Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ޕީއާރު ޓީމުން ބައިވެރި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި

ރާއްޖެ ޓީވީ އިން ހުށަހެޅި އާރުޓީއައިގެ ޖަވާބުގައި ރައީސް އޮފީހުން ބުނެފައި ވަނީ، ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ރައީސް މުޢިއްޒު ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައި ޕީއާރު މަސައްކަތް ކުރެއްވުމަށް އެއްވެސް ބޭފުޅަކު ވަޑައިގެންފައި ނުވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖޫން 2025 | އަންގާރަ 09:55
ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ޙައްޖު ކޯޕަރޭޝަންގެ އެހީތެރިންގެ ގޮތުގައި ވަޑައިގެންނެވި ސަރުކާރު ހިންގާ ޕާޓީ އަށް ނިސްބަތްވާ ބައެއް އެކްޓިވިސްޓުން

ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ޙައްޖު ކޯޕަރޭޝަންގެ އެހީތެރިންގެ ގޮތުގައި ވަޑައިގެންނެވި ސަރުކާރު ހިންގާ ޕާޓީ އަށް ނިސްބަތްވާ ބައެއް އެކްޓިވިސްޓުން

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅުގައި ޕީއާރު ޓީމުން ބައިވެރި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ރައީސް މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސައުދީ އަށް ވަޑައިގެންނެވީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު އެވެ. އަދި ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ފަހު އެނބުރި މާާލެ ވަޑައިގެންނެވީ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ރައީސް މުޢިއްޒު ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގައި ޕީއާރު ޓީމުގައި ކިތައް މީހުން ބައިވެރިވީތޯ އާއި، އެ މީހުންގެ ޚަރަދަށް ކިހާވަރެއް ޚަރަދުވިތޯ ސުވާލުކޮށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ޤާނޫނުގެ ދަށުން ރާއްޖެ ޓީވީ އިން ހުށަހެޅި އާރުޓީއައިގެ ޖަވާބުގައި ރައީސް އޮފީހުން ބުނެފައި ވަނީ، ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ރައީސް މުޢިއްޒު ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައި ޕީއާރު މަސައްކަތް ކުރެއްވުމަށް އެއްވެސް ބޭފުޅަކު ވަޑައިގެންފައި ނުވާ ކަމަށެވެ.

ރައީސް މުޢިއްޒު ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ ބައެއް ވަޒީރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން، މާލީ ވަޒީރު މޫސާ ޒަމީރު، ޚާރިޖީ ވަޒީރު ޑޮކްޓަރު ޢަބްދުﷲ ޚަލީލް އަދި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މީގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުނާއި، ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު ޝަހުދީގެ އިތުރުން ބައެއް ވަޒީރުންގެ އަނބިކަނބަލުން ވެސް ވަނީ އެ ދަތުރުގައި ބައިވެރިވެފަ އެވެ.

ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ރައީސް މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި ދިވެހި ހައްޖާޖީންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން، ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަދި ސައުދީ ސަރުކާރުގެ ބައެއް އިސްވެރިންނާ ވެސް ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުންތަކުގެ ފޮޓޯ އާއި ޚަބަރުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ވަނީ ޝާއިއު ވެސް ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު