Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރަށު ހިޔާނަތުގެ މައްސަލަ

އާރަށު ހިޔާނަތް: ދައުލަތާއި ދިފާއަށް އެރި އޮޅުމެއްގެ ސަބަބުން މުހިއްމު ފުރުސަތެއް ގެއްލިއްޖެ

25 މެއި 2022 | ބުދަ 06:26

އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 11 އޭޕްރީލް 2022 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 މެއި 2022 | ބުދަ 06:26
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ

ފެލިދެއަތޮޅު އާރަށް ތަރައްޤީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނެގި މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުންތައް ކުރިއަށް ގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، މި މައްސަލައިގައި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޔޫސުފް ނައީމްގެ މައްސަލަވެސް އެކުއެކީގައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 11 އޭޕްރީލް 2022 ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވަނީ މި މައްސަލައިގެ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅުއްވައި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ފުރުސަތު ދެއްވާފައެވެ.

އެ ދުވަހު ގާޒީ ވަނީ 15 ދުވަހުގެ މުއްދަތެއް ދައުލަތާއި ދިފާއަށްވެސް ދެއްވާފައެވެ. އަދި 15 ދުވަސް ގުނާނީ މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ ދަށުންކަމަށް ގާޒީ އެ ދުވަހު ވިދާޅުވިއެވެ.

ބުދަ ދުވަހުގެ އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ހުށައެޅުންތައް ހުށައެޅުއްވީ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައިތޯ ސުވާލެއް އަމާޒު ކުރައްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި ދައުލަތުން ބުނީ، ދައުލަތުގެ ހުށައެޅުންތައް ހުށައަޅާފައިވާނީ މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާން ކުރާ މުއްދަތަށް ކަމަށެވެ.

އެ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރަނީ ފުރުސަތު ދެއްވި ދުވަހާއި، މުއްދަތު ހަމަވާ ދުވަސް ނުގުނާނެ ކަމަށެވެ. އަދި ވަކި ކަމެއް ކުރަން އޮތް އެންމެ ފަހު ތާރީޚަކީ ރަސްމީ ބަންދު ދުވަހަކަށްވާނަމަ، އެ ކަމެއް ބަންދު ދުވަހާއި ވިދިގެން އަންނަ ރަސްމީ ބަންދު ނޫން ދުވަހު ކުރެވިދާނެ ކަމަށެވެ.

އެހެންނަމަވެސް އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ 7 ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ ކަންކަން ކޮށްފިކަން ކަށަވަރު ކުރުމުގައި އެ 7 ދުވަހުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމެނެނޭ ކަމަށެވެ. ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ދެއްވާފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ. ވީއިރު، މިއީ 7 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ބާވަތުގެ ކަމެއް ނޫނެވެ.

ނަމަވެސް ދައުލަތާއި ދައުވާލިބޭ ފަރާތްތަކުން މުއްދަތު ގުނާފައިވަނީ އެ ދެމެދަށް އައި ފިތުރު އީދުގެ ޗުއްޓީގެ މުއްދަތަށްވެސް ބަލާފައެވެ.

އެ ނުކުތާ ދައުލަތުންވެސް ފަހުން ވަނީ ޤަބޫލުކޮށްފައެވެ. އެގޮތުން ދައުލަތުން މުއްދަތު ގުނާފައިވަނީ ރަނގަޅަށް ނޫންކަމަށް ދައުލަތުގެ ވަކީލުވެސް ޤަބޫލު ކުރެއްވިއެވެ. ދައުލަތުން ވަނީ އެ ކަން ދައުލަތަށްވެސް "ކައްސާލީކަމަށް" ވިދާޅުވެފައެވެ.

ރައީސް ޔާމީނުގެ ފަރާތުންވެސް، ޔޫސުފް ނައީމްގެ ފަރާތުންވެސް ހުށައެޅުންތައް ހުށައަޅުއްވާފައިވަނީ ހަމަ އެގޮތަށް މުއްދަތު ގުނައިގެންނެވެ.

ވުމާއެކު، މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ހުށައެޅުމެއް ހުށައަޅުއްވާފައިނުވާތީ، އެ ހުށައެޅުންތައް ބަަލައިނުގެންނެވުމަށް ނިންމަވާފައެވެ.

ގާޒީ ޝަކީލު ވިދާޅުވާ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުން ދައުވާލިބޭ ފަރާތްތަކާ ސުވާލުކޮށް، ދެވެން އޮތް އެންމެ ދިގު މުއްދަތުކަމަށްވާ 15 ދުވަސް ޝަރީއަތުން ވަނީ ދީފައެވެ. އެ މުއްދަތުގެ ތެރޭގައި ހުށައެޅުން ހުށަނާޅައިފިނަމަ އިތުރު ފުރުސަތެއް ނުދެވޭނެކަމަށް އެ މާއްދާގެ (ނ) ގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެހާ ސާފުކޮށް އޮތްކަމެއް އޮޅިގެން ނުވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ވުމާއެކު، ދެން މި މައްސަލައިގައި އޮންނާނީ ޝަރީއަތް ފެށުމެވެ. އެގޮތުން 2 ޖޫންގައި މި މައްސަލައިގެ ޝަރީއަތް ފަށައި، އިފްތިތާޙީ ބަޔާން އިއްވެވުމަށް ގާޒީ ވަނީ ތާވަލު ކުރައްވާފައެވެ. ގާޒީ ވިދާޅުވީ ޝަރީއަތް ފައްޓަވާނީ މައްސަލަ ލައިވްކޮށްގެން ކަމަށެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

30 މެއި 2017

ފުވައްމުލަކު ފަރަށް އެރި ބޯޓް ޖޫރިމަނާ ކުރުމުގެ ގާނޫނީ ލަފަޔަކަށް އީޕީއޭ އިން އެދިއްޖެ

30 މެއި 2017
ފުވައްމުލަކު ފަރަށް އެރި ބޯޓް ޖޫރިމަނާ ކުރުމުގެ ގާނޫނީ ލަފަޔަކަށް އީޕީއޭ އިން އެދިއްޖެ
29 މެއި 2017

ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި

29 މެއި 2017
ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި
25 މެއި 2017

އައްޑޫ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް އާންމު ދިރިއުޅުމަށް އާދެވިއްޖެ

25 މެއި 2017
އައްޑޫ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް އާންމު ދިރިއުޅުމަށް އާދެވިއްޖެ
18 މެއި 2017

ގިރިއަކަށް އެރި މަސްދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިވަނީ

18 މެއި 2017
ގިރިއަކަށް އެރި މަސްދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިވަނީ
30 މާރިޗު 2017

މޫދަށް އެރިއުޅުނު ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި

30 މާރިޗު 2017
މޫދަށް އެރިއުޅުނު ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި
21 ފެބުރުއަރީ 2017

ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން

21 ފެބުރުއަރީ 2017
 ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް