Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީއަށް ކުރިމަތިވި ގެއްލުން

"ރާއްޖެޓީވީ ހުންނާކަށް ރައީސް ޔާމީން ބޭނުންފުޅެއް ނުވޭ"

ރާއްޖެޓީވީ އެކި ފަހަރުމަތިން މިލިއަނުން ޖޫރިމަނާ ކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 މެއި 2022 | ބުދަ 09:52
ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މުއާޒް ބައިވެރިވެވަޑައިގަންނަވަނީ

ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މުއާޒް ބައިވެރިވެވަޑައިގަންނަވަނީ

ރާއްޖެޓީވީ ހުންނާކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ބޭނުންފުޅެއް ނުވާކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ، ރާއްޖެޓީވީ އޮތުމަށް ރައީސް ޔާމީނު ބޭނުންފުޅު ނުވާ ކަމަށެވެ.

Advertisement - newsAdvertisement

މުއާޒް ވިދާޅުވީ، ރާއްޖެޓީވީއާ ވާދަކުރާނެ ބަޔަކު އުފެއްދުމަށް ރައީސް ޔާމީނު ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ.

އޭރު ބްރޮޑްކާސްޓިންގ ކޮމިޝަން މެދުވެރިކޮށް އެތައް ފަހަރެއްގެ މަތިން ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައިވާއިރު، ރައީސް ޔާމީނު ބްރޮޑްކާސްޓިންގ ކޮމިޝަން ކޮންޓްރޯލް ކުރައްވަމުން ގެންދެވިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭރުވެސް ކޮމިޝަނުން އެކި ކަންކަމުގައި ރައީސް އޮފީހަށް ގުޅާކަން މުއާޒް ފާހަގަ ކުރެއްވިއެވެ. ރައީސް ޔާމީނަކީ މިނިވަން މުއައްސަސާތަކަށް އަތް ނުފޯރުއްވާ ބޭފުޅެކޭ ވިދާޅުވެވެން ނެތްކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މި ޕްރޮގްރާމްގައި ވިދާޅުވިއެވެ.

ރާއްޖެޓީވީގެ އުމުރުން 11 އަހަރު ނިމިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ވެފައިވާއިރު ރާއްޖެޓީވީއަކީ އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ޓީވީ ސްޓޭޝަނެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެޓީވީއަށް އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވެފައިވެއެވެ.

2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ މެންދަމު ރާއްޖެޓީވީ އޭރު ހިންގަމުންދިޔަ ބީކޭޓީ ބިލްޑިންގ ގައި ރޯކޮށްލާފައިވާއިރު، މިޖަރީމާއާ ގުޅިގެން 11.65 މިލިއަން ރުފިޔާގެ ގެއްލުން ރާއްޖެޓީވީއަށް ލިބުނެވެ. އެހެންނަމަވެސް، އޭރު ދައުލަތުގެ އިދާރާތަކުން އިންސާފު ހޯދުމަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވެފައެއް ނުވެއެވެ.

އޭގެ އިތުރުން، ރާއްޖެޓީވީ އެކި ފަހަރުމަތިން މިލިއަނުން ޖޫރިމަނާކޮށްފައިވާއިރު، ރާއްޖެޓީވީގެ ނޫސްވެރިން ބަންދުކޮށް ކޯޓުތަކުގައި ނޫސްވެރިންގެ މައްޗަށް ދައުވާވެސް އުފުލާފައިވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު