Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ

އައްޑޫ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް އާންމު ދިރިއުޅުމަށް އާދެވިއްޖެ

25 މެއި 2017 | ބުރާސްފަތި 14:06

ގެއްލުން ލިބުނު އެއްވެސް އާއިލާއެއް މިހާރު ވަގުތީ ހިޔާގައި ނުތިބޭނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 25 މެއި 2017 | ބުރާސްފަތި 14:06
އައްޑޫ ސިޓީ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެއެއް

އައްޑޫ ސިޓީ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެއެއް

އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު ގެތަކުގެ އާއިލާތަކަށް އާންމު ދިރިއުޅުމަށް އާދެވިއްޖެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތައް މަރާމާތުކޮށް ނިމި އެ ގަތަކުގައި ދިރިއުޅޭ އާއިލާތައް މިހާރު އެ ގެތަކަށް ބަދަލުވެފައިވާ ކަމަށެވެ.

ސޯބެ ވިދާޅުވީ ނަގޫރޯޅީގެ ސަބަބުން ފުރާޅު އެއްލައިލި ގެތަކުގައި އަލުން ފުރާޅު އަޅާ މަރާމަތުކޮށް ނިމިފައިވާ ކަމަށެވެ. ނަމަވެސް އަދި ވެސް އެ ގަތަކުގައި ކުރަން ޖެހޭ ކުދިކުދި މަރާމާތުތައް ހުރިކަން ސޯބެ ފާހަގަ ކުރެއްވިއެވެ.

ސޯބެ ވިދާޅުވީ ހާލުގައި ޖެހެނު މީހުން ވަގުތީ ހިޔާވެހިކަމުން އާންމު ދިރިއުޅުމަށް އާދެވުނު ނަމަވެސް އެ ގެތަކުގައި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބި ތަކެތި ހަލާކުވެފައިވާތީ އެ އާއިލާތަކަށް ދިރިއުޅެން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. ހާއްސަކޮށް ބަދިގޭގައި ގެންގުޅޭ ތަކެތި ހަލާކުވެފައި ވާތީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

ނަގޫރޯޅީގައި ލިބުނު ގެއްލުންތަކުގެ އެސެސްމެންޓް ރިޕޯޓާ ބެހޭ ގޮތުން ސޯބެ ވިދާޅުވީ ގާތްގަޑަކަށް ލިބުނު ގެއްލުން ފަސް މިލިޔަން ރުފިޔާ އަށް އަރާ ކަމަށާއި އަދި އެ މައުލޫމާތު ޑިޒެސްޓާ މެނޭޖްމެންޓާ ހިއްސާ ކޮށްފައިވާނެ ކަމަށް ސޯބެ ވިދާޅުވިއެވެ. އަދި ގެއްލުން ލިބުނު އާއިލާތަކަށް ބަދަލު ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން އައްޑޫ ސިޓީގެ ރައްޔިތުންގެ ހާލު ބެއްލުމަށް ޑިފެންސް މިނިސްޓަރު އިސްކޮށް ހުންނަވާއިގެން ވަނީ ނަގޫރޯޅީގައި ގެއްލުން ލިބުނު ރައްޔިތުންނާއި ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމަށް ފަހު އައްޑޫ ގައި ގާއިމްވެފައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި، ގެއްލުން ލިބުނު ގެތަށް މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަމާ އެކު ވަނީ ފަށާފައެވެ.

ޖުމްލަ 13 ގެއެއްގެ ފުރާޅަ އެއްލާލާފައި ވާއިރު ތިން ގެއްއެއްގެ ފުރާޅުގައި މިހާރު ވަނީ ޓިނު ޖަހައި ނިމިފައެވެ. އެހެންނަމަވެސް ނަގޫރޯޅިއާ ގުޅިގެން ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ބައެއް ގެތަކަށް އަދިވެސް ކަރަންޓް ނުލިބޭކަން ފާހަގަކޮށްލެވެއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް