Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރޮބޮޓްގެ އެކްސްޕެރިމެންޓްތައް

ކާއެއްޗެހީގެ ރަހަ ހެޔޮވަރު ކުރަންވެސް ރޮބޮޓުން

ލޮނުހެޔޮވަރު ކޮށްލަންވީ މިންވަރު ރޮބޮޓުގެ ޒަރިއްޔާއިން ދެނެގަނެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 މެއި 2022 | އާދީއްތަ 08:10
ކާއެއްޗެހީގެ ރަހަ ހެޔޮވަރު ކުރަން ރޮބޮޓް ބޭނުން ކުރުން- ޔުނިވަރސިޓީ އޮފް ކެމްބްރިޖްގެ އިންޖިނިޔަރުންގެ ދިރާސާއެއް

ކާއެއްޗެހީގެ ރަހަ ހެޔޮވަރު ކުރަން ރޮބޮޓް ބޭނުން ކުރުން- ޔުނިވަރސިޓީ އޮފް ކެމްބްރިޖްގެ އިންޖިނިޔަރުންގެ ދިރާސާއެއް

އެކި ބޭނުންތަކަށް އުފައްދާ ރޮބޮޓުތަކަށް އަބަދުވެސް ޚާއްސަ ސަމާލުކަމެއް ލިބޭއިރު، މިފަހަރު ރޮބޮޓު ފެންނަމުން މިދަނީ ބަދިގޭގެ މަސައްކަތުގައި އުޅޭތަނެވެ.

ޔުނިވަރސިޓީ އޮފް ކެމްބްރިޖްގެ އިންޖިނިޔަރުންގެ އުއްމީދަކީ ބަދިގޭގެ މަސައްކަތުގައި އަތްގާތްކޮށްލަ ދިނުމުގެ އިތުރުން، ރޮބޮޓަކީ ކާއެއްޗެހީގެ ރަހަބެލުމުގެ ޤާބިލުކަންވެސް ލިބިފައިވާ އެއްޗަކަށް ހެދުމަށެވެ. މިސާލަކަށް ރަހަ ހެޔޮވަރުކޮށްލައި، ކާތަކެތި މީރުކޮށްލުމަށް ލޮނުހެޔޮވަރު ކޮށްލަންވީ މިންވަރު ރޮބޮޓުގެ ޒަރިއްޔާއިން ދެނެގަނެވުމަކީ އެ އިންޖިނިޔަރުންގެ މަޤްސަދެވެ.

އެކަން ޓެސްޓު ކުރުމަށްޓަކައި ކެމްބްރިޖްގެ ލެބޯޓަރީއެއްގައި ވަނީ ޚާއްސަ އެކްސްޕެރިމެންޓުތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން "ސްކްރޭމްބަލްޑް އެގްސް" އާއި ޓޮމާޓޯ އެއްކޮށްގެން ހަދާފައިވާ ޑިޝްއެއްގެ ލޮނު ހެޔޮވަރު ކޮށްލުމަށް ވަނީ ރޮބޮޓުގެ އުކުޅުތައް ބޭނުންކޮށްފައެވެ.

އެކަން ކުރާ ގޮތަށް ބަލާއިރު، ޑިޝްގެ އެކި ހިސާބުތަކުގައި ރޮބޮޓްގެ އަތުގެ ކުރީގައިވާ ސެންސަރ-ޕްރޯބަކުން ޖައްސަމުން ގެންދެއެވެ. އަދި ލޮނު ރަހަ ފަދަ އެކި ރަހަތަށް ހުރި މިންވަރު ކޮމްޕިއުޓަރުގެ ޑާޓާތަކަށް އެއްކޮށްދެއެވެ.

އިންޖިނިޔަރުން ބުނާ ގޮތުގައި އެމީހުން ބޭނުންވަނީ ރަހަބެލުމުގެ ނިޒާމު މަސައްކަތް ކުރާ ގޮތް މިހާރަށްވުރެ ބޮޑަށް ދެނެގަނެ، ރޮބޮޓުގެ އުކުޅުތައް އިތުރަށް ވަރުގަދަކުރާށެވެ.

ކުރިއަށް އޮތް ތަނުގައި އިތުރު އުކުޅުތައް ބޭނުންކޮށްގެން މި އެކްސްޕެެރިމެންޓް އިތުރަށް ފުޅާކުރުމަށް އިންޖިނިޔަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2020

ކޮވިޑް-19: އިދްރީސް އެލްބާ ވައިރަހަށް ޕޮސިޓިވް!

16 މާރިޗު 2020
ކޮވިޑް-19: އިދްރީސް އެލްބާ ވައިރަހަށް ޕޮސިޓިވް!
08 ފެބުރުއަރީ 2020

''ވެދަލަމް'' ގެ ހިންދީ ރީމޭކްގައި ޖޯން އަބްރަހަމް

08 ފެބުރުއަރީ 2020
''ވެދަލަމް'' ގެ ހިންދީ ރީމޭކްގައި ޖޯން އަބްރަހަމް
15 ނޮވެމްބަރު 2019

ސަރަހައްދީ އެވޯޑާއެކު ނަހޫ އުފަލުން ފޮޅިފައި، ފިލްމު އެވޯޑަށް ނަހޫގެ ޝައުގެއް ނެތް!

15 ނޮވެމްބަރު 2019
ސަރަހައްދީ އެވޯޑާއެކު ނަހޫ އުފަލުން ފޮޅިފައި، ފިލްމު އެވޯޑަށް ނަހޫގެ ޝައުގެއް ނެތް!
21 އޮކްޓޯބަރު 2018

ހޮހަޅައިގައި ތާށިވި ވައިލްޑް ބޯރސް ޓީމް އެލަން ޝޯވއަށް؛ އިބްރަހަމޮވިޗް ބުނީ އެއީ ދުނިޔޭގެ 'އެންމެ ބެސްޓް' ޓީމް ކަމަށް

21 އޮކްޓޯބަރު 2018
ހޮހަޅައިގައި ތާށިވި ވައިލްޑް ބޯރސް ޓީމް އެލަން ޝޯވއަށް؛ އިބްރަހަމޮވިޗް ބުނީ އެއީ ދުނިޔޭގެ 'އެންމެ ބެސްޓް' ޓީމް ކަމަށް
22 ޖުލައި 2018

ފަންނޭ ޚާން ޕްރޮމޯޓު ކުރުމަށް އަނިލް އާއި ރާޖް ކުމާރު ރާއޯ އެކި ސަރަހައްދު ތަކަށް

22 ޖުލައި 2018
ފަންނޭ ޚާން ޕްރޮމޯޓު ކުރުމަށް އަނިލް އާއި ރާޖް ކުމާރު ރާއޯ އެކި ސަރަހައްދު ތަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު