Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމައިކް ޑީން ރެފްރީކަން ހުއްޓާލުން

ވިހި އަހަރަށްފަހު މައިކް ޑީން ކަށިގަނޑު ދޫކޮށްލައިފި

23 މެއި 2022 | ހޯމަ 11:13

ރެފްރީކަމުގެ ކެރިއަރު ފެށީ 1985ގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މެއި 2022 | ހޯމަ 11:13
މައިކް ޑީން

މައިކް ޑީން

އިނގިރޭސި ޕްރިމިއަރ ލީގުގެ ރެފްރީކަން ކުރަމުން އައި މައިކް ޑީން 20 އަހަރަށްފަހު ރެފްރީކަން ހުއްޓާލައި، ކަށިގަނޑު ދޫކޮށްލައިފިއެވެ.

މައިކް ރެފްރީކަން ކުރުން ހުއްޓާލީ އުމުރުން 53 އަހަރުގައެވެ. ރެފްރީއެއްގެ ގޮތުގައި މަސައްކަތްކުރި 20 އަހަރުގެ ތެރޭގައި މައިކް ވަނީ 560 މެޗުގެ ރެފްރީކަން ކޮށްފައެވެ. އަދި އެ މެޗުތަކުގައި ޖުމުލަ 114 ރަތް ކާޑު ދައްކާފައިވެއެވެ.

މައިކް ރެފްރީކަމުގެ ކެރިއަރު ފަށާފައިވަނީ 1985 ވަނަ އަހަރުއެވެ. އޭނާ ވަނީ ނޮދަން ޕްރިމިއަރ ލީގުގެ ރެފްރީކަން ކޮށްފައެވެ. އޭގެ ފަހުން 1995 ވަނަ އަހަރު މައިކް ވަނީ އިނގިރޭސި ފުޓުބޯޅަ ލީގުގެ އެސިސްޓެންޓް ރެފްރީކަން ކޮށްފައެވެ. އޭގެ ދެ އަހަރު ފަހުން 1997 ވަނަ އަހަރު އޭނާ ވަނީ ފުލް ރެފްރީންގެ ލިސްޓަށް ޕްރޮމޯޓުވެފައެވެ.

ޕްރިމިއަރ ލީގުގެ ރެފްރީއެއްގެ ގޮތުގައި 2000 ވަނަ އަހަރު މައިކް ވަނީ ސެލެކްޓް ގްރޫޕް އޮފް ރެފްރީސްއަށް ހަމަޖައްސާފައެވެ. ސެލެކްޓް ގްރޫޕް އޮފް ރެފްރީސްއަކީ ޕްރޮފެޝަނަލް ގޭމް މެޗް އޮފިޝަލްސް ލިމިޓެޑްގެ ފަރާތުން އެކުލަވާލާ، ރެފްރީންނާއި އެސިސްޓެންޓް ރެފްރީންގެ ޕެނަލްއެކެވެ. އޭގެ ފަހުން 2003 ވަނަ އަހަރު މައިކް ވަނީ ފީފާގެ އިންޓަރނޭޝަނަލް ރެފްރީންގެ ލިސްޓުގައި ހިމެނިފައެވެ.

އޭގެ ފަހުން 2004 ވަނަ އަހަރު އާސެނަލާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގެ ރެފްރީއަކަށް ހުރީ ވެސް މައިކެވެ. 2006 ވަނަ އަހަރު އޮތް އެފްއޭ ކަޕްގެ ފައިނަލް މެޗުގެ ރެފްރީއަކަށް މައިކް ހަމަޖެއްސިއެވެ. ނަމަވެސް، އިނގިރޭސި ވިލާތުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ މައިކްގެ ބަދަލުގައި އެހެން ރެފްރީއަކު އެ މެޗަށް ހަމަޖައްސާފައެވެ. އޭގެ ދެ އަހަރު ފަހުން 2008 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ފައިނަލްގައި މައިކް ވަނީ ރެފްރީކަން ކޮށްފައެވެ.

މައިކް އެންމެ ފުރަތަމަ އިންޓަނޭޝަނަލް މެޗެއްގެ ރެފްރީކަން ކޮށްފައިވަނީ 2004 ވަނަ އަހަރުއެވެ. އެއީ އެ އަހަރު ނެދަލޭންޑްސްއާއި އަޔަލޭންޑް ބައްދަލުކުރި އެކުވެރިކަމުގެ މެޗެއްގައެވެ. މައިކް ވަނީ ޔޫރޮޕާ ލީގުގެ ރެފްރީކަންވެސް ކޮށްފައެވެ. އެގޮތުން 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ޑޯޓްމަންޑާއި ސެވިއްޔާ ކުޅުނު ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖް މެޗުގައި ރެފްރީކަން ކުރީ މައިކެވެ. މީގެ އިތުރުން މައިކް ވަނީ ޔޫރޯގެ ކޮލިފައިންގ މެޗުތަކުގައި ވެސް ރެފްރީކަން ކޮށްފައެވެ. ޔޫރޯގެ ކޮލިފައިންގގައި އޭނާ އެންމެ ފުރަތަމަ ރެފްރީކަން ކުރި މެޗަކީ 2008 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގެ މެޗެކެވެ. އެއީ ގްރޫޕް އެފްގައި އައިސްލޭންޑާއި ލެޓްވިޔާ ބައްދަލުކުރި މެޗެވެ.

އުމުރުން 45 އަހަރުވުމާއެކު މައިކް ވަނީ ފީފާގެ އިންޓަނޭޝަނަލް ރެފްރީންގެ ލިސްޓުން 2013 ވަނަ އަހަރު ރިޓަޔަރކޮށްފައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2018

ޗެމްޕިއަންސް ލީގު: އަށް އަހަރަށްފަހު ލިވަޕޫލް ކުއާޓާއަށް

07 މާރިޗު 2018
ޗެމްޕިއަންސް ލީގު: އަށް އަހަރަށްފަހު ލިވަޕޫލް ކުއާޓާއަށް
26 ޖެނުއަރީ 2018

އަށް އަހަރަށްފަހު މަޝަރާނޯ، ބާސެލޯނާގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔައިފި

26 ޖެނުއަރީ 2018
އަށް އަހަރަށްފަހު މަޝަރާނޯ، ބާސެލޯނާގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔައިފި
27 ނޮވެމްބަރު 2017

ދެ އަހަރަށްފަހު މާޒިޔާ ބަލިކޮށް ނިއު ލީގުގެ އައްޑަނަ އުފުލާލައިފި

27 ނޮވެމްބަރު 2017
ދެ އަހަރަށްފަހު މާޒިޔާ ބަލިކޮށް ނިއު ލީގުގެ އައްޑަނަ އުފުލާލައިފި
13 ނޮވެމްބަރު 2017

17 އަހަރަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާއިން ފެޑް ކަޕް ކާމިޔާބު ކޮށްފި

13 ނޮވެމްބަރު 2017
17 އަހަރަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާއިން ފެޑް ކަޕް ކާމިޔާބު ކޮށްފި
17 އޮކްޓޯބަރު 2017

2009 ވަނަ އަހަރަށްފަހު ޕާކިސްތާނަށް ދާން ސްރީލަންކާ ކްރިކެޓް ޓީމު އެއްބަސްވެއްޖެ

17 އޮކްޓޯބަރު 2017
2009 ވަނަ އަހަރަށްފަހު ޕާކިސްތާނަށް ދާން ސްރީލަންކާ ކްރިކެޓް ޓީމު އެއްބަސްވެއްޖެ
09 އޮކްޓޯބަރު 2017

28 އަހަރަށްފަހު ފުރަތަމަ ފަހަރަށް މިސްރު ވޯލްޑްކަޕަށް

09 އޮކްޓޯބަރު 2017
28 އަހަރަށްފަހު ފުރަތަމަ ފަހަރަށް މިސްރު ވޯލްޑްކަޕަށް
27 ޖޫން 2017

ރޯމާގެ ލެޖެންޑް ޓޮޓީ ހޯދުމަށް ޖަޕާންގެ ޓޯކިޔޯ ވާޑީން މަސައްކަތް ފަށައިފި

27 ޖޫން 2017
ރޯމާގެ ލެޖެންޑް ޓޮޓީ ހޯދުމަށް ޖަޕާންގެ ޓޯކިޔޯ ވާޑީން މަސައްކަތް ފަށައިފި
30 އެޕްރީލު 2017

ޕްރިމިއާ ލީގު: 10 އަހަރަށްފަހު ސަންޑަލޭންޑް ރެލިގޭޓްވެއްޖެ

30 އެޕްރީލު 2017
ޕްރިމިއާ ލީގު: 10 އަހަރަށްފަހު ސަންޑަލޭންޑް ރެލިގޭޓްވެއްޖެ
20 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ޑޯޓްމަންޑް ކަޓުވާލާ 13 އަހަރަށްފަހު މޮނާކޯ ސެމީއަށް

20 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ޑޯޓްމަންޑް ކަޓުވާލާ 13 އަހަރަށްފަހު މޮނާކޯ ސެމީއަށް
12 އެޕްރީލު 2017

ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި

12 އެޕްރީލު 2017
ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް