Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަންކީޕޮކްސް ފެތުރުން

މަންކީޕޮކްސްގެ ކޭސްއެއް ރާއްޖެއަށް އައުން އެކަށީގެންވޭ، ފެތުރުމުގެ ރިސްކު ކުޑަ - އެޗްޕީއޭ

މަންކީޕޮކްސް އަކީ ބަލިޖެހިފައިވާ މީހަކާއެކު ގިނައިރު ކޮންޓެކްޓްވުމުން ފެތުރޭ ބައްޔެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 މެއި 2022 | އާދީއްތަ 06:28
މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ އަތް

މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ އަތް

ޔޫރަޕްގެ ބައެއް ޤައުމުތަކުގައި ފެތުރެމުންދާ މަންކީޕޮކްސް ރާއްޖޭގައި ފެތުރުމުގެ ރިސްކު ކުޑަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެ އެޖެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މެއި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ރާއްޖެއިން އަދި އަވަށްޓެރި ޤައުމަކުން ވެސް މަންކީޕޮކްސް ކޭސް ފެނިފައިނުވާ ކަމަށެވެ. ގިނަ ޤައުމުތަކުން ބަލި އުޅޭތޯ ދެނެގަތުމަށް ކުރާ މަސައްކަތްތައް އިތުރުވުމާއެކު، އިތުރު ޤައުމުތަކުން ކޭސްތައް ފެނިދާނެކަމަށް ބެލެވޭ ކަމަށެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން ބުނީ ރާއްޖެއަށް ވެސް ކޭސްއެއް އައުމަކީ އެކަށީގެންވާކަމެއް ކަމަށާއި، އާންމު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. މަންކީޕޮކްސްއާއި މިފަދަ އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތްސާފުކުރުމާއި މާސްކްއެޅުމުން އަދި އެއްވެސް އަލާމާތެއް ހުރިނަމަ އެހެންމީހުންނާއި ބައްދަލުވެ ގައިގޯޅިވެ ނޫޅުމަށް ވަނީ އެދިފައެވެ.

މަންކީޕޮކްސް އަކީ ބަލިޖެހިފައިވާ މީހަކާއެކު ގިނައިރު ކޮންޓެކްޓްވުމުން ފެތުރޭ ބައްޔެކެވެ. މަންކީ ޕޮކްސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ "ހުންއަހުން، ގައިގައި ރިއްސުން، ގޮށްލުން، ހަމުގައި ބިހި ނެގުން" ފަދަ އަލާމާތްތައް ފެންނަ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މަންކީޕޮކްސްއާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން، ރާއްޖެއެމްވީއާ ވާހަކަފުޅުދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވީ މަންކީޕޮކްސް ވައިރަހާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. މައިމޫނާ ވިދާޅުވީ މަންކީޕޮކްސް އަކީ ޗިކަންޕޮކްސް ފަދަ ބައްޔެއް ކަމަށާއި، އެބަލިން ދިފާއުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.

އެޗްޕީއޭއިން ވަނީ އާންމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން މަންކީޕޮކްސް އާއި މިފަދަ އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން ސާފުތާހިރުކުރުމާއި، މާސްކު އެޅުމާއި އަދި އެއްވެސް އަލާމާތެއް ހުރިނަމަ އެހެންމީހުންނާއި ބައްދަލުނުވެ، ގައިގޯޅިވެ ނޫޅުން މުހިންމެވެ. އަދި ހުންއައުމާއި، ގައިގައި ރިހުންފަދަ އަލާމާތްތަކާއެކު، ގޮށްލާ، ހަމުގައި ބިހި ނަގައިފިނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އަންގާފައެވެ.

އަދި ދުނިޔޭގައި ފެތުރޭ އެހެނިހެން މުހިންމު ނުވަތަ އާދަޔާ ޚިލާފު އައުޓްބްރޭކް ތަކެކޭ އެއްގޮތަށް މި އައުޓްބްރޭކް ވެސް އެ އޭޖެންސީން މޮނިޓަރުކޮށް ރިސްކު އެސެސްމަންޓްތައް ހަދަމުން ގެންދާނެ ކަމަށް ބުނެފައިވެއެވެ.

އަދި މި ބައްޔާއި ބެހޭ މައުލޫމާތު ސިއްޙީ ފަރުވާދޭ ފަރާތްތަކާއި ހިއްސާކުރުމާއި، ބައްޔަށް ޓެސްޓްކުރުމުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ކޭސްއެއް ފެނިއްޖެނަމަ އެކަމާއި ގުޅިގެން އަމަލުކުރާނެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް އެ އެޖެންސީން ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު