.

މި ސަރުކާރު ގެންނަން ވޯޓު ދިން މީހުންނާއި، މި ސަރުކާރު ގެންނަން އިންތިހާ އަށް މަސައްކަތް ކުރި މީހުން ވެސް ސަރުކާރާ މެދު ފޫހިވެއްޖެ އެވެ. މާޔޫސްވެއްޖެ އެވެ. މި ސަރުކާރު ގެނެވުނީތީ ހިތާމަ ކުރަމޭ ބުނި ކިތަންމެ، ކިތަންމެ މީހަކާ ވެސް ދިމާވެއްޖެ އެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި، ސަރުކާރުން އަމަލު ކުރަމުން އަންނަ ގޮތް ވެސް ހުރީ ހަމަ އެ ގޮތަށެވެ. އެއްވެސް ތާކުން ތާކު ޖެހޭ ގޮތަކަށް ކަންތައް ކުރެވޭ މަންޒަރެއް މިވީހާ ތަނަށް ފެނިފައި އެވެ. އެއްވެސް ކަހަލަ ތަރުތީބެއް ސަރުކާރުގައި އަމުދުން ފެންނާން ނެތެވެ.

ވައުދުތައްވެ، އެ ވައުދުތައް ފުއްދުމުގައި ސަރުކާރު އުޅެނީ އިންތިހާ އަށް ފަހަތުގަ އެވެ. ރައްޔިތުންނަށް ވެފައިވާ މުހިންމު ވައުދުތައް އޮތް ގޮތަށް އޮއްވައި، ސަރުކާރަށް އަހަރެއް ވެގެން ގޮސް، ދެ ވަނަ އަހަރު ފުރެން ކައިރި ވަނީ އެވެ. ވައުދުތައް ހަނދާން ކޮށްލަ ކޮށްލަދީ ރައްޔިތުން ތިބިއިރު، ރައީސް އުޅުއްވަނީ އާރަށުގައި ފުޓްސަލް ކުޅުއްވުމާއި، މީރުހާ ކެއުންތައް ފަރިއްކުޅުއްވުމާއި، މަޖާ ކުރެއްވުމުގަ އެވެ.

ޚަރަދު ކުޑަ ކުރުމާއި، ބޭރުގެ ދަތުރުތައް މަދު ކުރާނެ ވައުދު ވެސް އޮތީ އެވެ. އެހެން ނަމަވެސް، މިވީހާ ތަނަށް އެތައް ފަހަރަކު ރާއްޖެ އިން ބޭރަށް ވަޑައިގެންފި އެވެ. އެހެން ނަމަވެސް، އެއިން ދަތުރަކުން ރާއްޖެ އަށް ވީ އެންމެ ފައިދާއެއް ވެސް ނެތެވެ. ރާއްޖޭގެ ބަޖެޓަށް އިތުރުވި ހިލޭ އެހީއެއް، ނުވަތަ އެ ނޫން ވެސް އެހީއެއް ނެތެވެ. ހަމަ އެންމެ ޑޮލަރު ގަނޑެއްގެ މިންވަރު ވެސް ލިބޭ ވަރު ނުވި އެވެ.

ކަންކަން ކުރައްވަމުން ގެންދަވަނީ ވެސް އެއްވެސް ތަރުތީބެއް، ހަމައެއް ލަމައެއް ނެތިކަން ސާފުވެއްޖެ އެވެ. މާބޮޑަށް މިހާރު އެކަން ޔަގީން ވެސް ވެއްޖެ އެވެ. މި ފަހުން މާލޭގެ ފުރާޅެއްގެ މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން ވެސް ފެންނަން އޮތީ އެކަމެވެ.

އެ މައްސަލައިގެ ތަހުގީގަށް ރައީސް މުޢިއްޒު އުފެއްދެވު ރިޔާސީ ކޮމިޝަންގައި ހިމެނުނު އެއް ފަރާތަކީ، އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ މީހާއާ އާއިލީ ގޮތުން ގުޅުން އޮތް މީހެކެވެ. ސާބަހެވެ! ސާބަހެވެ! އެވަރުގެ ކަމެއް ނިންމާލިއިރު، ރަައީސް މުޢިއްޒު އަށް އަދި ސަރުކާރަށް ވެސް އެކަން އެނގޭނެ ހަމަ އެންމެ ގޮތެއް ވެސް ނެތީ އެވެ. ނުވަތަ ނެތީ ހެެއްޔެވެ؟

ރައީސް މުޢިއްޒު އެވެ. ޕޮޑްކާސްޓުތައް ހުއްޓާލައްވާށެވެ. ދުތުރުފުޅުތައް މަޑު ޖައްސަވާލާށެވެ. އާރަށު ދަތުރުތައް ވެސް ހުއްޓާލައްވާށެވެ. އެއަށްފަހު ކުރަން އޮތީ މާ މުހިންމު ކަމެކެވެ.

ރަނގަޅަށް ސަރުކާރު އަތުރާލައްވާށެވެ. ކަންކަން ކުރަންވީ ގޮތް ރަނގަޅަށް ރާވާލަށެވެ. ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންނަވައި، ކޮންމެހެން ކުރަން ނުޖެހޭ ކަންކަން ފަހަށް ޖައްސަވައި ލައްވާށެވެ. މި ޤައުމުގައި މި އުޅޭ ދިވެހި ރައްޔިތުންނަށް ހެޔޮ ގޮތެއް ވާން އޮތީ މަނިކުފާނު އެ މަގުން ކަން ކުރައްވައިގެންނެވެ.

އަނެއްކާ މިހެން ބުނީތީ، ދެން އޮންނަ ޖަލްސާއެއްގައި އަޅުގަނޑަށް ކުރު ދޮށިން ދެއްވާނީއެއް ނޫނެވެ. އެކަން ވެސް މިހާރު މަނިކުފާނު އާދައަކަށް ހައްދަވަައިފި އެވެ. ކޮންމެ ވެސް ކަހަލަ ހަމަތަކަކާއި، އުސޫލުތަކެއްގައި ހިފަހައްޓަވާށެވެ.

މި ހަފުތާ އަށް ދެން މިވަރުން ފުއްދާލީ އެވެ. އަދި އަންނަ ހަފުތާގައި ދެން ހުރި ވާހަކަތަކާ އެކު ވެސް އަންނާނަމެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

14 މެއި 2017

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!
08 މެއި 2017

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!
12 އެޕްރީލު 2017

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
18 ފެބުރުއަރީ 2017

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ސިޔާސަތެއް ނެތް ވެރިކަން!
10 ފެބުރުއަރީ 2017

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
24 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

24 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް