Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕްލާސްޓިކް ފޭސްއައުޓް ކުރުން

ޕްލާސްޓިކާ ނުލާ އުޅެން ކިހާވަރަކަށް ތައްޔާރު؟

އެކި މަރުހަލާތަކަކަށް ބަހާލައިގެން ޕްލާސްޓިކް ފޭސްއައުޓް ކުރަން ދަނީ މަސައްކަތްކުރަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 24 މެއި 2022 | އަންގާރަ 02:10
މާލޭގެ ގެއަކުން ނެރެފައި ހުރި ކުނި

މާލޭގެ ގެއަކުން ނެރެފައި ހުރި ކުނި

ދިވެހިންގެ ދިރިއުޅުން ބައްޓަންވެފައި އޮންނަ ގޮތުން ޒަމާނުއްސުރެވެސް ދިވެހިންނަކީ ޕްލާސްޓިކާ ވަރަށް ގާތް ބައެކެވެ. އެކި ވައްތަރުގެ ޕްލާސްޓިކް ފުޅިއާއި ޕްލާސްޓިކް ކޮތަޅަކީ ކޮންމެ ގެއަކުވެސް އާންމުކޮށް ބޭނުންކުރާ ތަކެއްޗެވެ. ކޮންމެ ކަމެއްގައިވެސް ޕްލާސްޓިކް ބޭނުންކުރެއެވެ. ހަގީގަތުގައި އެއިން ކުރާނެ ނުރަނގަޅު އަސަރު ނޭނގިއެވެ. އެހެންނަމަވެސް، މިއަދު އަހަރެމެންގެ ލޮލަށް ކަންކަން ފެނި، އެއިން ކުރާ އަސަރުތައް އެނގި މިދަނީ އެކަންކަމާ ކުރިމަތިލަމުންނެވެ.

ޕްލާސްޓިކުގެ މައްސަލައަކީ މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ މައްސަލައެކެވެ. މިއަދު މުޅި ދުނިޔެ މިވަނީ ޕްލާސްޓިކުން ތަޣައްޔަރުވެފައެވެ. ދުނިޔޭގެ އެކި ގައުމުތަކުން ޕްލާސްޓިކް ޕޭސްއައުޓް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ރާއްޖެއިން ވެސް ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ފޭސްއައުޓް ކުރުމުގެ އަމާޒު ހިފާފައެވެ. މިގޮތުން އެކި މަރުހަލާތަކަށް ބަހާލައިގެން ޕްލާސްޓިކް ފޭސްއައުޓް މަސައްކަތް ފަށާފައިވާއިރު، މިގޮތަށް ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރަމުންގޮސް 2030 ގެ ނިޔަލަށް މި މަސައްކަތް ނިންމާލުމަށް އަމާޒު ހިފަައި، އެ އަމާޒާ އެއްގޮތަށް ދަނީ މަސައްކަތްކުރަމުންންނެވެ.

މިގޮތުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނެސް، އެ ގާނޫނުގެ ހަތް ވަނަ މާއްދާގައި ހިމެނޭ ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން ސިންގަލް ޔޫޒް ޕްލާސްޓިކް ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ތަކެތި ރާއްޖެ އެތެރެކުރުން ވަނީ މަނާކޮށްފައެވެ. މި ލިސްޓުގައި 13 ބާވަތެއްގެ ޕްލާސްޓިކް ބާޒާރަށް ނެރުމާއި ވިއްކުމާއި އުފެއްދުން މަނާކުރުމަށް ވަނީ ހިމަނާފައެވެ. ބާޒާރަށް ނެރުން މަނާކުރުމަށް ހުށަހަޅާފައިވާ ތާރީޚުތަކަކީ 2022 ވަނަ އަހަރުގެ ޖޫން 1، އަދި ސެޕްޓެމްބަރ 1 އާއި 2023 ވަނަ އަހަރުގެ މާރޗް 1 އަދި 2024 ވަނަ އަހަރުގެ މާރޗް 1ން ފެށިގެންނެވެ. އުފެއްދުން މަނާކުރުމަށް ހުށަހަޅާފައިވާ ތާރީޚުތަކަކީ 2022 ވަނަ އަހަރުގެ ޖޫން 1، ޑިސެމްބަރ 1 އަދި 2023 ވަނަ އަހަރުގެ ޑިސެމްބަރ 1ން ފެށިގެންނެވެ.

މި ތާރީޚުތަކުގައި ރާއްޖޭފައި އުފެއްދުމާއި ބޭނުންކުރުން މަނާކުރަން ނިންމާފައިވާ ތަކެތީގެ ތެރޭގައި އަހަރެމެން އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތި ވަރަށް ގިނައެވެ. އޭގެތެރޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ހޮޅިއާއި، ޕްލާސްޓިކުން ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު, ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް، ޕްލާސްޓިކް ކޮތަޅު، ސުޕާރީ ޕެކެޓު، ފެންބޯ ތަށި، ޕްލާސްޓިކް ދަނޑިކޮޅުލީ ކަފަބުރު އަދި ޕްލާސްޓިކް ފުޅީގައި ހުންނަ ފެނާއި، ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން ފުޅި މި ލިސްޓުގައި ވަނީ ހިމެނިފައެވެ.

މީގެ ތެރެއިންވެސް އަހަރެމެންގެ އާންމު ދިރިއުޅުގައި ބޭނުންކުރާ ބާވަތްތަކުގެ ތެރޭގައި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތަކެއްޗާއި، ކޮތަޅު ފާހަގަކޮށްލެވެއެވެ. މިތަކެތި ބޭނުންކުރުން މަނާކުރަން ދެން އޮތީ މަދު ދުވަސްކޮޅެކެވެ. މިހާރު އުފެދޭ ސުވާލަކީ މި ތަކެއްޗާ ނުލާ އުޅެން އަހަރުމެން ތައްޔާރުވެފައި އޮތީ ކިހާ މިންވަރަކަށް ބާއެވެ. ހަގީގަތުގައި އަދިވެސް ފެންނަ މަންޒަރުތަކުން ބައެއް މީހުން މިކަމަށް މާ ބޮޑު ސަމާލުކަމެއް ދޭހެނެއް ހިއެއް ނުވެއެވެ. ފިހާރައަކުން އެއްޗެއް ގަނެގެން ނިކުންނަ އިރު އަދިވެސް އަތުގައި އޮންނަނީ ޕްލާސްޓިކް ކޮތަޅެކެވެ. އޭގެ ބަދަލުގައި ބާޒާރު ކޮތަޅެއް ގެންދިއުން މާ ބުއްދިވެރި ނޫންތޯއެވެ؟ އަދިވެސް ފެން ބުއިމަށް ކުދި ޕްލާސްޓިކް ފުޅި ބޭނުންކުރެއެވެ. އޭގެ ބަދަލުގައި ބިއްލޫރި ފުޅިއެއް ނުވަތަނަ ލޯ ފުޅިއެއް ބޭނުންކުރުން ރަނގަޅެއް ނޫންތޯއެވެ؟

މިކަންކަމަށް ތައްޔާރުވާކަށް ދެން މާ ގިނަ ދުވަހެއްވެސް ނެތެވެ. އަންނަ ޖޫން މަހުން ފެށިގެން 8 ބާވަތެއްގެ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ބާޒާރަށް ނެރުން މަނާވާނެއެވެ. މީގެ ތެރޭގައި 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކު ކޮތަޅު ހިމެނެއެވެ. އަދިވެސް ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ބައެއް ބާވަތްތަކާއި، ޕްލާސްޓިކުން ހަދާފައި ހުންނަ ތަކެތި ހިމެނޭއިރު، ޕްލާސްޓިކް ފޭސްއައުޓް ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް ކާމިޔާބުވާނީ އަހަރެމެންގެ އުޅުމަށްވެސް ބަދަލުތަކެއް ގެނެސްގެންކަން ޔަގީނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރީނދުލާއި، ރަތާއި، ފެއްސާއި، ފިޔާތޮށިން މާމިގިލި ނަލަކޮށް، ބޮޑު ޖަލްސާއަކަށް ތައްޔާރުވެފައި!

ރީނދުލާއި، ރަތާއި، ފެއްސާއި، ފިޔާތޮށިން މާމިގިލި ނަލަކޮށް، ބޮޑު ޖަލްސާއަކަށް ތައްޔާރުވެފައި!

11 ޖެނުއަރީ 2018
ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟

ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟

19 ނޮވެމްބަރު 2017
 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
ސަރުކާރަށް ތައްޔާރުވެވުނު އިރަކުން ބާއްވާ ބައި އިލެކްޝަން!

ސަރުކާރަށް ތައްޔާރުވެވުނު އިރަކުން ބާއްވާ ބައި އިލެކްޝަން!

22 ސެޕްޓެމްބަރު 2017
ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

10 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު