Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕްލާސްޓިކް

ދެނެގަނެވިފައި އޮތް މިންވަރަށް ވުރެ ޕްލާސްޓިކްގައި ކެމިކަލް ގިނަ، ބޮޑު ޕަސެންޓެއް ރެގިއުލޭޓް ކުރެވޭނެ ގޮތެއްވެސް ނެތް!

ޕްލާސްޓިކުން އުފައްދާފައިވާ އެންމެ އުފެއްދުމެއްގައިވެސްވެސް އެތައް ސަތޭކައަކާއި، އެތައް ހާހަކާއި ދެމެދު މިންވަރެއްގެ ކެމިކަލް އެކުލެވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 20 މާރިޗު 2024 | ބުދަ 04:34
ތިމާވެއްޓާ ބެހޭ އދގެ މަޝްރޫޢު (ޔުނެޕް) އަދި އެހެނިހެން ބައެއް އިދާރާތަކުން މީގެ ކުރިން ވަނީ، ޕްލާސްޓިކްގައި އެކުލެވޭ 13000 ކެމިކަލްއެއް ދެނެގަނެފައި

ތިމާވެއްޓާ ބެހޭ އދގެ މަޝްރޫޢު (ޔުނެޕް) އަދި އެހެނިހެން ބައެއް އިދާރާތަކުން މީގެ ކުރިން ވަނީ، ޕްލާސްޓިކްގައި އެކުލެވޭ 13000 ކެމިކަލްއެއް ދެނެގަނެފައި

އަހަރެމެން އިންސާނުންނާއި އެހެނިހެން ދިރޭ މަޚްލޫޤުތަކުންގެ ފުރާނައަށާއި، ދިރިއުޅޭ ވައްޓަށް އެ އެއްޗެއްގެ ސަބަބުން އިންތިހާ ނުރައްކާ ކުރިމަތި ކުރުވި ކަމުގައި ވީ ނަމަވެސް، އެ އެއްޗަކާ ނުލާ ދިރިއުޅުން ކުރިއަށް ގެންދިއުމަށް އުނދަގޫ ކުރާ އެކައްޗަކަށް ވެފައި އޮންނަނީ ޕްލާސްޓިކްއެވެ. ޕްލާސްޓިކުން ލިބޭ ގެއްލުންތަކުގެ ވާހަކަ، އެކި ސިފަސިފައިގައި ސައިންވެރިން ތިލަކޮށްދިން ކަމުގައި ވީ ނަމަވެސް، ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެ ބަދަލުގައި ދެވެނީ ދޯކާއެކެވެ. ޕްލާސްޓިކުގެ ނުރައްކާ އަންގައިދެނިވި އިންޒާރުގެ ރަނގަބީލުތަކުގެ އަޑުފަށްގަނޑު ހައްތަހާ ދަނީ ގަދަވަމުންނެވެ. މަރޗް 14 ވަނަ ދުވަހު ޝާޢިއު ކުރި ދިރާސާއަކީވެސް އެފަދަ، އަޑު ގަދަ ރަނގަބީލެކެވެ.

އަހަރެމެންގެ ދިރުއުޅުމުގެ އެކި ބޭނުންތަކާއި މުހުތާދުތައް ފުއްދުމުގެ ނިޔަތުގައި ގެންގުޅޭ އެކި ޒާތްޒާތުގެ ޕްލާސްޓިކަށް ބަލާއިރު، މީގެ ކުރިން ހީކުރެވިފައިވާ މިންވަރަށް ވުރެ އިތުރަށް، 3000 ކެމިކަލްއެއް، އެ ޕްލާސްޓިކްގައި އެކުލަވޭކަމަށް، ބުރާސްފަތި ދުވަހު ޝާޢިއު ކުރި ދިރާސާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެއީ ތިމާވެށީގެ ޙައްޤުގައި މަސައްކަތް ކުރާ ބައިނަލްއަޤުވާމީ އޭޖެންސީތަކުން މީގެ ކުރިން އަންދާޒާ ކޮށްފައި ވާ މިންވަރަށް ވުރެ އިތުރަށެވެ. މި ދެންނެވި ކެމިކަލްތައް ފެނިފައި ވަނީ ޢާންމު ދިރިއުޅުމުގައި ބޭނުން ކުރާ އެކި އުފެއްދުންތަކުންނެވެ. އޭގެ ތެރޭގައި ކާބޯތަކެތި ބަންދު ކުރަން ބޭނުން ކުރާ ޕްލާސްޓިކް، ކުޑަކުދިންގެ ކުޅޭ ސާމާނު އުފައްދާފައި ހުންނަ ޕްލާސްޓިކް އަދި ޞިއްޙީ އެކި ކަންކަމަށް ބޭނުން ކުރާ އެކި ޢާލާތްތައް އުފައްދަން ބޭނުން ކޮށްފައި ހުންނަ ޕްލާސްޓިކްވެސް ހިމެނެއެވެ.

ތިމާވެއްޓާ ބެހޭ އދގެ މަޝްރޫޢު (ޔުނެޕް) އަދި އެހެނިހެން ބައެއް އިދާރާތަކުން މީގެ ކުރިން ވަނީ، ޕްލާސްޓިކްގައި އެކުލެވޭ 13000 ކެމިކަލްއެއް ދެނެގަނެފައެވެ. އެންމެ ފަހުން ވިލާތުގެ ސައެންސްވެރިން ހޯދިހޯދުންތަކުން، ޕްލާސްޓިކްގެ 16000 ކެމިކަލްއެއް ވަނީ ދެނެގަނެވިފައެވެ. އެ ކެމިކަލްތަކުގެ ތެރެއިން 4 ބައިކުޅަ 1 ބައި ކެމިކަލްއަކީ އިންސާނުންގެ ފުރާނައަށާއި ވެއްޓަށްވެސް ނުރައްކާ ބޮޑު ކެމިކަލް ކަމަށް ބެލެވެއެވެ.

ދިރާސާގެ އިސް މުޞައްނިފުގެ ގޮތުގައި މަސައްކަތް ކުރެއްވީ، ނޯވީޖިއަން ޔުނިވަރސިޓީ އޮފް ސައެންސް އެންޑް ޓެކްނޮލޮޖީގެ އެންވައިރަމެންޓް ޓޮކްސިކޮލޮޖިސްޓް، މަރޓިން ވެގްނަރއެވެ. ވެގްނަރ ފާހަގަ ކުރެއްވި ގޮތުގައި، ޕްލާސްޓިކުން އުފައްދާފައިވާ އެންމެ އުފެއްދުމެއްގައިވެސްވެސް އެތައް ސަތޭކައަކާއި، އެތައް ހާހަކާއި ދެމެދު މިންވަރެއްގެ ކެމިކަލް އެކުލެވެއެވެ.

ދިރާސާއަށް ފަންޑު ކޮށްފައި ވަނީ ނޯވީޖިއަން ރިސަރޗް ކައުންސިލްއިންނެވެ. ދިރާސާ އެކުލަވާލާ، ޢާންމުކޮށްފައި ވާ މި ދަނޑިވަޅަކީ، މިއަދު ބޮޑުވެފައިވާ ޕްލާސްޓިކްގެ ތަޣައްޔަރުކަމުގެ މައްސަލައަށް ގޮންޖެހުމުގެ ގޮތުން ދުނިޔޭގައި ފުރަތަމަ ފަހަރަށް މުޢާހަދާއެއް އެކުލަވާލުމަށް، ނޯވޭގެ ސަރުކާރުގެ މުފައްވިޟުން ނުވަތަ ނެގޯޝިއޭޓަރުން މަސައްކަތްތަކެއް ކުރަމުން ގެންދާ ދަނޑިވަޅެކެވެ.

ކަން މިހެން އޮތް ނަމަވެސް، ހަމައެކަނި ޕްލާސްޓިކް ކުނިތަކަށް ހައްލެއް ދިނުމަކީ އިންސާނީ ދަރިފަސްކޮޅު ރައްކާތެރި ކުރުމަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށް، ދިރާސާ ރިޕޯޓްގެ ކޯ-އޮތޯރ އަދި ސްވިސް ނޮންޕްރޮފިޓް ފުޑް ޕެކޭޖިން ފޯރަމްގެ މެނޭޖިން ޑިރެކްޓަރު ޖޭން މަންކާ ވަނީ ފާހަގަ ކުރައްވާފައެވެ.

ޕްލާސްޓިކްގެ ތަޣައްޔަރުކަން ވެއްޓާ ހިސާބަށް ފޯރާ، އަހަރެމެން އިންސާނުން ކައިބޮއެ އުޅޭ އެއްޗެއްސަށްވެސް ވިހައިގެ އަސަރު ކުރާ ގޮތްވެއެވެ. އަދި ޞިއްޙީ ގޮތުން ސީރިއަސްކަން ބޮޑު މައްސަލަތަކަކާ ކުރިމަތި ކުރުވައެވެ. އޭގެ ތެރޭގައި ދަރިމައިވުމުގެ މައްސަލަތަކާއި ހިތުގެ ބަލީގެ މައްސަލަތައް ހިމެނޭ ކަން މަންކޭ ވަނީ ފާހަގަ ކުރައްވާފައެވެ.

ޕްލާސްޓިކްގެ ތަޣައްޔަރުކަމުގެ މައްސަލައަށް ގޮންޖެހުމުގެ ގޮތުން ދުނިޔޭގައި ފުރަތަމަ ފަހަރަށް މުޢާހަދާއެއް އެކުލަވާލުމަށް މަސައްކަތްތަކެއް ކުރަމުން ދާ އިރު، ޕްލާސްޓިކްގެ ސިނާޢަތުން ޑިމާންޑް ކުރަނީ އަދި މުޅިން އެހެން ކަމަކަށެވެ. އެގޮތުން ޕްލާސްޓީކް ރީސައިކަލްކޮށް، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ޕްލާސްޓިކް ބޭނުން ކުރުމުގެ އާދަ، މުޢާހަދާއިން ޕްރޮމޯޓް ކުރަން ޖެހޭނެ ކަމަށް، ޕްލާސްޓިކްގެ ސިނާޢަތުން ދަނީ ގޮވާލަމުންނެވެ.

ކަން އެހެން އޮތް ނަމަވެސް، ސައެންސްވެރިން ދަނީ، ޕްލާސްޓިކް އުފައްދަން ބޭނުން ކުރާ ކެމިކަލްތައް ހާމަ ކުރުމުގައި، މިހާރަށްވުރެ ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއް ގެންގުޅެން ޖެހޭ ކަމަށެވެ. ރީސައިކަލް ކޮށްފައި ހުންނަ ޕްލާސްޓިކަށް އަޅާ ބާވަތްތަކަކީވެސް ޢާންމު ކުރެވެން ޖެހޭނެ މަޢުލޫމާތެއް ކަމަށް ސައެންސްވެރިން ޑިމާންޑް ކުރެއެވެ.

ވިލާތުގެ ސައެންސްވެރިން ދެނެގަތް ކެމިކަލްތަކުގެ 4 ބައިކުޅަ 1 ބައި ކެމިކަލްއަކީ، އެ ކެމިކަލްތައް އެކުލެވުނު އުފެއްދުންތަކުގައި ހުރިކަން ބަޔާންކޮށްދެވިފައި ނުވާ ކެމިކަލްތަކެއް ކަމަށް ދިރާސާ ރިޕޯޓްގައި ބަޔާން ކޮށްފައިވެއެވެ. ޕްލާސްޓިކްގައި އެކުލެވޭ އެތައް ހާސް ކެމިކަލްއެއްގެ ތެރެއިން ބައިނަލްއަޤުވާމީ ފެންވަރުގައި ރެގިއުލޭޓް ކުރެވެނީ އެންމެ 6 ޕަސެންޓްގެ ކެމިކަލްއެވެ. ރެގިއުލޭޓަރުންގެ ޕްރެޝަރެއް ނެތި، ޕްލާސްޓިކްގައި އެކުލެވޭ މާއްދާތައް ޢާންމު ކުރުމަށް އެއްވެސް ބައެއްގެ ކިބާގައި ލާޒިމު ކަމެއް ނުވަތަ ޒިންމާދާރުކަމެއް ނޯންނާނެ ކަންވެސް ވެގްނަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ޕްލާސްޓިކްދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު